އދ. ގެ ރަޝިއާ މުވައްޒަފަކަށް ޖާސޫސް ކުރުމުގެ ތުހުމަތު!

ރަޝިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު.

ރަޝިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު.

އދ.، އެމެރިކާ (މާޗް 2) - އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިއާ މިޝަންގެ މެމްބަރުން ޖާސޫސް ކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކުރިތާ އެއް ދުވަސް ފަހުން، އދ. ގެ މުވައްޒަފެއްގެ ގޮތުގައި އުޅޭ ރަޝިއާ މީހަކަށް ވެސް ޖާސޫސް ކުރުމުގެ ތުހުމަތުކޮށް، މަގާމުން ވަކިކޮށްދޭން ރަސްމީކޮށް އެދެފި އެވެ.

އެމެރިކާގެ މިޝަނުން އަންގާރަ ދުވަހު އޭއެފްޕީއަށް ބުނީ "ރަޝިއާގެ ޖާސޫސީ އެޖެންޓެއްގެ" ގޮތަށް މަސައްކަތް ކުރާ މީހަކު ވަކިކުރަން އދ. ގައި އެދިފައިވާ ކަމަށެވެ.

އެމެރިކާގެ ތަރުޖަމާނަކު ބުނީ އދ. ގެ މުވައްޒަފެއްގެ ގޮތުގައި އެމެރިކާގައި އުޅެން ލިބޭ ހުއްދައިގެ ނާޖައިޒު ބޭނުންކޮށް، ޖާސޫސް ކުރަމުން ދިޔަ މީހަކު ފޮނުވާލަން އެދިފައި ވާނެ ކަމަށެވެ.

އެ ފިޔަވަޅަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އެ ގައުމުގެ ސިފައިން ޔޫކްރެއިނަށް ފޮނުވުމާ ގުޅުން ހުރި ކަމެއްތޯ ސުވާލު ކުރުމުން، ތަރުޖަމާނު ބުނީ އެއީ މީގެ އެތައް މަހެއް ކުރިން ފާހަގަވެ، ބަލަމުން ދިޔަ ކަމެއް ކަމަށެވެ.

އދ. ގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިކް ވިދާޅުވީ އދ. ގެ މުވައްޒަފަކު ވަކިކުރަން އެމެރިކާއިން އެދިފައިވާ ކަމަށާއި އެއީ އދ. ގެ ސެކްރެޓޭރިއެޓްގެ މުވައްޒަފެއް ކަމަށެވެ. ނަމަވެސް އެއީ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ އޮފީހުގެ މުވައްޒަފެއްކަން ސާފެއް ނުކޮށްދެ އެވެ.

އދ. ގެ މުވައްޒަފަކު ވަކިކުރަން އެދުމުގެ ކުރިން، މިދިޔަ ހޯމަ ދުވަހު އެމެރިކާއިން ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިއާ މިޝަންގެ 12 ޑިޕްލޮމެޓުންނަށް "ޖާސޫސް ކުރުމުގެ" ތުހުމަތުކޮށް، އެ މީހުން އެމެރިކާއިން ދިޔުމަށް އަންގާފަ އެވެ.

އެގޮތުން މާޗް ހަތް ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ފަސްގަނޑު ދޫކޮށް ދާން ޑިޕްލޮމެޓުންނަށް އެންގުމުން، ރަޝިއާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އދ. ގެ މައި އިދާރާ ހުންނަނީ ނިޔު ޔޯކްގަ އެވެ.

ނިއު ޔޯކްގައި ހުންނަ އދ. ގެ މައި އިމާރާތުގެ ބޭރުގައި ގައުމުތަކުގެ ދިދަ ނަގާފައި.
ނިއު ޔޯކްގައި ހުންނަ އދ. ގެ މައި އިމާރާތުގެ ބޭރުގައި ގައުމުތަކުގެ ދިދަ ނަގާފައި.

ނިއު ޔޯކްގައި ހުންނަ އދ. ގެ މައި އިމާރާތުގެ ބޭރުގައި ގައުމުތަކުގެ ދިދަ ނަގާފައި.

"މިއީ އަޅުގަނޑުމެންގެ ގައުމާ ދެކޮޅަށް އަދާވާތްތެރިވުމުގެ އަމަލެއް،" ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެނެޓޮލީ އެންޓޮނޯވް ފޭސްބުކްގައި ވިދާޅުވި އެވެ.

ވަކިކުރި ޑިޕްލޮމެޓުންގެ ތެރޭގައި ރަޝިއާ މިޝަންގެ ވެރިޔާ ޑިމިޓްރީ ޕޮލްޔަންސްކީ، އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިއާގެ ސަފީރު ވަސިލީ ނެބެންޒިއާ އަދި އެފްރިކާގެ ކަންކަމަށް ހާއްސަ ޑެޕިއުޓީ ސަފީރު އަނާ އެވެސްޓިގްނީވާ ނުހިމެނެ އެވެ.

ރަޝިއާގެ ޑިޕްލޮމެޓުން ބުނީ އެމެރިކާގެ އެ ފިޔަވަޅަކީ އދ. ގެ ހޯސްޓު ގައުމުގެ ގޮތުގައި ގެންގުޅެން ޖެހޭ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ އެއީ އެއްވެސް އުސޫލަކާ ހިލާފު ނިންމުނެއް ނޫން ކަމަށެވެ.

ރަޝިއާގެ އދ. މިޝަންގެ މެމްބަރުންގެ ގޮތުގައި 100 ވަރަކަށް މީހުން އެމެރިކާގައި އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox