ބައިޑެންގެ ރިޔާސީ ބަޔާން: "މިއީ ޑިމޮކްރަސީ އާއި ހުދުމުހްތާރު ވެރިކަމުގެ ހަނގުރާމައެއް"

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ބަޔާން ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ބަޔާން ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (މާޗް 2) - ރަޝިއާ އާއި ޔޫކްރެއިނުން މިހާރު ކުރަމުންދާ ހަނގުރާމައަކީ ޑިމޮކްރަސީ އާއި ހުދުމުހުތާރު ވެރިކަމާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެ އެވެ.

"ސްޓޭޓް އޮފް ދަ ޔޫނިއަން" ނުވަތަ އެމެރިކާގެ ހާލަތު ބަޔާންކޮށްދެއްވައި ކޮންމެ އަހަރަކު ވެސް ޕާލިމެންޓުގައި ރައީސް ދެއްވަން ޖެހޭ ބަޔާން ބުރާސްފަތި ދުވަހު އިއްވުމުން، ގިނަ މެމްބަރުންތަކެއްގެ ތަރުހީބު ބައިޑެންއަށް ލިބިވަޑައިގެންނެވި އެވެ.

އެއް ގަޑިއިރުގެ ބަޔާނުގެ ފުރަތަމަ ބައި އެއްކޮށް ހާއްސަ ކުރެއްވީ ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައަށެވެ. ބައިޑެން ވިދާޅުވީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަކީ "ހުދުމުހުތާރު ވެރިއެއް" ކަމަށާއި ޔޫކްރެއިނަށް އެމެރިކާއިން އެހީވަމުން ދާނެ ކަމަށެވެ.

ރަޝިއާގެ މަހުޖަނުން "ނާޖައިޒު ގޮތް ގޮތުން ހޯދާފައިވާ" ޔޮޓުތައް އެމެރިކާއިން ހިފަހައްޓާނެ ކަމަށް ބައިޑެން ވިދާޅުވުމާ އެކު ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވެސް ތެދުވެ ތަރުހީބު ދެއްވި އެވެ. އެ މަންޒަރު އެމެރިކާގެ ޕާލިމެންޓުން ފެނިފައި ވަނީ މީގެ ކުރިން ވަރަށް މަދު ފަހަރަކު އެވެ.

"ޑިމޮކްރަސީ އާއި ހުދުމުހުތާރު ވެރިކަމުގެ ހަނގުރާމައިގައި، ޑިމޮކްރަސީތައް ދަނީ ދިފާއުގައި ތެދުވަމުން،" ބައިޑެން ވިދާޅުވި އެވެ.

ކެނެޑާ އާއި އީޔޫއިން އެޅި ފިޔަވަޅާ އެއް ގޮތަށް ރަޝިއާގެ ވައިގެ އުޅަނދުތައް އެމެރިކާގެ ސަރަހައްދަށް އެތެރެވުން މަނާކުރިކަން ބަޔާނުގައި އިއުލާނު ކުރެއްވި އެވެ.

ބައިޑެންގެ އަނބިކަނބަލުން ޖިލްގެ ދައުވަތަކަށް ޕާލިމެންޓް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ޔޫކްރެއިންގެ ސަފީރު އޮކްސާނާ މަރްކަރޯވާއަށް މެމްބަރުން ތެދުވެ، މަރުބަހާ ދެންނެވި އެވެ.

ޔޫކްރެއިންގެ ސަފީރު އޮކްސާނާ މަރްކަރޯވާ.
ޔޫކްރެއިންގެ ސަފީރު އޮކްސާނާ މަރްކަރޯވާ.

ޔޫކްރެއިންގެ ސަފީރު އޮކްސާނާ މަރްކަރޯވާ.

ރިޔާސީ ބަޔާން ދެއްވި އިރު، އެމެރިކާގެ ރައްޔިތުންގެ މެދުގައި ބައިޑެންގެ މަގްބޫލްކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެމަނިކުފާނުގެ މަސައްކަތާ މެދު ހިތްހަމަޖެހެނީ 40.6 ޕަސެންޓު މީހުންނެވެ.

ގައުމުގެ ހާލަތު ބަޔާން ކުރައްވަމުން ބައިޑެން ވިދާޅުވީ "މިހާރަށް ވުރެ ފުރިހަމަ އެމެރިކާއެއް ބިނާކުރަން" ރާވާފައިވާ ކަމަށެވެ.

އެމެރިކާގެ ވަޒީފާގެ ބާޒާރުގެ ހާލަތު ރަނގަޅުވި ނަމަވެސް، އިންފްލޭޝަން ވަނީ 40 އަހަރުގެ ތެރޭގައި މަތި ނުވާ މިންވަރަށް މަތިވެފަ އެވެ.

ބައިޑެން ވިދާޅުވީ ތަކެތީގެ އަގު ތިރިކުރެވޭނީ ކާރާއި ސެމީކޮންޑަކްޓަރު ފަދަ ތަކެތި އިމްޕޯޓް ނުކޮށް އެމެރިކާގައި އުފައްދައިގެން ކަމަށެވެ. އޭގެ އިތުރުން މަގުތަކާއި ބްރިޖުތައް މަރާމާރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox