ލިވަޕޫލް، ޗެލްސީ އަދި ސައުތެމްޓަން ކުއާޓާ އަށް

Mar 3, 2022, 2:16 AM
ނޮރިޗްގެ ޖިއޯނިސް (ކ) ކައިރިން ލިވަޕޫލްގެ މިނަމީނޯ ބޯޅަ ހިފައިގެން.

ނޮރިޗްގެ ޖިއޯނިސް (ކ) ކައިރިން ލިވަޕޫލްގެ މިނަމީނޯ ބޯޅަ ހިފައިގެން.

ލިވަޕޫލް (މާޗް 3) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު ފަސް ވަނަ ބުރުގެ މެޗުުތަކުން މޮޅުވެ، ލިވަޕޫލާއި ޗެލްސީ އަދި ސައުތެމްޓަން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ނޮރިޗް ސިޓީ ބަލިކުރީ 2-1 އިންނެވެ. ރަށުންބޭރުގައި ޗެލްސީން ވަނީ 3-2 އިން ލޫޓަން ޓައުންގެ މައްޗަށް ކުރިހޯދައިފަ އެވެ. ސައުތެމްޓަން އިން ވަނީ 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

އާދިއްތަ ދުވަހުގެރޭ ލީގު ކަޕް ފައިނަލަށް ނެރުނު ޓީމަށް 10 ބަދަލެއް ގެނެސްގެން ރޭގެ މެޗަށް ލިވަޕޫލުން ނުކުތްއިރު، އެ ޓީމުން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. މި ދެ ގޯލު ޖެހީ ވެސް ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އެވެ. ފުރަތަމަ ގޯލު 27 ވަަނަ މިނިޓްގައި ޑިވޮކް އޮރީގީ ދިން ބޯޅަ އަކުން ޖެހިއިރު، 39 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖެހީ ކޯނަރެއްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ދަނޑީ ޖައްސައިފަ އެވެ.

ދެ ވަނަ ހާފްގައި ލިވަޕޫލަށް ތިން ވަަނަ ގޯލެއް ޖަހައިދޭން އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ނޮރިޗްގެ ހަމައެކަނި ގޯލު ޖެހީ އޭރިއާބޭރުން ލުކަސް ރުޕް އެވެ.

ޗެލްސީގެ ވާނާ (ކ) ލޫޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

ލޫޓަން އިން ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޗެލްސީ ކޮޅަށް ލީޑުނެގީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ރީސް ބާކް ޖެހި ގޯލުންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސައުލް ނިގޭޒް ޗެލްސީ އަށް އެއްވަރުކޮށްދިނެވެ. ޗެލްސީ އަށް ލީޑުނަގައިދޭން ސައުލް ޖެހި ބޯޅަ ލޫޓަންގެ ކީޕަރު ހެރީ އިސްޓެޑް ވަނީ މަތަކޮށްފަ އެވެ. އިސްޓެޑް ކުޅެން އެރީ 14 ވަަނަ މިނިޓްގައި ލޫޓަންގެ ކީޕަރު ޖެޑް ސްޓިއާ އަށް އަނިޔާވެގެން ބޭލުމުންނެވެ.

މެޗުގެ 40 ވަނަ މިނިޓްގައި ލޫޓަން އިން ދެ ވަނަ ފަހަރަށް ލީޑުނެގީ ހެރީ ކޯނިކް ވައްދާލި ގޯލުންނެވެ. މިއީ ޗެލްސީގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ބޯޅަ ހިފައިގެން ވަދެ ކޯނިކް ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގައި ޗެލްސީ ކޮޅަށް ނަތީޖާ އަނބުރާލުމުގައި ޓިމޯ ވާނާ އިސް ރޯލެއް ކުޅުނެވެ. އެ ގޮތުން މެޗުގެ 68 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ވާނާ އެވެ. އަދި އޭގެ 10 މިނިޓް ފަހުން ރޮމެލޫ ލުކާކޫ ޗެލްސީ މޮޅުކޮށްދިން ގޯލު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދިނީ ވާނާ އެވެ.

ރޮމެއިން ޕެރޯޑް އޭރިއާބޭރުން ޖެހި ގޯލުން ސައުތެމްޓަން އިން ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި މިކޭލް އެންޓޯނިއޯ ވެސްޓް ހޭމަށް އެއްވަރުކޮށްދިނެވެ. ޖޭމްސް ވޯޑް ޕްރައުސްގެ ޕެނަލްޓީން ސައުތެމްޓަން އަލުން ލީޑުނެގިއިރު، މެޗުގެ އިތުރު ވަގުތުގައި ސައުތެމްޓަންގެ ފަހު ގޯލު ޖެހީ އަރްމާންޑޯ ބްރޯޖާ އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުއަތުލުން އޮންނާނީ މިރޭ އެވެ. ކުއާޓާގެ ޖާގަ މިހާތަނަށް ހޯދާފައިވަނީ ލިވަޕޫލާއި ޗެލްސީ އަދި ސައުތެމްޓަންގެ އިތުރުން މެންޗެސްޓާ ސިޓީ، މިޑްލްސްބަރާ، ކްރިސްޓަލް ޕެލަސް އެވެ. ކުއާޓާގެ ފަހު ދެ ޖާގަ ކަށަވަރުވާނީ އެވަޓަން އާއި ބޯރްހަމް އަދި ނޮޓިންހަމް ފޮރެސްޓާއި ހަޑްސްފީލްޑް ޓައުން ކުޅޭ މެޗު ނިމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox