މުލާ އަތުން ބައިކޮޅަށް ގޯލެއް ވަދެ ބަޔާން އެއްވަރު

Mar 5, 2022, 8:50 PM
މުލާ އަތުން ބައިކޮޅަށް ގޯލެއް ވަދެ ބަޔާން އެއްވަރު

މިއުނިކް (މާޗް 5) - ޖަރުމަނު ލީގުގައި މިރޭ ބަޔާން މިއުނިކްގެ ކެޕްޓަން ތޯމަސް މުލާ އަތުން ބައިކޮޅަށް ވަން ގޯލުން އެ ޓީމު 1-1 އިން ބަޔާ ލެވަކޫސަންއާ އެއްވަރުވެއްޖެ އެވެ.

ބަޔާން އެއް ވަނައިގައި އޮތީ 25 މެޗުން 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 24 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑް މި ހަފްތާގައި ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނީ އެ ޓީމާ ދެކޮޅަށް ކުޅެން އޮތް މައިންޒް ޓީމުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އެވެ.

ޖަރުމަނު ލީގުގައި މި ހަފްތާގައި ކުޅޭ މެޗުތަކުގައި ވެސް ރަޝިއާ އިން ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެ ގޮތުން މެޗު ފެށުމުގެ ކުރިން ސުކޫތެއް ގެނައިއިރު، ޓީމުގެ ކެޕްޓަން ބޭންޑާއި ބައެއް ކްލަބްތަކުގެ ސްޕޮންސަރުންގެ ނަން ހިމަނާފައިވާ ލޯގޯތަކުގެ ތެރެއިން ވެސް ވަނީ ޔޫކްރެއިނަށް އޮތް ސަޕޯޓް ދައްކުވައިދީފަ އެވެ.

އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިިދިނީ ނިކްލަސް ސޫލާ އެވެ. ކޯނަރެއްގައި އޭރިއާތެރެއިން ލެވަކޫސަން ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅައެއް ލިބުނީ ސޫލާ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 36 ވަނަ މިނިޓްގައި ލެވަކޫސަންގެ ކަރީމް ޑެމީރްބައި ހިލޭ ޖެހުމަކުން ނެގި ބޯޅަ ޑިފެންސްކުރަން މުލާ މަސައްކަތްކުރިއިރު، އޭނާ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ. އެ ބޯޅަ މުލާ ފައިގައި ނުޖެހުނު ނަމަ ބަޔާންގެ ގޯލުގައި ހުރި ސްވެން އުލްރާއި އަށް ލިބުމުގެ ފުރުސަތު އޮތެވެ.

ބަޔާން މޮޅުކޮށްދޭން ރޮބަޓް ލެވަންޑޯސްކީ ޖެހި ބޯޅަ އަރިމަތިން ދިޔައިރު، އެ ޓީމުގެ މާސެލް ސަބީޓްޒާ ޖެހި ބޯޅަ ލެވަކޫސަންގެ ކީޕަރު ލޫކަސް ރަޑޭކީ ވަނީ މަތަކޮށްފަ އެވެ. ލެވަކޫސަނަކީ މި ސީޒަނުގައި ބަޔާން ދަނޑުގައި ނަތީޖާއެއް ނެރުނު ޖަރުމަނުގެ ތިން ވަނަ ކްލަބް އެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މެޗުގެ އޮއެވަރު ބަދަލުވަމުންދިޔަ ގޮތަށް ބަލާއިރު، މިއީ އެންމެ ގޯސް ނަތީޖާއެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި މި މެޗުގައި މުލާ އަތުން ބައިކޮޅަށް ގޯލެއް ވަނުމުން އެއީ ހުރިހާ ކަމެއް ނިމުނީ އެއް ނޫން ކަމަށާއި މި ފަދަ ކަންކަމާ ކުރިމަތިލެވޭ ވަރަށް މުލާގެ ފުޓްބޯޅަ ތަޖުރިބާ ހުންނާނެ ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ޖަރުމަނު ލީގުގައި މިރޭ އާރްބީ ލައިޕްޒިގާއި ފްރެއިބާގް ކުޅުނު މެޗު 1-1 އިން ނިމުނުއިރު، ސްޓުޓްގާޓް އިން ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox