އިންތި އަދި ފައްޔާޒުގެ ކެމްޕެއިން ވެސް ފޯރީއާއެކު އައްޑޫގައި

ފައްޔާޒު (ކ) އަދި އިންތި (ވ) - ދެ ބޭފުޅުންގެ ސަޕޯޓަރުން ވެސް އެއާޕޯޓަށް ވަޑައިގެން ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދެންނެވި -- ފޮޓޯ: ސޯޝަލް މީޑިއާ

ފައްޔާޒު (ކ) އަދި އިންތި (ވ) - ދެ ބޭފުޅުންގެ ސަޕޯޓަރުން ވެސް އެއާޕޯޓަށް ވަޑައިގެން ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދެންނެވި -- ފޮޓޯ: ސޯޝަލް މީޑިއާ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ކެމްޕޭން ހަރަކާތްތައް މި ހަފްތާ ބަންދުގައި ފޯރިއާއެކު އައްޑޫގައި ކުރިއަށް އެބަދެ އެވެ.

މި ދެ ކެންޑިޑޭޓުންގެ ޓީމުތައް މިވަގުތު އައްޑޫ ސިޓީގައި ކެމްޕެއިން ކުރަމުްދާއިރު، އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަންނަނީ ބައިވެރިވަމުންނެވެ. އެހެންވެ ވާދަވެރިކަން އިންތިހާއަށް އެބައޮތެވެ.

ރޭގެ ވަގުތެއްގައި ފައްޔާޒް އައްޑޫއަށް ވަޑައިގެންނެވި އިރު އޭނާގެ އިސްތިގްބާލުގައި އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ތިއްބެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ މޭޔަރު ވެސް ހިމެނިވަޑައިގެންނެވި އެވެ.

Advertisement

"ދެބައި މީހުންގެ މެދުގައި ވަރަށް ފޯރި ގަދަކޮށް ދަނީ، އެކަމަކު އަނެއްހެން ދިމާއެއް ނުވޭ، ރޭ ހިތަދޫ އުތުރު އަވަށުގައި ކެމްޕެއިން ޖަލްސާއެއް ބޭއްވިން، މިއަދު ހުޅުދޫ މީދޫގައި މި އުޅެނީ، އެމީހުން (އިންތިގެ ކެމްޕެއިން ޓީމް) އުޅެނީ ފޭދޫގައި،" ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އަދި ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާގެ ޓީމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަނެ އެވެ.

"ވަރަށް ބޮޑު ތަރުހީބެއް އެބައޮތް، އަޅުގަނޑުމެންނަށް މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ފެންނަނީ،" އޭނާ ގަބޫލުކުރާ ގޮތުގައި އައްޑޫގެ ވޯޓުން އެކަނިވެސް ބޮޑު ފަރަގެއް ނެރެވޭނެ އެވެ.

ފައްޔާޒާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ވެސް އަައްޑޫއަށް ވަޑައިގެންނެވީ ވަރުގަދަ ޓީމަކާއެކު އެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަަންޓޭ) ހިމެނެ އެވެ.

"ހަމަ ހުރިހާ މެމްބަރުންގެ ވެސް ދުލުކުރީގައި އޮންނަނީ އިންތިގެ ނަން. އަޅުގަނޑުމެން އެބޭފުޅުންނާ ވާހަކަ ދެއްކުމުގެ ކުރިން ވެސް. އެހެންވީމަ ތާއިދު އެބަ އޮތް ވަރަށް ބޮޑަށް އިންތިއަށް. ވަރަށް ރަނގަޅަށް ކެމްޕޭން މިދަނީ އިރާދަކުރެއްވީތީ،" އިންތިގެ ކެމްޕެއިން މެނޭޖަރަކަށް އުޅުއްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ މެމްބަރުންގެ ފަރާތުން ސަރުކާރާ ދޭތެރޭ ކަންބޮޑުވުންތަކެއް ހުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އިމްތިޔާޒްގެ ޓީމުން މެމްބަރުންނާއި ބައްދަލުކޮށް ކުރާ މަސައްކަތަކީ އެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ.

ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު ނިމިގެން ދިޔަ ދައުރުގައިވެސް ޗެއާޕާސަން އިންތިހާބުގައި އެންމެ ގިނަ ބަޔަކު ވޯޓުލާފައިވަނީ އައްޑޫ އިން ކަން ފާހަގަކޮށްލެވެ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އޮންނާނީ އެޕްރީލް 16، ގަ އެވެ. އެ ދުވަހު އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox