އދ. ގެ އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ޝާހިދު ގޮވާލައްވައިފި

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ބައްދަލުވުން ބާއްވާނީ މިއަދު ހަވީރު -- ފޮޓޯ: ފައިލް

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ބައްދަލުވުން ބާއްވާނީ މިއަދު ހަވީރު -- ފޮޓޯ: ފައިލް

އދ.، އެމެރިކާ (ފެބްރުއަރީ 28) - ރަޝިއާއަށް ޔޫކްރެއިންގެ ސިފައިން އަރައިގެން ދެމުންދާ ހަމަލާތަކުގެ މައްސަލަ މަޝްވަރާ ކުރަން އދ. ގެ އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު އެވެ. އެއީ އދ. ގެ މެމްބަރު 193 ގައުމަށް ޔޫކްރެއިން މައްސަލައިގައި ހިޔާލު ފާޅުކުރަން ލިބޭނެ މުހިއްމު ފުރުސަތެކެވެ.

ޑިޕްލޮމެޓުން ބުނާ ގޮތުގައި ހޯމަ ދުވަހު ބާއްވާ އާއްމު މަޖިލީހުގެ ކުއްލި ޖަލްސާއަކީ އދ. ގެ ތާރީހުގައި ބާއްވާ އެފަދަ 11 ވަނަ ޖަލްސާ އެވެ. އެ ބައްދަލުވުން އޮންނާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 05:30 ގަ އެވެ. ބެލެވޭ ގޮތުގައި ގިނަ ވަގުތުތަކެއް ވަންދެން ބައްދަލުވުން މެދުނުކެނޑި ކުރިއަށް ދާނެ އެވެ.

Advertisement

އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައި ބަޔާނެއް އާއްމުކުރައްވައި ވިދާޅުވީ އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ސަލާމަތީ މަޖިލީހުން އެދިފައިވާ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ތެރެއިން އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމަކާ ދެކޮޅަށް ވޯޓު ދިނީ ރަޝިއާއިންނެވެ. ނަމަވެސް އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ދިޔުން ވީޓޯ ކުރުމުގެ ބާރެއް ރަޝިއާއަކަށް ނުލިބެ އެވެ.

ސަލާމަތީ މަޖިލީހުން ފާސްކޮށްގެން އާއްމު މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތަންދެނީ 1950 ވަނަ އަހަރުގެ "ސުލްހައަށް އެއްބައިވުމުގެ" ގަރާރުގެ ދަށުންނެވެ.

އެ ގަރާރުގައި ބުނަނީ ސަލާމަތީ މަޖިލީހުގެ ފަސް ދާއިމީ މެމްބަރުން، ރަޝިއާ، އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޗައިނާއިން އެކުގައި ސުލްހަ ގާއިމްކުރަން ފެއިލްވެއްޖެ ނަމަ، އާއްމު މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް ވީޓޯކޮށްފަ އެވެ. އެ ގަރާރަށް ތާއީދު ކުރީ އެ މަޖިލީހުގެ މެމްބަރު 15 ގައުމުގެ ތެރެއިން ނުވަ ގައުމެވެ. ވަކިކޮޅަކަށް ވޯޓު ނުދެނީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox