ކޮނޑޭގަ ހަތަރު ހެކްޓަރުގެ ޓޫރިސްޓު ޒޯނެއް ތަރައްގީ ކުރަނީ

ކޮނޑޭއިން ޓޫރިޒަމަށް ބިން ދޫކުރުން ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ކޮނޑޭއިން ޓޫރިޒަމަށް ބިން ދޫކުރުން ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ބިންބޮޑު މީހުން މަދު ގއ. ކޮނޑޭގަ ހަތަރު ހެކްޓަރު ހުންނަ ވަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ތަކުގެ ބީލަން ކުރިއަށް ގެންދިއުމަށް، ޓޫރިޒަމް މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކޮނޑޭގަ ޓޫރިޒަމް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިންތައް ބީލަމަށް ހުޅުވާލުމާއި، އެކަމާ ބެހޭ ގޮތުން ކޮނޑޭ ކައުންސިލް އަށް ބޭނުންވާ ފަންނީ ލަފާ ދިނުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު އަބްދުލް ހަކީމް އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތް ނިލްފާ އެވެ.

ލާމަރުކަރީ ގާނޫނު ދަށުން ޓޫރިޒަމް ބޭނުމަށް ބިން ދޫކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެން ވެއެވެ. ކޮނޑޭ ކައުންސިލުން ބުނި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އާއެކު އެއްބަސްވުން ހެދީ މިނިސްޓްރީ މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމުގެ ފައިދާ ހުރިހާ ގޮތަކުން ބަލާއިރު ވެސް ބޮޑުވުމާއި މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމެއް އެކަމުގައި މިހާތަނަށް ވެސް ލިބިފައިވާތީ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލުން ކަނޑައަޅާ ބިންތައް ބީލަމަށް ހުޅުވާލުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީންނެވެ. ބިން ކުއްޔަށް ހިފާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރާނީ ކައުންސިލުންނެވެ.

ންޑޭގެ ލޭންޑް ޔޫސް ޕްލޭން: ޓޫރިޒަމަށް ހާއްސަ ކުރަނީ ފިޔާތޮށި ކުލާގައި ފާހަގަ ކޮށްފައިވާ ސަރަހައްދު
ންޑޭގެ ލޭންޑް ޔޫސް ޕްލޭން: ޓޫރިޒަމަށް ހާއްސަ ކުރަނީ ފިޔާތޮށި ކުލާގައި ފާހަގަ ކޮށްފައިވާ ސަރަހައްދު

ކޮނޑޭގެ ލޭންޑް ޔޫސް ޕްލޭން: ޓޫރިޒަމަށް ހާއްސަ ކުރަނީ ފިޔާތޮށި ކުލާގައި ފާހަގަ ކޮށްފައިވާ ސަރަހައްދު

"ބިންތައް ދޫކުރަން އިއުލާނު ކުރާނީ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ނިމުނީމަ، ލޭންޑް ޔޫސް ޕްލޭނުގައި ރަށުގެ ދެކުނު ކޮޅުން ބީޗު ކައިރިން ހަތަރު ހެކްޓަރުގެ ބިން ކަނޑައަޅާފައި ވަނީ ގެސްޓު ހައުސް އާއި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް،" ފަސްސަތޭކަ ވަރަކަށް މީހުން ދިރިއުޅޭ ރަށުގެ، ކައުންސިލު ރައީސް އަހުމަދު ވިދާޅުވި އެވެ.

ކޮނޑޭގެ ބޮޑު މިނުގައި 118 ހެކްޓަރު ހުންނައިރު މީހުން ދިރިއުޅެނީ ރަށުގެ މެދުގައި ވަރަށް ކުޑަ ތަންކޮޅެއްގަ އެވެ. އަހުމަދު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ހާއްސަ ކުރި ސަރަހައްދުން، ރެސްޓޯރަންޓާއި ވޯޓާ ސްޕޯޓްސް ފަދަ ކަންކަމަށް ވެސް ބިން ދޫކުރާނެ އެވެ.

"ރަށުން ބޭރު މީހުންނާއި ރަށު މީހުންނަށް ބިން ވިއްކަން ވެސް ވަނީ ނިންމާފައި، ވިއްކަނީ ތިން ހާހާއި ހަ ހާހާ އަކަފޫޓު ބޮޑު މިނުގެ ބިން، ރަށުގެ ބީޗު ސަރަހައްދުން ވެސް އެއް ގަމުން ވެސް ބިން ވިއްކާނެ،" އޭނާ ވިދާޅުވި އެވެ.

ބީޗަށް ކުރިމަތިވާ ގޮތަށް އޮންނަ ބިމެއް ވިއްކަން ކަނޑައަޅާފައި ވަނީ އަކަފޫޓެއް 150ރ. ގެ ރޭޓުން ނެވެ. މޫދާ ކައިރި ސަރަހައްދު ތަކުން ބިމެެއް 100ރ. އަަށް ވިއްކަން ނިންމާފައިވާއިރު، އެއްގަމުން ވިއްކާ ބިމަކަށް އަކަފޫޓަކަށް ނަގަން ހަމަޖައްސާފައި ވަނީ 70ރ. އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޓޫރިޒަމަށް ތަރައްގީ ކުރަން ބޭނުންވާ ކޮންމެ ރަށަކަށް ވެސް އެކަމުގައި ބޭނުންވާ ފަންނީ ލަފާ އާއި އެހެނިހެން އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox