ރާއްޖޭގައި މަރުވި ޑަކްސަންގެ ހަށިގަނޑު މާދަމާ ލަންކާ އަށް ގެންދަނީ

Feb 27, 2022, 3:00 PM
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން ޑަކްސަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން ޑަކްސަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކްލަބް ވެެލެންސިއާ އަށް ކުޅެމުން އައި ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް، ރޭ މާލޭގައި ދަންޖެހިގެން މަރުވިއިރު، މާދަމާ އޭނާގެ ހަށިގަނޑު ލަންކާ އަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޑަކްސަން, 31, ދިރިއުޅޭ ކޮޓަރީގައި ދަންޖެހި މަރުވެފައި ހުއްޓައި ފެނުނީ ހަބަރެއް ނުވެގެން އާއިލާ އިން އެންގުމުން ބެލި ބެލުމުގަ އެވެ. މި މައްސަލަ މިހާރު ރާއްޖޭގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވާރު އުމަރު މިއަދު ނެރުންވި ބަޔާނެއްގައި ބުނެފައިވަނީ ޑަކްސަންގެ މަރުގެ ކަންކަމުގައި ރާއްޖޭގެ އެކިއެކި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ވާހަކަ ދެކެވެމުން އަންނަނީ ޑަކްސަން ކުޅެމުން އައި ކްލަބް ވެލެންސިއާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، މޯލްޑިވްސް ޕޮލިސް، ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ކަމަށެވެ.

"ވާހަކަ ދެކެވެމުން އަންނަނީ މަރުވި ސަބަބު ދެނެގަންނަން،" ޖޭސްވާރު އުމަރުގެ ބަޔާނުގައިވެ އެވެ.

ޑަކްސަން ލަންކާ އަށް ގެނައުމުގެ އެކިއެކި ކަންކަން ހަމަޖައްސައިދިނުމުގައި ލަންކާގެ ކުޅިވަރާ ބެހޭ ވުޒާރާ އަދި ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވެދެއްވާ އެހީތެރިކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސް އޮފިޝަލުންނާއި ފުލުހުންގެ ޓީމެއް ޑަކްސަންގެ ގޭގައި.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވާރު އުމަރާއި އިސް އޮފިޝަލުންގެ ޓީމެއް މިރޭ ވަނީ ޑަކްސަންގެ އާއިލާއާ ބައްދަލުކުރަން އެ މީހުން ދިރިއުޅޭ ގެޔަށް ގޮސްފަ އެވެ. ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މާދަމާ ޑަކްސަންގެ ޖަނާޒާގެ ކަންކަން ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ހުރިހާ ހަރަދެއް ބަލަަހައްޓާނީ ފުޓްބޯޅަ ފެޑެރޭޝަންގެ ފަރާތުންނެވެ.

ވެލެންސިއާ އިން މިދިޔަ ހަފްތާގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑަކްސަންގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ހެދި ކުޅުމާ ދުރުގައި ހުރުމުން އިއްޔެ ހަވީރު ވެލެންސިއާ އިން ދަ ގްރާންޑޭ ބަލިކުރި މެޗުގެ ސްކޮޑުގައި ޑަކްސަން ނެތެވެ. އެހެންވެ، އޭނާ ދަނޑަށް މެޗަށް ވެސް ނާދެ އެވެ. ދަންޖެހިފައި ހުއްޓައ ފެނުނީ ވެލެންސިއާ މެޗު ނިމުނުތާ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.

ޑަކްސަން އެންމެ ފުރަތަމަ، ފުރަަތަމަ ޑިވިޝަން ކުޅެން ރާއްޖެ އައީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބް އަށެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ޑަކްސަން ވަނީ މިދިޔަ އޮކްޓޫބަރު މަހު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ލަންކާ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އިން އިންޑިއާއާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑަކްސަން އެވެ.

މި ފަހަރުގެ ސީޒަނަށް ކްލަބް ވެލެންސިއާ ވަރުގަދަކުރިއިރު، ޑަކްސަން ގެންނަން ނިންމި އެވެ. މެޗަކުން ބަލިނުވެ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ޑަކްސަން އަކީ ޓީމުގެ ދިފާއީ އެއް ތަނބެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ވެލެންސިއާ އިން މާޒިޔާ އަތުން 1-0 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޑަކްސަން އެވެ.

ޑަކްސަންގެ މަރާ ގުޅިގެން ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ އެ ކްލަބަށް ލިބުނު ޝޮކެއް ކަމަށެވެ. މި އުނދަގޫ ވަގުތުގައި ޑަކްސަންގެ އާއިލާއާ އެކު ވެލެންސިއާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި މެނޭޖްމަންޓުން ތިބި ކަމަށާއި އަބަދުވެސް ޑަކްސަން ހަދާން ކުރާނީ ކްލަބަށް އަގުހުރި ހިދުމަތެއް ކޮށްދީފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ވެލެންސިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox