އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ހެޑްކުއާޓާޒް. މިރޭގެ ވަގުތެއްގައި އަންހެނަކަށް އަނިޔާކުރި މީހަކު ވަނީ ހައްޔަރުކޮށްފަ. ފޮޓޯ: އަދަދު/ މުހައްމަދު ޝާބިން

ފުލުހުންގެ ހެޑްކުއާޓާޒް. މިރޭގެ ވަގުތެއްގައި އަންހެނަކަށް އަނިޔާކުރި މީހަކު ވަނީ ހައްޔަރުކޮށްފަ. ފޮޓޯ: އަދަދު/ މުހައްމަދު ޝާބިން

އަންހެނަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ގެޔެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމުގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކުރުމުން ފުލުހުން ދިޔައީ ހެންވޭރުގައި ހުރި ގެޔަކަށް ކަމަށެވެ.

އަދި މިހާރު އަނިޔާކުރިކަމަށް ތުހުމަތުވާ ފިރިހެން މީހާ ހުރީ ހައްޔަރުގަ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. އެ ފިރިހެން މީހާއާއި އަންހެން މީހާއާ ދެމެދުގައި އޮތް ގުޅުމެއް ފުލުހުން ނުބުނެ އެވެ.

އަދި އެ ފިރިހެން މީހާ އަނިޔާކުރި ގެޔަކީ ވެސް އެ ދެމީހުންނާ ގުޅުން އޮންނަ ގެޔެއް ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. އަދި ހަމައެއާއެކު އަނިޔާވި އަންހެން މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި އޭނާއަށް ފަރުވާދިނުމަށް ވެސް އެއްވެސް ތަނަކަށް ގެންދިޔަކަމެއް ފުލުހުން ނުބުނެ އެވެ.

މައުލުމާތު ލިބިފައިވާ ގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 18-25 އަހަރާއި ދެމެދުގެ ޒުވާނެކެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވަނީ މާލޭގެެ ހެންވޭރުގައި ހުންނަ ރަތްވިލާ މަގުގައި ހުންނަ ގެޔެއްގެ ތެރެއިންނެވެ.

އޭނާއަކީ މީގެ ކުރިން ކުށުގެ ތުހުމަތުތަކެއް ކުރެވިފައިވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަނިޔާކުރި ކަމަށް ތުހުމަތުވާ މީހާގެ ވީޑިއޯއެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox