އިޒްރޭލުން ހުޅަނގު އައްސޭރީގައި ފަލަސްތީންގެ ދެ މީހުން މަރާލައިފި

ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ބަޑި ޖަހަން ތައްޔާރަށް. -- ފޮޓޯ: އީޕީއޭ

ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ބަޑި ޖަހަން ތައްޔާރަށް. -- ފޮޓޯ: އީޕީއޭ

ރާމަﷲ، ފަލަސްތީން (މާޗް 1) - ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދެ މީހުން މަރާލައިފި އެވެ.

އިޒްރޭލު ބޯޑަރު ފުލުހުން ބުނީ ސިފައިންނާއި އަންޑާކަވާ ފުލުހުން ޖެނިން ރެފިއުޖީ ކޭމްޕަށް ވަނީ "ޓެރަރިސްޓް" ހަރަކާތްތަކުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރަން ކަމަށެވެ.

"ތުހުމަތުވާ މީހާ ހައްޔަރުކޮށްގެން ދާން ފެށުމުން، އެކި ދިމަދިމާލުން ބަޑި ޖަހަން ފެށި. އެހެންވެ، ރައްދުގައި އަންޑާކަވާ ފުލުހުން ވެސް ބަޑި ޖެހި،" ފުލުހުން ބުންޏެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މަރުވީ އުމުރުން 22 އަހަރުގެ އަބްދުﷲ އަލް ހޮސާރީ އާއި އުމުރުން 18 އަހަރުގެ ޝާދީ ހާލިދް ނަޖްމް ކަމަށެވެ.

އިޒްރޭލް ފުލުހުން ގޮސް ޖެނިން ރެފިއުޖީ ކޭމްޕުގެ ގެޔަކުން ހައްޔަރު ކުރީ، އިޒްރޭލުގެ ޖަލަކުން މިނިވަންކޮށްފައި ހުރި އިމާދް ޖަމާލް އަބޫ އަލް ހެއިޖާ އެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ދެ ޒުވާނުން މަރާލުމުން، ގިނަ ބަޔަކު ތިބީ ރުޅިގަދަވެފަ އެވެ. އަދި ޖެނިންގައި ބޮޑު ހިނގާލުމެއް ވެސް ބާއްވާފައިވެ އެވެ.

ފަހަކަށް އައިސް އެކި އޮޕަރޭޝަންތައް ހިންގުމުގެ ނަމުގައި އިޒްރޭލް ސިފައިންނާއި ފުލުހުން ހުޅަނގު އައްސޭރިއަށް ވަނުން ވަނީ އިތުރުވެފަ އެވެ.

އެގޮތުން ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގައި މިދިޔަ މަހު ދުވާލު ގަޑީގައި ތިން މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމަށް ފަހު ވެސް ބުނީ އެއީ ޝައްކު ކުރެވޭ ބަޔެއް ކަމަށެވެ.

އޭގެ ކުރިން އިޒްރޭލުން ވަނީ ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފަ އެވެ. އެ ފަހަރު އިޒްރޭލުން ބުނީ ބަޑި ޖެހީ ފުލުހުންނަށް ހަމަލާދޭތީ ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އިޒްރޭލުން ވެރިވެގަތީ 1967 ވަނަ އަހަރު އެވެ. އޭގެ ފަހުން އިޒްރޭލުން ދަނީ ގާނޫނާ ހިލާފަށް އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރަމުންނެވެ. މިހާރު ހުޅަނގު އައްސޭރީގައި 475،000 ޔަހޫދީން ދިރިއުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox