ސައުދީ އަރަބިއްޔާގެ އެކުވެރިޔަކަށް ވުމުގެ ފުރުސަތު އިޒްރޭލަށް އެބަ އޮތް: ވަލީ އަހުދު

ސައުދީ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން.

ސައުދީ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން.

ރިޔާދް، ސައުދީ އަރަބިއްޔާ (މާޗް 3) - ސައުދީ އަރަބިއްޔާގެ "އެކުވެރިޔަކަށް ވުމުގެ ފުރުސަތު" އިޒްރޭލަށް އެބަ އޮތް ކަމަށް ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އޮތް ހަމަނުޖެހުން ނިމުމަކަށް އައުން،" އެމެރިކާގެ މަޖައްލާ ދަ އެޓްލާންޓިކްއަށް ވަލީ އަހުދު ވިދާޅުވި ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުންޏެވެ.

"އިޒްރޭލަކީ ދުޝްމަނެއްގެ ގޮތުގައި އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެން ދެކެނީ އެއީ އެކުވެރިއަކަށް ވުމުގެ ފުރުސަތު އޮތް ގައުމެއް ކަމަށް... އެކަމަކު އެ ހިސާބަށް ދިޔުމުގެ ކުރިން ބައެއް މައްސަލަތައް ހައްލު ކުރަން ޖެހޭނެ."

ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯވެ އެވެ. ނަމަވެސް ގަލްފު ސަރަހައްދުގައި ސައުދީ އަރަބިއްޔާއާ އެންމެ އެކުވެރި ބަހްރެއިން އަދި ޔޫއޭއީން ވަނީ 2020 ވަނަ އަހަރު އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ.

އޭގެ ކުރިން އިޒްރޭލާ އެކު ގުޅުން ގާއިމްކުރި އަރަބި ގައުމުތަކަކީ އުރުދުން އަދި މިސްރެވެ. އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމާ ފަލަސްތީން ރައްޔިތުން ހިތްހަމަނުޖެހު އެކަން ސިފަކުރީ "ބުރަކައްޓަށް ވަޅިއެއް ޖެހުމުގެ" ގޮތުގަ އެވެ.

ސައުދީ އަރަބިއްޔާއިން އަބަދުވެސް ބުނަމުން ދަނީ އަރަބި ލީގުގެ ވިސްނުމަކީ ފަލަސްތީނާ އެކު އޮތް ހަމަނުޖެހުން ހައްލު ނުވަނީސް އިޒްރޭލާ ގުޅުން ގާއިމް ނުކުރުން ކަމަށާއި އެ ގައުމުން އަމަލު ކުރާނީ އެ ވިސްނުމާ އެއް ގޮތަށް ކަމަށެވެ.

ނަމަވެސް ސައުދީގެ ރަސްގެފާން ސަލްމާނާއި ވަލީ އަހުދު މުހައްމަދުގެ ވިސްނުން ކޮންމެވެސް ވަރަކަށް ތަފާތުކަން ފާހަގަކުރެވެ އެވެ. އެގޮތުން ވަލީ އަހުދު ވަނީ އިޒްރޭލުގެ ކޮމާޝަލް ވައިގެ އުޅަނދުތައް ސައުދީގެ ސަރަހައްދުން ދަތުރު ކުރުމުގެ ހުއްދަ ދެއްވާފަ އެވެ.

އޭގެ އިތުރުން ނޮވެމްބަރު 2020 ވަނަ އަހަރު އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީ އަރަބިއްޔާއަށް ސިއްރު ދަތުރެއް ކުރެއްވި ކަމަށް ވެސް ރިޕޯޓުތައް ފެތުރުނެވެ. ނަމަވެސް ނަތަންޔާހޫ އާއީ ވަލީ އަހުދާ ދެމެދު ބައްދަލުވުމެއް ނުބާއްވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox