ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިން ބަދަލުކުރަން ހުށަހަޅައިފި

މިއަހަރަށް މަޖިލިސް ހުޅުވަން ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހު މަޖިލިސް ކުރާ ގެއަށް ވަޑައިގަންނަވާއިރު އަރިހުގައި މަޖިލީހުގެ ރައީސް ނަޝީދު. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިއަހަރަށް މަޖިލިސް ހުޅުވަން ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހު މަޖިލިސް ކުރާ ގެއަށް ވަޑައިގަންނަވާއިރު އަރިހުގައި މަޖިލީހުގެ ރައީސް ނަޝީދު. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރުގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކުގެ ހިންގުމަށް ބަދަލުގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށަހަޅުއްވާފައިވާކަން އެނގިއްޖެ އެވެ.

ސަރުކާރުގެ ކުންފުނިތަކަށް ގިނަ ބަދަލުތަކެއް ގެންނަން ރައީސް ސޯލިހު ހުށަހަޅުއްވާފައިވާކަން ޕީސީބީގެ ރައީސް އާސިމް މުހައްމަދު "އަދަދު"އަށް މިއަދު ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

"...ގިނަ ކުންފުނިތަކެއްގެ ހިންގުމަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ހުށަހަޅައިފަ. އެކަމާ ގުޅޭގޮތުން ބޯޑުގެ ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ހަމަޖެހިފައި،" އާސިމް ވިދާޅުވި އެވެ.

Advertisement

އެ ބައްދަލުވުމުގައި ނިންމާ ނިންމުންތައް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ރައީސްގެ އެ ހުށަހެޅުއްވުމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް އާސިމް އިތުރަށް ވިދާޅުވި އެވެ.

ބަދަލު ގެންނަން ރައީސް ހުށަހަޅުއްވާފައިވަނީ ކޮން ކުންފުނިތަކަކަށް ކަމެއް އަދި ސާފު ނުވި ނަމަވެސް، އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.

އެފަދަ ބަދަލުތަކެއް ގެންނަން ރައީސް ހުށަހަޅުއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "އަދަދު"އަށް ޔަގީންކޮށްދެއްވި އެވެ.

ނަމަވެސް، ޕީސީބީ މެދުވެރިކޮށް ކުންފުނިތަކަށް ގެންނަ ބަދަލުތައް އާންމުކޮށް ހާމަކުރަނީ އެ ބޯޑުންކަމަށްވާތީ އިތުރު ތަފްސީލެއް މަބްރޫކް ވެސް ނުދެއްވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިން ބަދަލުކުރަން ރައީސް ސޯލިހު ހުށަހަޅުއްވާފައިމިވަނީ، އެޕްރީލް މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ދައުލަތުގެ މަގާމުތަކުގައި ތިބި އެމްޑީޕީގެ މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވަނިކޮށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުތައް ބޭނުން ކުރައްވަނީ "ވަރަށް ސިޔާސީކޮށް" ކަމަށެވެ.

އެގޮތަށް ހައްދަވާނަމަ، ނަޝީދު ވެސް މަގާމުން ވަކިކުރުމަށް ރައީސް ސޯލިހަށް ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން؛ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީއިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،" އެ ގްރޫޕުގައި ނަޝީދު ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ، ޕާޓީގެ ތެރޭގައި އޮތް ވާދަވެރިކަން ވަނީ ހޫނުވެފަ އެވެ.

އެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ އެވެ.

އިންތިހާބަށް ދެ ބޭފުޅުން ވެސް މިހާރު ކެމްޕޭން ފަށާފައިވާއިރު، ފައްޔާޒަށް ރައީސް ސޯލިހު ތާއީދުކުރައްވާއިރު، އިމްތިޔާޒް ފަހުމީގެ ފަހަތުގައި ހުންނެވީ ނަޝީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox