ވަރުވާއަށް ރަށް ދޫކުރާ މުއްދަތު 10 އަހަރަށް އިތުރުކޮށް، ބަދަލުދިނުމުގެ އުސޫލު އުވާލާ އިސްލާހެއް

ގދ. ކަފެނާ. އެ ރަށް އެއީ ކުރިން ވަރުވާއަށް ދޫކުރި ރަށެއް. މިހާރު 10 އަހަރު ދުވަހަށް ވަރުވާއަށް ރަށް ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ. ފޮޓޯ: އަލީ މަޝާރު މުސްތަފާ

ގދ. ކަފެނާ. އެ ރަށް އެއީ ކުރިން ވަރުވާއަށް ދޫކުރި ރަށެއް. މިހާރު 10 އަހަރު ދުވަހަށް ވަރުވާއަށް ރަށް ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ. ފޮޓޯ: އަލީ މަޝާރު މުސްތަފާ

ރާއްޖޭގައި ފަޅު ރަށެއް ވަރުވާއަށް ދޭ އެންމެ ދިގު މުއްދަތު ފަސް އަހަރު ދުވަހުން 10 އަހަރު ދުވަހަށް އިތުރުކޮށް, ރަށް ނަގަން ޖެހިއްޖެ ހާލަތެއްގައި ސަރުކާރުން ބަދަލުދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައި ރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގަވާއިދަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން އިސްލާހެއް ގެނެސްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި އެ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތު ފަސް އަހަރު ދުވަހުން 10 އަހަރު ދުވަހަށް އިތުރުކޮށްފަ އެވެ. ވަރުވާއަށް ފަޅުރަށެއް ދޫކުރުމުގެ މާނައަކީ ސަރުކާރުން އާންމު ފަރުދަކަށް ފަޅު ރަށެއް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ވަކި އަދަދެއް ކުލީގެ ގޮތުގައި ދައްކާ ގޮތަށް ކުއްޔަށް ދޫކުރާ ދޫކުރުމެވެ.

ވަރުވާއަށް ރަށް ދޫކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން ވެސް ވަރުވާއަށް ރަށް ނަގާ މީހާގެ އަތުން ސަރުކާރުން އެރަށް ނަގަން އިހްތިޔާރުކުރާ ހާލަތެއްގައި ބަދަލުދޭން ނުޖެހޭނެ ކަމަށް ބުނާ އިސްލާހެއް ގަވާއިދަށް ވަނީ އިތުރުކޮށްފަ އެވެ.

"ފަޅު ރަށެއް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށެއް ވަކިކުރާ ހާލަތުގައި، ވަރުވާއަށް ހިފައިފައިވާ ފަރާތަށް އެ ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ އެވެ،" ގަވާއިދުގެ 26 ވަނަ މައްދާގެ (ނ) އަށް ގެނައި އިސްލާހުގައި ވެ އެވެ.

ކުރީގެ މާއްދާތަކެކޭ އެއްގޮތަށް އަދިވެސް ވަރުވާއަށް ދޫކޮށްފައިވާ އެގްރިމެންޓާ ހިލާފްނުވި ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަރުވާއަށް ދިން ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް އަދިވެސް ލިބިގެންވެ އެވެ. ނަމަވެސް ކުރީގެ މާއްދާތަކާ ހިލާފަށް ރަށަށް ބަދަލުދިނުމުގެ ބަދަލުގައި ވަރުވާގެ ގޮތުގައި ސަރުކާރަށް އެ އަހަރު ދެއްކި ފައިސާއިން އަހަރުގެ ބާކީ އޮންނަ މުއްދަތަށް ވާ ފައިސާ ވަރުވާއަށް ނެގި މީހާއަށް އަބުރާ ދޭން ވާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

"ވަރުވާގެ ގޮތުގައި ދައްކައިފައިވާ ފައިސާއިން، ހިނގާ އަހަރުގެ ބާކީ އޮންނަ ދުވަހަށްވާ ފައިސާ، ވަރުވާއަށް ހިފައިފައިވާ ފަރާތަށް ލިބިދެވޭނެ އެވެ،" ގަވާއިދުގެ 27 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެ އެވެ.

ގަވާއިދުގައި ވަނީ ފަޅުރަށް ވަރުވާއަށް ދިން މީހާގެ ކިބައިން ވަކިކުރާ ހާލަތުގައި ރަށުގައި ހުރި އެމީހެއްގެ އުފުލޭ އަމިއްލަ މުދާ އެރަށުން ގެންދިޔުމަށް މިނިސްޓްރީން މުއްދަތެއް ކަނޑައަޅައިދޭންވާނެ ކަމަށް ބަޔާންކޮށްފަ އެވެ.

ކުރީގަ ވެސް ގަވާއިދުގައި އޮންނަ ގޮތަށް ރަށުގެ ވެއްޓަށް ގެއްލުން ނުލިބޭނެހެން ކުދިގަހުގެ ނާސަރީ އަދި ކުރު މުއްދަތެއްގެ ތެރޭގައި ހެދި ބޮޑުވާ ޒާތުގެ ތަރުކާރީ އަދި މޭވާ ހެއްދުމަށް ގަވާއިދަށް ގެނައި އިސްލާހުތަކުން އަދިވެސް ހުއްދަ އެވެ.

ތަފާތަކީ އިބާރާތްކުރުމުގައި ހުރި ބަދަލުތަކަކާއި ވަރުވާއަށް ދިން ރަށުގެ "ބޮޑު ސަރަހައްދެއް ސާފުނުކޮށް ބާއްވައި" އެފަދަ މަސައްކަތެއް ކުރުމަށް ކުރީގެ ގަވާއިދުގައި ޖާގަދޭ ބައި އިސްލާހުތަކުން އުނިކޮށްފައިވާވުމެވެ.

ގަވާއިދަށް ދެން ގެނައި އިސްލާހަކީ އެ ގަވާއިދުގެ 24 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރާ އިސްލާހެކެވެ. އެގޮތުން އެ މާއްދާގެ (ދ) ގައި ވަނީ ގަވާއިދުގައި "ބޮޑު ގަހެއް" ލަފްޒު މާނަކޮށްފައިވާ ނުވަތަ އެ ގިންތިއަށް ފެތެނީ ކޮން ކަހަލަ ގަސްތަކެއް ކަމަށް ކަނޑައަޅާ މިންގަނޑާ ގުޅޭ އަކުރެކެވެ.

އެ މިންގަނޑު ކަނޑައަޅާފައިވަނީ އެއް ރަށުން އަނެއް ރަށަށް ގަސް ގެންދިޔުމާ ގުޅޭގޮތުން އެކުލަވާލައިފައިވާ ވަކި ގަވާއިދެއްގަ އެވެ. ވަރުވާއަށް ރަށް ދޫކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox