ފްލޯޓިން ރަށްތަކުގެ ކުލި ހިސާބުކުރުމުގައި ބަލާނީ ފެނުން މައްޗަށް އިމާރާތްކޮށްފައި ހުންނަ ބަޔަށް

ޑަޗް ޑޮކްލޭންޑްސް ކުންފުނިން އާރަށް ކައިރީގައި ތަރައްގީކުރާ ފަޅުގެ ކޮންސެޕްޓު: އިތުރު ތިން ފަޅެއް ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކޮށްފައިވޭ. -- ފޮޓޯ: ޑަޗް ޑޮކްލޭންޑްްސް

ޑަޗް ޑޮކްލޭންޑްސް ކުންފުނިން އާރަށް ކައިރީގައި ތަރައްގީކުރާ ފަޅުގެ ކޮންސެޕްޓު: އިތުރު ތިން ފަޅެއް ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކޮށްފައިވޭ. -- ފޮޓޯ: ޑަޗް ޑޮކްލޭންޑްްސް

ރާއްޖެއަށް ތައާރަފުކުރަން މަސައްކަތް ކުރަމުން އަންނަ ފްލޯޓިން އައިލެންޑްސްތަކުގެ ކުލި ހިސާބުކުރާ ބިމުގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، އެ ވިލާއެއްގެ ފެނުން މައްޗަށް އިމާރާތްކޮށްފައި ހުންނަ ބައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ފްލޯޓިން އައިލެންޑްސްތަކާއި ޕްލެޓްފޯމުތަކުން ކުލި ހިސާބުކުރާނެ ގޮތް ހިމަނާ މިނިސްޓްރީން ގެޒެޓުކޮށްފައިވާ ޓޫރިޒަމަށް ދޫކުރާ ތަންތަނުން ކުލި ދެއްކުމުގެ އާ ގަވާއިދު ބުނާ ގޮތުން، އިމާރާތްކޮށްގެން ބޭނުންކުރާ ސަރަހައްދު ކަމުގައި ބަލަނީ ފްލޯޓިން އައިލެންޑް ނޫނީ ޕްލެޓްފޯމުތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބެވެ.

އެއީ ބިން ހިއްކައިގެން ހަދާ ފަޅުތަކުން ކުލި ނަގާ ގޮތާ ދާދި އެއްގޮތެކެވެ. ބިން ހިއްކައިގެން ހަދާ ފަޅުތަކުން ކުލި ނަގަނީ ހިއްކާފައި އޮންނަ ސަރަހައްދުގެ މީން ޓައިޑްލައިން (ދިޔަވަރު ބޮޑުވާ ގަޑި އާއި ދިޔަވަރު ހިކޭ ގަޑީގައި ލޮނުގަނޑު އޮންނަ ހިސާބުގެ އެވަރެޖު) ގެ މައްޗަށް ބިނާކޮށް ބިމުގެ ސަރަހައްދު (ލޭންޑް އޭރިއާ) ކަނޑައަޅައިގެންނެވެ.

titledesc

މީގެ ކުރިން ގަވާއިދުތަކުގައި މިފަދަ ތަންތަނުން ކުލި ނެގޭނެ ގޮތެއް ނޯވެ އެވެ. ކުލި ނެގޭނެ ގޮތެއް ނެތް ނަމަވެސް ފްލޯޓިން ކޮންސެޕްޓަށް ރަށްތައް ތަރައްގީކުރަން ފަޅުތައް ހަވާލުކޮށްފަ ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ފުރަތަމަ މިފަދަ ޕްރޮޖެކްޓެއްގެ ވާހަކަތައް ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެވެ. އޭރު ފްލޯޓިން ރަށްތަކަކާއި ގޯލްފްކޯހެއް ހަދަން ޑަޗް ޑޮކްލެންޑްސް ކުންފުންޏާ ހަވާލުކުރި ކަމަށް އޭރުގެ ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. ނަމަވެސް އެ ޕްރޮޖެކްޓު ވުޖޫދަކަށް ނާދެ އެވެ.

އޭގެ ފަހުން އަނެއްކާވެސް ހަމަ އެ ކުންފުންޏާއެކީ ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ މާޗުގަ އެވެ.

"ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަން ދެވިފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތަކުން އެނގޭ ގޮތުގައި މާލެ އަތޮޅުން ހަތަރު ފަޅެއް ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކޮށްފައި އެބަހުއްޓެވެ. އެއީ ބަނޑޮހާ ބަރޮހާ ދޭތެރޭގައި އޮންނަ ފަޅަކާއި ހުވަފެންފުށީ ހުޅަނގުން އޮންނަ ފަޅަކާއި އާރަށުގެ އުތުރުން އޮންނަ ދެ ފަޅެކެވެ.

ފުރަތަމަ ތަރައްގީކުރަނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.

ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: މީގެ ފުރަތަމަ ގެތައް އަންނަ ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނި. -- ފޮޓޯ: ބައިސަން މޯލްޑިވްސް
ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: މީގެ ފުރަތަމަ ގެތައް އަންނަ ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނި. -- ފޮޓޯ: ބައިސަން މޯލްޑިވްސް

ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: މީގެ ފުރަތަމަ ގެތައް އަންނަ ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނި. -- ފޮޓޯ: ބައިސަން މޯލްޑިވްސް

ބައިސަން ކުންފުނިން ބުނި ގޮތުގައި ފްލޯޓިން ސިޓީގެ ފުރަތަމަ ގެ އަންނަ ރޯދައަށް ނިންމާލެވޭނެ އެވެ. އަދި ފުރަތަމަ ހަދާ ގެތައް ނިމުމުން އެތަން ބަލާލަންދާން އާންމުކޮށް ހުޅުވާލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox