އެމްޑީޕީގެ އެތޭރެގެ މައްސަލަތައް މަޖިލިސް ތަޅުމަށް!

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން: އިއްޔެގެ ޖަލްސާގައި ފެނުނީ އެމްޑީޕީގެ އެތެރޭގެ އުދާސްތަކާމެދު ބަހުސް ކުރި މަންޒަރު -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން: އިއްޔެގެ ޖަލްސާގައި ފެނުނީ އެމްޑީޕީގެ އެތެރޭގެ އުދާސްތަކާމެދު ބަހުސް ކުރި މަންޒަރު -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

ރައްޔިތުންގެ ގެއަށް ކުއްލި މައްސަލަ ހުށަހެޅުމަކީ އެ ގޭގެ ކޮންމެ މެންބަރަކަށްމެ އޮންނާނޭ ފުރުސަތެކެވެ. އެ ފުރުސަތު ލިބިދީފައި އޮތީ އެ ގޭގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ "ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަތު ހިމެނިގެންވާ މުހިންމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް ލިބިގެންވެއެވެ." މިހެންނެވެ.

ކުއްލި މައްސަލައެއް ކަމުގައި ބަލާނީ ކޮން މައްސަލަތަކެއްކަން އެ މާއްދާގެ (ށ) ގައި ބުނެފައި އޮވެ އެވެ. އެ މާއްދާގައި އޮންނަނީ؛

މި މާއްދާގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ސަރުކާރުން އެކަމާމެދު އަޅާފައިވާ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިއުމުގެ ގޮތުން، އަދި މައްސަލަ ހުށަހެޅުމަށް މި ގަވާއިދުގައި އޮންނަ އުސޫލުން ހުށަހަޅައިފިނަމަ އެކަމުގެ މުއާލާތް ކެނޑިދާނޭތީ ނުވަތަ ވަގުތު ފާއިތުވެދާނެތީ ހުށަހަޅާ މައްސަލައެވެ.

އެހެންވީމާ، ކުއްލި މައްސަލައެއް ކަމުގައި ބެލެވޭނީ މި މާއްދާގައި ބަޔާންކުރާ ދެ މިންގަނޑު ގިރާކުރާ މައްސަލަތަކެވެ. އެއީ އެ މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމަކަށްވުމާއި އާންމު އުސޫލުން މައްސަލަ ހުށަހަޅައިފި ނަމަ އެ ކަމެއްގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އޮތުމެވެ.

Advertisement

'ރައްޔިތުން' އަދި 'ގައުމު' އަކީ އެމްޑީޕީ އޭ ކިޔާ ސިޔާސީ ޕާޓީއެއް ނޫނެވެ. އެ ޕާޓީގެ ބައެއް މެންބަރުންގެ ހިތްތަކުގައި އުފެދޭ ނުތަނަވަސް ކަމަކީ ގައުމަށް ނުވަތަ ރައްޔިތުންނަށް ސީދާ އަސަރުކުރާފަދަ ބޮޑު އަދި ކުއްލި ކަމެއް ކަމުގައި ބަލާނޭ ނުވަތަ ބެލެވޭނޭ ގާނޫނީ އަދި ބުއްދީގެ ހަމައެއްވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ އިބާރާތް މިހާ ސާފުކޮށް އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އެމްޑީޕީގެ މެންބަރުންގެ ފަރާތުން އިއްޔެ އެ ފެނުނީ ހުތުރު އަމަލެކެވެ. ކުއްލި މައްސަލައެއް ކަމުގައި ބަލާނޭ އޮޅިގަނޑު ގިރާނުކުރާ އެ މައްސަލަ ހުށަހެޅުމުގެ ހުތުރުކަން އޮތްތަނުގައި އޮއްވައި، އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، އެއްގަޑިއިރު ވަންދެން ހުއްޓާނުލައި އެ މައްސަލައަށް ބަހުސް ވެސް ކުރީ އެވެ.

މައްސަލަ ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެކެވެ. މައްސަލަ ބަލައިގަތުމަށް ވޯޓުދިނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ބަހުސް ކުރެއްވީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. ވާހަކަ ދެއްކީ އެމްޑީޕީގެ މެންބަރުންގެ ވަޒީފާއާ ގުޅޭ ގޮތުންނެވެ. އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ ދައުރު ނެގޭނޭ ގޮތަކާ ގުޅޭގޮތުންނެވެ. އެމްޑީޕީގެ އިދާރީ އިސް ގޮނޑިއަށް ރަނގަޅީ ކޮން ކެންޑިޑޭޓެއްތޯ އާއި އެމްޑީޕީއަށް އެންމެ އިހުލާސްތެރީ ކޮން މެންބަރުންނެއްތޯ ކަނޑައެޅުމުގެ ބަހުސެކެވެ.

މިއީ ގައުމަށް ނުވަތަ ރައްޔިތުންނަށް ދިމާވެފައި އޮތް ކުއްލި މައްސަލައެއްކަމުގައި ބަލަންވެއްޖެ ނަމަ އެހެން ޕާޓީތަކުގެ މެދުގައި ވެސް މިފަދަ މައްސަލަތައް މަދެއް ނޫނެވެ. ޖުމްހޫރީ ޕާޓީ ހިންގުމުގެ އިސް ސަފުގައި ތިބި ބަޔަކު އެ ޕާޓީން ނުކުމެ އަމިއްލަ ޕާޓީއެއް ހަދައިފި އެވެ. އެއީ އެ ޕާޓީއަށް މެދުވެރިވި ކުއްލި، ބޮޑު މައްސަލައެކެވެ. އެ ޕާޓީގެ ލީޑަރު އެކަމުގެ ކަންބޮޑުވުމުގައި ބަހެއް ވިދާޅުނުވެވިފައި ހުންނެވި އެވެ. މަޖިލީހާ ހަމައަށް އެ ކަންބޮޑުވުމެއް ނާދެ އެވެ.

ޕީޕީއެމްގެ އެތެރޭގެ ހާލަތު ރަނގަޅެއް ނޫނެވެ. ކުރީގެ ރައީސް ޔާމީން މިނިވަންވެ، އެޕާޓީގެ ހިންގުމާމެދު ބަސްވިދާޅުވާން ފެއްޓެވުމަކީ އެ ޕާޓީގެ އިސްސަފުގައި ހިމެނޭ ކިތަންމެ މެންބަރުންނެއްގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ. މެންބަރުން ގިނަ އެ ޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެބަތިއްބެވެ. އުފެދިފައި އޮތް ހިލާފުގެ ކަންބޮޑުވުން މަޖިލީހުގެ ތަޅުމަކަށް ނާދެ އެވެ.

އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ ހުރިހާ މެންބަރުން ދެއްކެވި ހުރިހާ ވާހަކައެއް ވެސް ރަނގަޅެވެ. މެންބަރުން ދޫފަރިތަ އެވެ. މޮޅުފުޅެވެ. އަޅުގަނޑަށް މައްސަލައަކަށްވީ އެންމެ ކަމެކެވެ. އެމްޑީޕީގެ އިހުލާސްތެރި މެންބަރުންގެ މި ހޫނު ބަހުސަށް ރައްޔިތުންގެ ފައިސާއިން ހަރަދުކުރުމެވެ. މަޖިލީހުގެ އެއް ދުވަހުގެ ކޮއްތު ހަރަދަކީ 13،000ރ. ކަމަށް މީގެ ކުރިން ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. މަޖިލިސް ބާއްވާ ދުވަހަކަށް މެންބަރުންގެ މުސާރައިގެ ނިސްބަތް ހިމަނައިގެން ބެލީމާ އެއީ ލައްކަ ފައިސާ އެވެ. އެ ފައިސާ ހޭދަވެގެން އެ ދިޔައީ އެމްޑީޕީގެ މެންބަރުންގެ ހިތްނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށާއި އުދާސް ބޭރުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަކީ އެއް ދައުރަށްވުރެ ގިނަ ދައުރު އެ މަޖިލީހުގެ މެންބަރުކަން ކޮށްފައިތިބި ބައެކެވެ. އެ މަޖިލީހުގެ ގަވާއިދަށް އެ މެންބަރުން ނުހަނު ފަރިތަފުޅުވާނެ އެވެ. އެ މެންބަރުންގެ ތެރޭގައި ފުންނާބު އުސް ގާނޫނީ ވަކީލުން އެބަތިއްބެވެ. އެކަމަކު، އެ ހުރިހާ ބޭފުޅުން ތިއްބަވައިގެން ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތް ވަރަށް ބޮޑަށް ގޯހެވެ.

މިއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި، ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު، އަބްދުއްރަހީމް ކުރެއްވި ކަމެއް ނަމަ މިކަމުގައި މީހަކު ދައްކާކަށް ވާހަކައެއް ނޯންނާނެ އެވެ. އެއީ ހިނގާފާނެ ކަމެއްކަން އެންމެން ވެސް ގަބޫލުކުރާނެ އެވެ. އެއިރަކު އެ ނޫން ގޮތަކަށް އުއްމީދު ކުރާނެ މީހަކު ވެސް ނުހުންނާނެ އެވެ. އެހެންނަމަވެސް މިއީ އެމްޑީޕީ އެވެ. މަޖިލިސް 19 އެވެ. މަޖިލިސް 19 ތަފާތުވާނެ ކަމަށް އެމްޑީޕީގެ މެންބަރުންގެ އުއްމީދު އޮތެވެ. އެކަމަކު މިފަހަރު ތަފާތުވެފައި މިއޮތީ ހީކުރި ގޮތާ އެވެ.

އެމްޑީޕީގެ އޮފީހަކީ ޖާގަ ތަނަވަސް އޮފީހެކެވެ. ޕާޓީގެ 65 މެންބަރުންނަށް ރީތިކޮށް އިށީނދެލައިގެން ތިބެވޭނޭވަރުގެ ތަނަވަސް މީޓީން ރޫމެއް އެ އޮފީހުގައި ހުރެ އެވެ. ޕާޓީގެ މެންބަރުންގެ ނުތަނަވަސް ކަމަށް ހައްލު ހޯދުމަށްޓަކައި އެ އޮފީސް ބޭނުންކުރުމަކީ ޕާޓީއަށް ވެސް އަދި ގައުމަށް ވެސް ރަނގަޅުވާނޭ ގޮތެވެ. އުދާސް ބޭރުކުރުމާއި ޕާޓީގެ އެތެރޭގެ ހިތްހަމަނުޖެހުންތަކަށް ވާހަކަދައްކައި ހިތަށް ތަސައްލީ ހޯދުމުގެ ބައްދަލުވުންތައް ޕާޓީ އޮފީހުގައި ބޭއްވުން ރަނގަޅުވާނެ ނޫންތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox