ވައުދުތައް ފުއްދާނެކަމުގެ ފެހި ސިގްނަލް ލިބިއްޖެ، ހައްޔަރީން ދޫކޮށްލަންދެން އިހުތިޖާޖު ކުރިއަށް ގެންދާނަން: މަސްވެރިން

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ބޮޑު ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދާނެކަމުގެ ފެހި ސިގްނަލް މިއަދުގެ ބައްދަލުވުމުން ލިބިއްޖެ ކަމަށާއި މި ވަގުތު ހައްޔަރުކޮށްފައި ތިބި މަސްވެރިން ދޫކޮށްލަންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް މަސްވެރިން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއެކު ބޮޑު ކަންނެލި މަސްވެރިން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނައިބުރައީސް އިމްރާން މުހައްމަދު ވިދާޅުވީ މިއަދުގެ ބައްދަލުވުން ދިޔައީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"ހިންގާ ކޮމިޓީގެ އިތުރުން ހަމަ އިސްކޮށް މި ކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންތަކާ އެއްކޮށް މި ބައްދަލުވުން މި ކުރިއަށް ދިޔައީ، އެހެންވީމާ އެ ބޭފުޅުންގެ ވެސް ހުރި، މަސްވެރިކަމުގައި ނުކުމެ އުޅޭއިރު މި ދިމާވާ ކަންތައްތަކާއި މި ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެންދިޔަ، ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ހަމަ ވަރަށް ޕޮޒިޓިވް ވަރަށް ރަނގަޅު ބައްދަލުވުމެއް މި ދިޔައީ،" އިމްރާން ވިދާޅުވި އެވެ.

Advertisement

މަސްވެރިންގެ ފަރާތުން ވާހަކަދައްކަމުން އިހުތިޖާޖުގައި ބައިވެރިވާ ކެޔޮޅެއް ބުނީ މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖު މިހައި ހިސާބުން ނިންމާނުލާނެ ކަމަށެވެ. އަދި، ހައްޔަރު ކޮށްފައި ތިބި ދެ ކެޔޮޅުން މިހާރުން މިހާރަށް ދޫކޮށްލައިފި ނަމަ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް މަސްވެރިން ބުންޏެވެ.

އޭގެއިތުރުން މަސްވެރިން ކުރަމުންދާ ޑިމާންޑުތަކާމެދު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝިޔާމް ދެއްވި ކަމަށް މަސްވެރިން ބުންޏެވެ.

"މި ވަގުތަށް އަޅުގަނޑުމެންގެ އޮތް އެންމެ ބޮޑު ޑިމާންޑަކީ ހައްޔަރުގައި އެ ތިބަ މީހުން، އެހެންވީމާ ހައްޔަރީން ދޫކޮށްލުމަށްފަހު ދެން 2 ވީކްސް ތެރޭގައި ދެން މިހުރި އެއްޗެއްސަށް [ޑިމާންޑުތަކަށް] ގޮތެއް ނިންމާނީ، އެކަމަކު ހަމަ ގައިމުވެސް އިހުތިޖާޖު ކުރިއަށް ދާނެ އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ދެ ކެޔޮޅުން ލިބެންދެން،" މަސްވެރިޔަކު ބުންޏެވެ.

މަސްވެރިންގެ އިތުރުން، ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންގެ ނައިބު ރައީސް، ވެސް ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާ ދޫކޮށްލުމަށް ވެސް ސަރުކާރަށް ޑިމާންޑު ކޮށްފައިވާނެ ކަމަށް މަސްވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox