ފިޔަވަޅު އަޅައިފިނަމަ ރަޝިޔާގެ ޓޫރިސްޓުން މަދުވުމުގެ ބިރު

އދ. އޮމަދޫގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ދެ ޓޫރިސްޓުން: ރަޝިޔާގެ އަށް ހާހެއްހާ ޓޫރިސްޓުން ރާއްޖޭގަ އެބަތިބި-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

އދ. އޮމަދޫގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ދެ ޓޫރިސްޓުން: ރަޝިޔާގެ އަށް ހާހެއްހާ ޓޫރިސްޓުން ރާއްޖޭގަ އެބަތިބި-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ރަޝިޔާ އާމެދު ފިޔަވަޅު އަޅައިފި ނަމަ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ވަގުތު ވެސް ރާއްޖޭގައި ރަޝިޔާގެ އަށް ހާހެެއްހާ ޓޫރިސްޓުންނާއި ޔޫކްރެއިންގެ 750 ވަރަކަށް ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުން ގެންދެ އެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިޔާ އެވެ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 15.7 ޕަސެންޓެވެ. ޔޫކްރެއިން އަކީ އަށް ވަނަ އަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެއީ ތިން ޕަސެންޓެވެ.

"ޔޫކްރެއިން އިން އަންނަ ޓޫރިސްޓުންގެ އަދަދަށް ވަރަށް ބޮޑަށް އަސަރު ކޮށްފި، ރަޝިޔާ އިން އަދި ބަދަލެއް ފާހަގައެއް ނުކުރެވޭ، އެކަމަކު ފިޔަވަޅު އަޅައިފިއްޔާ ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ،" ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އދ. ސަލާމަތީ މަޖިލީހުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ފިޔަވަޅު އެޅުމާމެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ބައެއް ގައުމުތަކުން ވަނީ އެ ގައުމާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކޮށްފަ އެވެ.

ރާއްޖޭގެ އެކި ތަންތަނުގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ރަޝިޔާގެ 600 މީހަކާއި ޔޫކްރެއިންގެ 106 މީހަކާ, މިހާރުގެ ހާލަތާ ގުޅިގެން ވާހަކަ ދައްކަމުން ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރާ އަސަރުގެ މައުލޫމާތު ހޯދަމުން ގެންދާ ކަމަށާއި، މާދަމާ އާ ހަމައަށް އިތުރަށް މައުލޫމާތު ސާފުވާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox