ޗެލްސީ ބަލިކޮށް ލިވަޕޫލުން ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފި

Feb 27, 2022, 8:07 PM
ލިވަޕޫލުން ލީގު ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ލީގު ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ފެބްރުއަރީ 28) - ޕެނަލްޓީ ޖަހައިގެން 11-10 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން ނުވަ ވަނަ ފަހަރަށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ލިވަޕޫލަކީ ލީގު ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދި ޓީމެވެ. އެ ޓީމުން ނުވަ ފަހަރު ތަށި އުފުލާލިއިރު، ދެ ވަނައިގައި އޮތީ އަށް ފަހަރު އެ މުބާރާތް ކާމިޔާބުކުރި މެންޗެސްޓާ ސިޓީ އެވެ. މިއީ އެންމެ ފަހުން ފަސް އަހަރު ތެރޭ ސިޓީ ނޫން ޓީމަކުން ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުގެ 90 މިނިޓާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު، ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. ޕެނަލްޓީން މޮޅުވާން ޗެލްސީން ވަނީ އެ ޓީމުގެ ކީޕަރު އެޑޮއާޑް މެންޑީގެ ބަދަލުގައި ދެ ވަނަ ކީޕަރު ކެޕާ އަރިއްޒަބަލާގާ ކުޅެން އަރުވައިފަ އެވެ.

ކެޕާ އަރުވައިގެން މި ސީޒަނުގައި ޗެލްސީން ތިން މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވި އެވެ. އެކަމަކު، މިރޭ ދެ ޓީމުން ޖުމްލަ އެއްކޮށް ޖެހި 22 ޕެނަލްޓީގެ ތެރެއިން ކެޕާ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ޗެލްސީ ބަލިވީ އެވެ. މިއީ ކެޕާ ހުއްޓައި ލީގު ކަޕް ފައިނަލުން ޕެނަލްޓީގައި ޗެލްސީ ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބަލިވީ 2019 ވަނަ އަހަރުގެ ފައިނަލުގައި ސިޓީ އަތުންނެވެ. އެ ފަހަރު ޕެނަލްޓީގައި ކެޕާ ބަދަލުގައި ވިލީ ކަބަލޭރޯ ކުޅެން އަރުވަން ޗެލްސީގެ އޭރުގެ ކޯޗު މައުރީޒިއޯ ސާރީ މަސައްކަތް ކުރި ނަމަވެސް ކެޕާ ނުފައިބައި މަޑުކުރީ އެވެ.

ކެޕާ މިރޭގެ މެޗުގައި ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސްދަނޑިމަތިން ދަނީ.-- ފޮޓޯ: އޭއެފްޕީ

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ހުސް ފުރުސަތުތައް ލިބުނެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ފުރުސަތުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. ކެލަހާ މި މެޗުގައި ކުޅުވީ ލިވަޕޫލްގެ އެއް ވަނަ ކީިޕަރު އެލިސަން ބެކާ ބެންޗުގައި ބަހައްޓައިގެންނެވެ. އެއީ ލީގު ކަޕްގައި ކެލަހާގެ ފޯމު ރަނގަޅު ވުމުންނެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން ސަޑިއޯ މާނޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލިވަޕޫލްގެ ނަބީ ކެއިޓާ ޖެހި ބޯޅައެއް ޗެލްސީން މެޗު ފެށިއިރު، ހުރި ގޯލްކީޕަރު އެޑޮއާޑް މެންޑީ އަތުގައި ޖެހިފައި ނުކުތްވަގުތު މާނޭ ޖެހި ރީބައުންސް ބޯޅަ ވެސް ކީޕަރު މެންޑީ ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ޗެލްސީގެ މޭސަން މައުންޓަށް މުޅިން ހުސްކޮށް ލިބުނު ދެ ފުރުސަތުން އޭނާ ޖެހި އެއް ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އަނެއް ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ޖޮއެލް މަޓިޕް ވަނީ ލިވަޕޫލަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، އެ ގޯލު ޖެހި ހިލޭޖެހުމުގެ ތެރެއިން ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އޮފްސައިޑް މަގާމެއްގައި ހުރެފައި، ބޯޅައަށް މަސައްކަތް ކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. އޭގެ ފަހުން ޗެލްސީގެ ކައި ހަވާޓްޒް ބޮލުން ޖެހި ގޯލެއް ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ޗެލްސީގެ ތިއާގޯ ސިލްވާ އެ ބޯޅަ ސަލާމަތްކުރިިއިރު، ލިވަޕޫލް ޓީމަށް މިރޭ މޮޅު ކުޅުމެއް ދެއްކި ލުއިޒް ޑިއާޒް ޖެހި ބޯޅަ ކީޕަރު މެންޑީ ވަނީ މަތަކޮށްފަ އެވެ.

ކީޕަރު މެންޑީ ކައިރިން ލިވަޕޫލްގެ ސަލާހު ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އިތުރު ވަގުތުގެ ދެ ހާފުގައި ޗެލްސީގެ ރޮމެލޫ ލުކާކޫ އާއި ހަވާޓްޒް ޖެހި ގޯލުތަކެއް ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުކޮޅުގައި ޕެނަލްޓީ އަށް މެންޑީގެ ބަދަލުގައި ކެޕާ އެެރުވި އެވެ.

ޕެނަލްޓީގައި ދެ ޓީމުން ވެސް 11 ޕެނަލްޓީ ފޮނުވާލި އެވެ. ކީޕަރުން ޖަހަން ޖެހުނު ހިސާބުން ކެލަހާ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ކެޕާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވިތާ ފަސް މަސް ތެރޭ އެ ޓީމުން ވަނީ ލީގު ކަޕް ފައިނަލެއް ކުޅެފަ އެވެ. އެ ގޮތުން 2016 ވަނަ އަހަރުގެ ފައިނަލުގައި ލިވަޕޫލް ވަނީ ޕެނަލްޓީ ޖަަހައިގެން ސިޓީ އަތުން ބަލިވެފަ އެވެ. މިރޭ ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރިއިރު، ކްލޮޕަކީ މި ތަށި އުފުލާލި ޖަރުމަނުގެ ފުރަތަމަ ކޯޗެވެ.

ލިވަޕޫލާ 2015 ވަނަ އަހަރު ހަވާލުވި ކްލޮޕް ވަނީ އެ ޓީމާ އެކު މީގެ ކުރިން 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން 2020 ވަނަ އަހަރު އިނގިރޭސި ޕްރިިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox