ގޯލްޑަން ފުޓްސަލްގެ ރެކޯޑް ސްޕޮންސާޝިޕަކާ އެކު އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި މުބާރާތަށް

Mar 2, 2022, 5:44 AM
ބީހައިވްއާ އެކު އެއްބަސްވުމުގައި ސޮއިކުރަން ރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބީހައިވްއާ އެކު އެއްބަސްވުމުގައި ސޮއިކުރަން ރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" އަށް މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ރެކޯޑް ސްޕޮންސަޝިޕް އެއްބަސްވުމަކާ އެކު ތައްޔާރުވެއްޖެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދުމުގެ ޝަރަފް އޮތް ހަމައެކަނި ޓީމަކީ ތިމަރަފުއްޓެވެ. ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވަނީ ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސްގެ ނަމުގަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތް ތިމަރަފުށިން މުބާރާތް ކާމިޔާބުކުރިއިރު، އެންމެ ފުރަތަމަ ތަށި އުފުލާލީ 2016 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ތިމަރަފުށިން ނުކުންނާނީ ވޭމަންޑޫއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަށް ތިމަރަފުށިން ތައްޔާރުކޮށްފައިވާ ކިޓްތައް ރަސްމީކޮށް ލޯންޗްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިމަރަފުށީ ޓީމުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް އެވެ. މާފަންނު ފުޑްކޯޓުގެ ކެފޭޒޯލާ ރެސްޓޯރެންޓްގައި ރޭ ބޭއްވި އިވެންޓެއްގައި ތިމަރަފުށީ ޓީމުގެ ފަރާތުން ސޮއިކުރީ ޓީމުގެ މެނޭޖަރު ހުސެއިން ނިހާދު އެވެ. އަދި ބީހައިވްގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަރީފް އެވެ.

ތިމަރަފުށީ ޓީމުގެ ފަރާތުން ބުނީ މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިހާތަނަށް ޓީމަކަށް ލިބޭ އެންމެ ބޮޑު ސްޕޮންސާ ކަމަށާއި އެކަން ފަހިކޮށްދެވީތީ ބީހައިވް އަށް ހާއްސަ ޝުކުުރެއް އަދާކުރާ ކަމަށެވެ.

"މިއީ މި މުބާރާތަށް މިހާތަނަށް ޓީމަކަށް ލިބޭނެ އެންމެ ބޮޑު ސްޕޮންސަރުކަން ޔަގީން. އެހެންވީމަ އެ ފަރާތްތަކަށް ޝުކުުރުއަދާކުރަން ބޭނުން،" ޓީމުގެ އޮފިޝަލް ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ތިމަރަފުށީ ޓީމު ބައިވެރިވުމުގައި ރަށު ކައުންސިލުން ދޭ އެއްބާރުލުން ޓީމުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ. މީގެ އިތުރުން އެހެނިހެން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ޖާޒިއާ، އެމްޖީއެޗް، ބޯލްޑް، ކެފޭޒޯލާ، ކައިމިސް އަދި މާކުއީއެމްވީ އަށް ވެސް ޓީމުގެ ފަރާތުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ރަށެއް ކަމަށްވާ ތ. ތިމަރަފުށްޓަކީ ފަހަކަށް އައިސް ފުޓްސަލްގެ އެކި މުބާރާތްތަކުގައި ވެސް އެންމެ ނަން ހިނގާ އެއް ރަށެވެ. އަދި ފުޓްބޯޅައިގެ ރޮނގުން ބެލިޔަސް މިދިޔަ އަހަރުތަކުގައި ކާމިޔާބު ހޯދާފައިވާ ރަށެކެވެ.

ތިމަރަފުށީގެ ޓީމުގެ ކެޕްޓަން ސިނާހު (ވ) އަށް ޓީމުގެ ކެޕްޓަން ބޭންޑް ރަސްމީކޮށް ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމުން އަތޮޅުތަކަށް ހުޅުވާލައިގެން މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭ އަލުން ފުޓްބޯޅަ މުބާރާތްތައް ފަށައި، ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ދެ ފަހަރު ކުޅުނު ހަމައެކަނި ޓީމަކީ ތިމަރަފުށްޓެވެ. އެ ގޮތުން 2016 ވަަނަ އަހަރުގެ ފައިނަލުގައި އޭދަފުށި އަތުން ބަލިވި ނަމަވެސް 2018 ވަނަ އަހަރުގެ ފައިނަލުގައި ށ. ފޯކައިދޫ ބަލިކޮށް، އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ތިމަރަފުށިން ވަނީ ވާދަކޮށްފަ އެވެ.

ރާއްޖޭގެ ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ފޯރިގަދަ، އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ މުބާރާތުގައި އެއް ރަށަކަށް ނިސްބަތްވާ އެންމެ ގިނަ ކުޅުންތެރިން ފެނިފައިވަނީ ތިމަރަފުށިންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ރޯޑް ރެކްރިއޭޝަން ކްލަބްގައި ވެސް އިސްކޮށް ތިބީ ތިމަރަފުށްޓައް ނިސްބަތްވާ ކުޅުންތެރިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ތިމަރަފުށިން ވޭމަންޑޫއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 22:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox