ފީފާ އާއި ޔުއެފާ އިން ރަޝިއާ ޓީމުތައް ސަސްޕެންޑް، އެހެން ކުޅިވަރުތަކުން ވެސް އަދަބު!

Feb 28, 2022, 6:40 PM
ރަޝިއާ ގައުމީ ޓީމުގެ ކެޕްޓަން އާޓެމް ޒޫބާ މެޗެއްގެ ތެރެއިން.

ރަޝިއާ ގައުމީ ޓީމުގެ ކެޕްޓަން އާޓެމް ޒޫބާ މެޗެއްގެ ތެރެއިން.

ޕެރިސް (ފެބްރުއަރީ 28) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ޔުއެފާ އާއި ފީފާ އިން ރަޝިއާގެ ޓީމުތައް ސަސްޕެންޑްކުރިއިރު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އެކި ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގައި ރަޝިއާ އަށް ފިޔަވަޅު އަޅަން އަންގައިފި އެވެ.

ރަޝިއާގެ ދިދައިގެ ދަށުގައި އެ ގައުމުގެ ގައުމީ ސަލާމް ޖަހައިގެން އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ފީފާ އިން ރޭ ވަނީ ނިންމައިފަ އެވެ. ރޭ ފީފާ އިން އެންގި ގޮތަށް ބަލާއިރު، ރަޝިއާ އިން ދެން ފީފާގެ މެޗުތައް ކުޅެން ޖެހޭނީ "ފުޓްބޯލް ޔޫނިއަން އޮފް ރަޝިއާ"ގެ ނަމުގަ އެވެ. އެކަމަކު، ރަޝިއާގެ މައްސަލައިގައި އިތުރު ފިޔަވަޅުތައް އަޅަން މަޝްވަރާ ކުރާނެ ކަމަށް ރޭ ފީފާ އިން ބުނެ، މިރޭ މި ވަނީ ޔުއެފާ އާއި ފީފާ އިން އެކުއެކީގައި ރަޝިއާއާ މެދު ފިޔަވަޅު އަޅައިފަ އެވެ.

ފީފާ އާއި ޔުއެފާ އިން މިރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ރަޝިއާ އިން ޔޫކްރެއިނަށް އަރައިގެން ކުރަމުން އަންނަ ކަންކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މި އުނދަގޫ ވަގުތުގައި ޔުއެފާ އާއި ފީފާ އޮތީ ޔޫކްރެއިންގެ ރައްޔިތުންނާ އެކުގައި ކަމަށް ވަނީ ބުނެފަ އެވެ.

ފުޓްބޯޅައިގެ ރަސްމީ އިދާރާތަކުން ރަޝިއާއާ މެދު ފިޔަވަޅު އެޅިއިރު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މިރޭ ވަނީ ދުނިޔޭގެ އެކިއެކި ކުޅިވަރުގެ މައި ޖަމިއްޔާތަކަށް ރަޝިއާ އަށް ފިޔަވަޅު އަޅަން އަންގައިފަ އެވެ. އެ ގޮތުން އޮލިމްޕިކުން ގަބޫލުކުރާ އުސޫލުތަކާ ހިލާފަށް ރަޝިއާ އާއި ބެލަރޫސް އިން ގުޅިގެން މިކުރަމުން އަންނަ ކަންތައްތަކުގައި އެއްވެސް ވަރެއްގެ ދޫދިނުމެއް ނެތްކަން ބަޔާންކޮށް، އައިއޯސީން ވަނީ ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް އިންޓަނޭޝަނަލް އިވެންޓްތަކުގައި ބައިވެރިނުވެވޭ ގޮތަށް ހަދަން ގޮވާލައިފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ބެއިޖިންގައި ޕެރަލިމްޕިކްގެ ވިންޓަ އޮލިމްޕިކްސް ގޭމްސް ފަށަން ތާވަލުކޮށްފައި އޮތްއިރު، ރަޝިއާ އެތުލީޓުންނާ މެދު ކަންތައް ކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ އެވެ.

އަންނަ މަހު ރަޝިއާގައި ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް މެޗުތައް ނުބާއްވަން ޔޫރަޕްގެ ތިން ގައުމަކުން ވަނީ މީގެ ކުރިން ގޮވާލައިފަ އެވެ. ރަޝިއާގައި މެޗުތައް ހޯސްޓް ނުކުރަން ގޮވާލި ތިން ގައުމަކީ ޕްލޭއޮފްގައި ރަޝިއާ ފަޅީގައި އޮތް ގައުމުތައް ކަމަށްވާ ޗެކް ރިޕަބްލިކާއި ސްވިޑެން އަދި ޕޮލެންޑް އެވެ. ގަތަރު ވޯލްޑް ކަޕްގެ ޖާގައަކަށް ރަޝިއާ ފުރަތަމަ ކުޅެން އޮތީ އަންނަ މަހު 24 ވަނަ ދުވަހު ޕޮލެންޑާ އެވެ. ޕޮލެންޑުން ވަނީ މީގެ ކުރިން އެ މެޗު ރަޝިއާގައި ކުޅޭނަމަ ބޮއިކޮޓްކުރާނެ ކަމަށް ބުނެފަ އެވެ.

ރޭވިފައި އޮތްގޮތުން ރަޝިއާ ޕޮލެންޑް އަތުން މޮޅުވެއްޖެނަމަ ދެން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ރަޝިއާ ނުކުންނާނީ ޗެކް ރިޕަބްލިކާއި ސްވިޑެން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފީފާގެ މިރޭގެ ނިންމުމާ އެކު ރަޝިއާ އަށް އެއްވެސް މެޗެއްގައި ނުކުޅެވޭނެ އެވެ. މާނަ އަކީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރި ރަޝިއާ އަށް މި އަހަރުގެ ވޯލްޑް ކަޕް ގެއްލުމެވެ.

މެއި މަހު ރަޝިއާގެ ޕީޓާސްބާގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިހާރު ވަނީ ފްރާންސްގެ ޕެރިހަށް ބަދަލުކޮށްފަ އެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު، ރަޝިއާ އަށް އެންމެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން އަންނަނީ އިނގިރޭސިވިލާތުންނެވެ. އިންގްލެންޑުން ވަނީ ރަޝިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ކައިރި މުސްތަގުބަލެއްގައި މެޗެއް ނުކުޅޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރަޝިއާގެ ގައުމީ އެއާލައިން "އެއިރޯފްލޮޓް"އާ އެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ ނިންމައިފަ އެވެ.

ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ޕްރެޝަރުގައި ޖެހި ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އެ ކްލަބްގެ ހިންގުމުގެ ކަންކަން ކްލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފަ އެވެ. އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އަރިސް މީހަކެވެ. އަބްރަމޮވިޗަށް ވަނީ ރަޝިއާ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ޗެލްސީގެ ކޮންޓްރޯލް ލިބޭ މަގާމެއްގައި ރަސްމީކޮށް ހުރުމުގައި ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.

ޔޫކްރެއިނުން ވަނީ ރަޝިއާއާ އެކު ބާއްވަން އަންނަ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު ކުޅެދޭން އަބްރަމޮވިޗަށް ހުށަހަޅައިފަ އެވެ. މި ވަގުތު އިޒްރޭލްގެ ރަށްވެހިކަން ނަގައިގެން ޓެލް އަވީވްގައި ދިރިއުޅެމުން އަންނަ އަބްރަމޮވިޗްގެ ފަރާތުން ރަސްމީކޮށް ޔޫކްރެއިންގެ މަޝްވަރާތަކާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox