ރަޝިއާގެ އެހީއާ ނުލައި ޖައްވީ ސްޓޭޝަން ހިންގޭނެ ގޮތެއް ހޯދަނީ

ދުނިޔެ ވަށާ ދަތުރު ކުރަމުންދާ ޖައްވީ ސްޓޭޝަން އައިއެސްއެސް: އެ ތަން ދުނިޔެއަށް ނުވެއްޓި އޯބިޓުގައި ކުރިއަށް ގެންދަން އެހީ ވަނީ ރަޝިއާއިން.

ދުނިޔެ ވަށާ ދަތުރު ކުރަމުންދާ ޖައްވީ ސްޓޭޝަން އައިއެސްއެސް: އެ ތަން ދުނިޔެއަށް ނުވެއްޓި އޯބިޓުގައި ކުރިއަށް ގެންދަން އެހީ ވަނީ ރަޝިއާއިން.

ވޮޝިންޓަން، އެމެރިކާ (މާޗް 1) - ރަޝިއާގެ އެހީއާ ނުލައި ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) ހިންގޭނެ ގޮތެއް ބަލަމުންދާ ކަމަށް ނާސާއިން ބުނެފި އެވެ.

ނާސާގެ އޮފިޝަލް ކޭތީ ލުޑާޒް ނޫސްވެރިންނަށް ވިދާޅުވީ އައިއެސްއެސްގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށާއި ރަޝިއާއިން ވެސް މަސައްކަތް ކުރަނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށެވެ.

"އެކަމަކު ވެސް އަޅުގަނޑުމެން އަބަދުވެސް ބަލަމުން މި ދަނީ އޮޕަރޭޝަންތައް މިހާރަށް ވުރެ ފަސޭހަކޮށް އަދި ތަފާތު ގޮތް ގޮތަށް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބަލަމުން."

އެމެރިކާއިން ސަޕްލައި ކުރަނީ އައިއެސްއެސްއަށް ބޭނުންވާ ހަކަތަ އެވެ. އަދި ރަޝިއާއިން ޒިންމާ ވަނީ އައިއެސްއެސް އޯބިޓްގައި ހުއްޓުމެއް ނެތި އެނބުރުމާއި ފްލޯޓްވުމަށެވެ.

ރަޝިއާއިން އެކަން ކުރަނީ އައިއެސްއެސްގައި ޖައްސާފައިވާ "ޕްރޮގްރެސް" ޖައްވީ އުޅަނދުގެ އެހީގައި އެ ސްޓޭޝަން 250 މޭލު އުސް ހިސާބެއްގައި ދަމަހައްޓައިގެންނެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ރަޝިއާގެ ޖައްވީ ކަންކަމާ ބެހޭ ވެރިޔާ ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ރައްދެއްގެ ގޮތުން އައިއެސްއެސްގެ ޕާޓްނާޝިޕް ނިންމަން ވިސްނަމުންދާ ކަމަށެވެ.

އެހެން ވެއްޖެ ނަމަ، 400 ޓަނުގެ ޖައްވީ ސްޓޭޝަން ދުނިޔެއަށް ވެއްޓޭނެ އެވެ. އައިއެސްއެސް އޯބިޓުގައި ރަޝިއާ މަތިން ދަތުރު ކުރަނީ ވަރަށް މަދުންނެވެ. އެހެންކަމުން ދުނިޔެއަށް ވެއްޓޭ ނަމަ ރަޝިއާގެ ބިމުގެ ސަރަހައްދަކަށް ވެއްޓުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

ނާސާގެ ލުޑާޒް ވިދާޅުވީ އެފަދަ ހާލަތެއް ކުރިމަތިނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާ ކަމަށާއި ސްޕޭސް އެކްސް އާއި ނޯތްރޮޕް ގްރުމޭން ކުންފުނިން ވެސް އެކަމާ އެބަ އުޅޭ ކަމަށެވެ.

ނޯތްރޮޕް ގްރުމޭންގެ "ސައިގްނަސް" ޖައްވީ އުޅަނދު ފެބްރުއަރީ 21 ވަނަ ދުވަހު އައިއެސްއެސްގައި ޖައްސާފައިވާ އިރު، ރަޝިއާގެ އެހީ ނެތި އޯބިޓުގައި އެ ސްޓޭޝަން ދެމެހެއްޓޭނެ ކަމަށް ފުރަތަމަ ބުނި އުޅަނދަކީ އެއީ އެވެ.

މިދިޔަ ހުކުރު ދުވަހު ސްޕޭސް އެކްސްގެ ވެރިޔާ އެލޯން މަސްކް ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ އައިއެސްއެސް އޯބިޓުގައި ދެމެހެއްޓުމަށް ޝައުގުވެރިވާކަން ހާމަކުރައްވާފަ އެވެ.

ފިނި ހަނގުރާމައަށް ފަހު އެއްބައިވަންތަކަމުގެ ނިޝާނެއްގެ ގޮތުގައި ފާއިތުވި 21 އަހަރު އެކި ގައުމުގެ އެސްޓްރޮނޯޓުން މަސައްކަތުގައި އުޅެމުންދާ އައިއެސްއެސްގައި މީގެ ކުރިން ރަޝިއާ އާއި އެމެރިކާއިން ގުޅުން ކަނޑާލާފައެއް ނުވެ އެވެ.

ނަމަވެސް ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރަށް ގޯސްވާ ނަމަ، އެމެރިކާ އާއި ރަޝިއާގެ ޖައްވީ ގުޅުން ދެމިއޮތުމުގެ ފުރުސަތު ކުޑަ ކަމަށް އެނެލިސްޓިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox