ދިއްފުށިފަޅުގައި ރިސޯޓު ހެދުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކ. ދިއްފުށިފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ދިއްފުށިފަޅުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލެވެ.

އެ ފަޅަކީ ކުރިން އޭނާއަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ފަޅެކެވެ. އެކަމަކު ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމިދާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އެ ފަޅު އެހެން ބަޔަކަށް ކުއްޔަށް ދީފަ އެވެ.

ހާމިދުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަމުން ބުނީ އެއްބަސްވުން ބާތިލުކުރުމަށް ފަހު އެހެން ބަޔަކަށް އެ ފަޅު ކުއްޔަށް ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރިޔަށް ދާނަމަ އޭނާއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ މަސައްކަތް ހުއްޓުވަން ވަގުތީ އަމުރަކަށް އެދުނެވެ.

ސިވިލް ކޯޓުން އެ ވަގުތީ އަމަރު ނެރުނީ ފެބްރުއަރީ 4، 2020 ގަ އެވެ. ދައުލަތުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ވެސް މައްސަލަ ނިންމީ ހާމިދު ކޮޅަށެވެ.

އެގޮތުން ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނީ އަމަރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދިއްފުށިފަޅު މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

ދިއްފުށިފަޅުން ބިން ހިއްކައިގެން ރިސޯޓެއް ހަދަން ހާމިދާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 19، 2015 ގަ އެވެ. އެ މަސައްކަތް ފެށި އިރު އެއީ އެއްކޮށް ބިން ހިއްކައިގެން ރާއްޖޭގައި ތަރައްގީކުރަން ފެށި ފުރަތަމަ ރިސޯޓެވެ.

ކޯޓު އަމުރުތަކުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި، ހާމިދު އަތުން ފަޅު އަތުލިއިރު އޭނާ ވަނީ އެތަނުން ފަސް ހެކްޓަރުގެ ބިން ހިއްކާފަ އެވެ. މިނިސްޓްރީއާ އެކު އެއްބަސްވެވިފައި އޮތީ 15 ހެކްޓަރުގެ ބިން ހިއްކައިގެން އެތަނުގައި 200 އެނދު ތަރައްގީކުރާ ގޮތަށެވެ.

ދިއްފުށީފަޅު ފެންނަ ސެޓެލައިޓް ތަސްވީރެއް: ފަޅު ތެރެއިން ދެ ސަރަހައްދެއް ވަނީ ހިއްކާފައި. -- ފޮޓޯ: ގޫގްލް އާތް
ދިއްފުށީފަޅު ފެންނަ ސެޓެލައިޓް ތަސްވީރެއް: ފަޅު ތެރެއިން ދެ ސަރަހައްދެއް ވަނީ ހިއްކާފައި. -- ފޮޓޯ: ގޫގްލް އާތް

ދިއްފުށީފަޅު ފެންނަ ސެޓެލައިޓް ތަސްވީރެއް: ފަޅު ތެރެއިން ދެ ސަރަހައްދެއް ވަނީ ހިއްކާފައި. -- ފޮޓޯ: ގޫގުލް އާތު

އެއްބަސްވުން ބާތިލުކުރި އިރު، ހާމިދު ހުރީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓަށްވާ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވެ ޖަލުގަ އެވެ. އެ މައްސަލައިގައި ދެ އަހަރާއި ނުވަ މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރުމަށް ފަހު އޭނާ މިނިވަންވީ 2019 ގަ އެވެ.

ދިއްފުށިފަޅު ކުއްޔަށް ދޭން ދެވަނަ ފަހަރަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރީ ނޮވެމްބަރު، 2017 ގަ އެވެ. އެއީ ފަސް މިލިއަން ޑޮލަރުގެ އެކުއިޒިޝަން ކޮސްޓެއް ދައްކާ ގޮތަށެވެ. އޭރު ވެސް ހާމިދުގެ އާއިލާގެ ފަރާތުން ވަނީ މިއީ އޭނާއަށް ދޫކޮށްފައިވާ ފަޅެއް ކަމަށާއި ޓޫރިޒަމުން އަމަލުކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.

މި ފަޅު އެފަހަރު ކުއްޔަށް ދިނީ ސިންގަޕޫރުގެ ރަފްލްސް ޑިވެލޮޕްމަންޓު ޕްރައިވެޓު ލިމިޓެޑަށެވެ. މި ކުންފުންޏަކީ ސިންގަޕޫރުގެ މަޝްހޫރު ރަފްލްސް ހޮޓެލްސް އެންޑް ރިސޯޓްސްއާ ގުޅުމެއް އޮންނަ ކުންފުންޏެއް ނޫނެވެ. ސިންގަޕޫރުގެ ކުންފުނި ޑޭޓާބޭސް ދައްކާ ގޮތުން މިއީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތެރިވާ ކުންފުންޏެކެވެ.

ރެފްލްސް ޑިވެލޮޕްމަންޓުން ވަނީ އެ ކުންފުނީގެ ލީސް ރައިޓްސް މެރީނާ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ ހިއްސާދާރުންނަކީ ސިންގަޕޫރުގެ ދެ ކުންފުންޏެކެވެ. އެއީ މޯލްޑިވްސް ރިސޯޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑެވެ.

ދިއްފުށިފަޅު އެހެން ބަޔަކަށް ދޭން އިއުލާނުކުރުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބެލި އެވެ. އޭސީސީއަށް ޝަކުވާ ލިބުނީ އެ ފަޅު ކުއްޔަށް ދޭން އިއުލާނުކުރީ އެހެން ފަރާތަކުން (ހާމިދު އިސްމާއިލް) އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނީ، ދިއްފުށީ ފަޅުގެ އެއްބަސްވުން ޓޫރިޒަމުން ބާތިލުކުރީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރިސޯޓު ތަރައްގީކޮށް ނިންމާފައި ނުވާތީ އާއި އެއްބަސްވުމުގައިވާ ގޮތަށް ކުލި ދައްކާފައި ނުވާތީ އެޓާނީ ޖެނެރަލްގެ ލަފާ ލިބިގެން ކަމަށެވެ. އަދި، އެއްބަސްވުމުގައި އެފަދަ ހާލަތެއް މެދުވެރިވެގެން އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަަން ފާހަގަކުރި އެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން ޓޫރިޒަމް މިނިސްޓްރީއާ އެކު އެއްބަސްވެވުނު ކަމަށް ހާމިދު ބުނި ނަމަވެސް އެފަދަ އެއްވެސް ލިޔުމެއް ވުޖޫދުގައި ނެތް ކަމަށް ފުލުހުންގެ ތަހުގީގަކުން ނިންމާފައިވާ ކަމަށް ވެސް އޭސީސީން ފާހަގަކުރި އެވެ.

އެއްބަސްވުން ބާތިލުކުރުމާ މެދު ގޮތެއް ނިމިގެން ދާނީ، ސިވިލް ކޯޓުގައި ކުރިޔަށްދާ މައްސަލަ ނިމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox