ކްލޮޕް އިތުރު ތައްޓަކަށް ކެތްމަދުވެފައި

Feb 27, 2022, 5:44 AM
ކްލޮޕް އިތުރު ތައްޓަކަށް ކެތްމަދުވެފައި

ލަންޑަން (27 ފެބްރުއަރީ) - މިހާރު އޮތް ލިވަޕޫލްގެ ޓީމުގެ ވާހަކަ ތާރީހުގައި އޮންނަން ބޭނުންވަނީ ކާމިޔާބީތަކެއް ހޯދި ޓީމެއްގެ ގޮތުގައި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ. މިއީ 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ކްލޮޕް އަށް، އެ ޓީމާއެކު އިތުރު ތައްޓެއް ކާމިޔާބުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ކްލޮޕް ވަނީ ލިވަޕޫލާ އެކު، އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބު ވޯލްޑް ކަޕްގެ ތަށި މީގެ ކުރިން އުފުލާލައިފަ އެވެ.

ކްލޮޕް, ލިވަޕޫލާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދި ނަމަވެސް، އޭނާއާ އެކު ނާކާމިޔާބީގެ ހިތި ތަޖުރިބާ ވެސް ވަނީ ކޮށްފަ އެވެ. ލިވަޕޫލް ވަނީ ކްލޮޕް ހަވާލުވިތާ އަހަރެއް ވެސް ނުވަނިސް 2016 ވަނަ އަހަރު ލީގު ކަޕްގެ ފައިނަލާއި ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވެފަ އެވެ. އަދި 2018 ވަނަ އަހަރު ޗެމްޕިއަންްސް ލީގުގެ ފައިނަލްގައި ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ.

އެހެން ކަމުން، ތައްޓެއް ހޯދުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކްލޮޕް ވަނީ ފާހަގަކޮށްފަ އެވެ. އަދި ލިވަޕޫލާކީ ތަށި ހޯދުމަށް ލިބުނު ފުރުސަތުތައް ބޭކާރުކޮށްލި ޓީމެއްގެ ގޮތުގައި، ތާރީހުގައި ފާހަގަވާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

"މީގެ 20 އަހަރު ފަހުން ވެސް މި ކްލަބުގެ ވާހަކަ މީހުން ދައްކާއިރު، ބުނާނެ މިއީ މޮޅު ޓީމެކޭ އެކަމަކު އެ ޓީމަށް އިތުުރު ކާމިޔާބީތައް ލިބެންޖެހޭ،" ކްލޮޕް ބުންޏެވެ. "އެހެންވީމަ، އަހަރަމެން އެބަޖެހޭ ވީހާ ވެސް ގިނަ ކާމިޔާބީތައް ހޯދަން. މި ފައިނަލަކީ އިތުރު ކާމިޔާބެއް ހޯދަން ލިބޭ ރަނގަޅު ފުރުސަތެއް."

ލީގު ކަޕްގެ މެޗުތަކުގައި އެންމެ ވަރުގަދަ ޓީމު ކްލޮޕް ބޭނުންނުކުރާ ކަމަށް ބުނެ، މީގެ ކުރިން އޭނާ އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

އެކަަމަކު ކްލޮޕް ބުނީ ސީޒަންގައި ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅޭއިރު، އޭނާ ކޮންމެ މެޗަކަށް ވެސް ނެރެނީ އެ ވަގުތަކަށް ނެރެވެން އޮތް އެންމެ ރަނގަޅު ޓީމު ކަމަށެވެ. މިރޭގެ ފައިނަލުގައި ލިވަޕޫލުން ގޯލު ބެލެހެއްުޓުމުގެ ފުރުސަތު ދޭނީ ދެ ވަނަ ކީޕަރު ކޮއިމްހިން ކެލަހާ އަށެވެ. ކެލަހާ އަކީ ލިވަޕޫލަށް ލީގު ކަޕް ފައިނަލުން ޖާގަ ހޯދައިދިނުމުގައި އިސް ރޯލެއް ކުޅުނެވެ.

ފައިނަލް މެޗަށް ނުކުންނައިރު، ލިވަޕޫލްގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނިއޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި، ޕޯޗުގަލްގެ ފޯވަޑް ޑިއޯގޯ ޔޮޓާ ވެސް މިރޭގެ މެޗަށް އެއްކޮށް ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ލީގު ކަޕް ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox