ރަޝިއާގެ ބައެއް ބޭންކުތައް ސްވިފްޓުން ވަކިކުރަން އެއްބަސްވެއްޖެ

ސްވިފްޓް އަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކުމަށް ބޭނުން ކުރާ ބައިނަލްއަގްވާމީ ނިޒާމެއް.

ސްވިފްޓް އަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކުމަށް ބޭނުން ކުރާ ބައިނަލްއަގްވާމީ ނިޒާމެއް.

ފައިސާ ދެއްކުމަށް ބޭނުން ކުރާ ބައިނަލްއަގްވާމީ ނިޒާމު، ސްވިފްޓުން ރަޝިއާގެ ބައެއް ބޭންކުތައް ވަކިކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާއިން އެއްބަސްވެއްޖެ އެވެ.

އޭގެ އިތުރުން ރަޝިއާގެ މަރުކަޒީ ބޭންކުގެ މުދާތައް ހިފަހައްޓަން ވެސް ވަނީ ނިންމާފަ އެވެ. އެއާ އެކު ރަޝިއާއިން ބޭރުގައި ހުރި އެ ގައުމުގެ މުދާ ބޭނުން ކުރަން ހުރަސްތަކާ ކުރިމަތިވާނެ އެވެ.

"އަމާޒަކީ ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން ރަޝިއާ އިތުރަށް އެކަހެރި ކުރުން،" އެމެރިކާ އާއި އީޔޫ ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރަޝިއާގެ ތެލާއި ގޭހުގެ އެކްސްޕޯޓާ ގުޅޭ ކަންކަމަށް ސްވިފްޓް ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

މިއީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށުމުން މިހާތަނަށް އިއުލާނު ކުރި އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅެވެ.

ސްވިފްޓް ނުވަތަ ސޮސައިޓީ ފޯ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން އަކީ ފަސޭހަކަމާ އެކު ބޯޑަރު ހުރަސްކޮށް ފައިސާ ދައްކަން ބޭނުން ކުރާ ނިޒާމެކެވެ. އޭގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރިއަށް ފަސޭހަތައް ލިބެ އެވެ.

ބެލްޖިއަމްގައި ހުންނަ ސްވިފްޓް އޮފީހުން ދުނިޔޭގެ އެކި ހިސާބުތަކުގައިވާ 11،000 އަށް ވުރެ ގިނަ ބޭންކާއި މާލީ އިދާރާތަކުގެ މެދުގައި ފައިސާގެ މުއާމަލާތު ހިންގަން އެހީވެ އެވެ.

ދުނިޔޭގެ އިގްތިސާދު ހިންގުމުގައި މުހިއްމު ދައުރެއް ސްވިފްޓުން އަދާކުރި ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަދަ ކަންކަން ނިންމުމުގެ ބާރު އެ ތަނަށް ލިބިގެންނެއް ނުވެ އެވެ.

"ސްވިފްޓުން ވަކިކުރުމުން އަސަރު ކުރާނެ ރަޝިއާގެ ބޭންކުތަކާއި މާލީ އިދާރާތަކަކީ މިހާރު ވެސް ބައިނަލްއަގްވާމީ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ތަންތަން،" ޖަރުމަނުވިލާތުން ބުންޏެވެ.

ސްވިފްޓުން ބޭންކުތައް ވަކިކުރުމަކީ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި ގައުމުތަކުން ދެކެނީ އެއީ ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ބޭންކަކުން ވެސް އެ ނިޒާމު ބޭނުން ކުރާތީ އެވެ.

ރަޝިއާގެ ބޭންކުތައް ސްވިފްޓުން ވަކިކުރަން ނިންމި ނިންމުމަށް އެމެރިކާ، އިނގިރޭސިވިލާތް، އީޔޫގެ އިތުރުން ކެނެޑާއިން ވެސް ތާއީދުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox