ހުލާސާކޮށް އިއްޔެ: އިންތި އަދި ފައްޔާޒު ކެމްޕޭންގައި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (ކ) އަދި ފައްޔާޒު އިސްމާއިލް (ވ) -- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (ކ) އަދި ފައްޔާޒު އިސްމާއިލް (ވ) -- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ކެމްޕޭނަށް އަތޮޅު ތެރެއަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް އަތޮޅުތެރޭގައި ކުރިޔަށް ގެންދެވީ އިއްޔެ އެވެ.

ފައްޔާޒުގެ ކެމްޕޭން އިފްތިތާހުކޮށްފައި ވަނީ ށ. މިލަންދޫގައި ބޭއްވި ޖަލްސާ އަކުންނެވެ. އަދި، އިމްތިޔާޒު ގެންދަވަނީ ފުވައްމުލަކު ސިޓީގައި ކެމްޕޭން ކުރައްވަމުންނެވެ. މި ދެ ކެންޑިޑޭޓުންގެ ޓީމުގައި ވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަންނަނީ ބައިވެރިވަމުންނެވެ.

ފައްޔާޒްގެ ކެމްޕޭން ލޯންޗް ކުރުމަށް އިއްޔެ ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގެ ދިގު ތާރީހު އެއްކޮށްލާއިރު ވެސް އައިސްފައިނުވާ ބޮޑެތި ބަދަލުތަކެއް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ގެނެސްދިން ޕާޓީ އެއް ކަމަށެވެ.

އެމްޑީޕީ އަކީ އަނިޔާއަކީ ސަގާފަތަކަށް ވެފައި އޮތް ދުވަސްވަރެއްގައި ނުކުމެ ޖާނާއި މާލުން ގުރުބާންވެ ވެރިންނާ ދިމާލަށް ބޭނުން އެއްޗެއް ބުނުމުގެ ހައްގު ހޯދައިދިން ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، އެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެ އަނިޔާވެރި ޒަމާން ނިމިއްޖެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ދާދި ފަސޭހައިން އަނިޔާވެރިންނަށް ޖާގަ ލިބުމުގެ ފުރުސަތު އޮތްތަން ކަމަށެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުން އިއްޔެ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ޒިޔާރަތްކޮށް އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރި އެވެ.

ފުވައްމުލަކުން އިންތިގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އިންތި ކެމްޕެއިނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އިއްޔެ ވިދާޅުވި އެވެ.

ޕާޓީގެ މެމްބަރުންގެ ފަރާތުން ސަރުކާރާ ދޭތެރޭ ކަންބޮޑުވުންތަކެއް ހުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އިމްތިޔާޒްގެ ޓީމުން މެމްބަރުންނާއި ބައްދަލުކޮށް ކުރާ މަސައްކަތަކީ އެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުން ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

"ހަމަ ހުރިހާ މެމްބަރުންގެވެސް ދުލުކުރީގައި އޮންނަނީ އިންތިގެ ނަން. އަޅުގަނޑުމެން އެބޭފުޅުންނާ ވާހަކަދެއްކުމުގެ ކުރިން ވެސް. އެހެންވީމަ ތާއިދު އެބަ އޮތް ވަރަށް ބޮޑަށް އިންތިއަށް. ވަރަށް ރަނގަޅަށް ކެމްޕޭން މިދަނީ އިރާދަކުރެއްވީތީ،" މެމްބަރު ވަހީދު އިއްޔެ ވިދާޅުވިއެވެ.

އިންތިގެ ކެމްޕޭން ޓީމުން އައްޑޫ ސިޓީއަށާއި ބޮޑުތިލަަދުންމައްޗަށް ވަރަށް އަވަހަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޗެއާޕާސަން: އިދާރީ ގޮތުން އެންމެ ބާރުގަދަ މަގާމު

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅުން (ތަރުތީބުން)

  1. ރައީސް މުހައްމަދު ނަޝީދު
  2. އިބްރާހިމް އިސްމާއިލް
  3. ރީކޯ މޫސާ މަނިކު
  4. މާރިޔާ އަހްމަދު ދީދީ
  5. އަލީ ވަހީދު
  6. ހަސަން ލަތީފް

މިފަހަރުގެ ޗެއާޕާސަންގެ އިންތިހާބު އޮންނާނީ އަންނަ އެޕްރީލް 16، ގަ އެވެ. އެ ދުވަހު ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހުގެ އިންތިހާބު ވެސް އޮންނާނެ އެވެ.

ހަސަން ލަތީފްގެ ދައުރަށްފަހު އަލަށް އިންތިހާބުކުރާ ޗެއާޕާސަންގެ ދައުރުގައި ވެސް އެ ޕާޓީ އިތުރަށް ހަރުދަނާވެ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީން މީގެކުރިން ބުނެފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޓޫރިޒަމް ސިންދަފާތުކުރުމުގެ މަގުސަދުގައި މި އަހަރު އަލަށް ތައާރަފުކުރި ހޯމް ސްޓޭ ޓޫރިޒަމްގެ ރަޖިސްޓްރޭޝަން ފީ މާ ބޮޑު ކަމަށާއި އެ ފީ ކުޑަކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އިއްޔެ އެވެ.
  • ރަޝިޔާއިން ޔޫކްރެއިން ހިފުމަށް މިދިޔަ ބުރާސްފަތި ދުވަހު ހަނގުރާމަ ފެށުމާއެކު ޔޫކްރެއިނުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން 15 މީހަކު ހަންގޭރީގެ ބުޑަޕެސްޓަށް ގެންދިޔައީ އިއްޔެ އެވެ.
  • ކައުންސިލްތަކުން ބަޖެޓްކޮށްފައިވާ މަގާމުތަކުން މުވައްޒަފުން ވަކިވުމުގެ ސަބަބުން ހުސްވާ މަގާމުތަކަށް މުވައްޒަފުން އަލުން ނެގުމުގައި މިހާރު އަމަލުކުރަންޖެހޭ އުސޫލަށް ލުއި ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކުރިކަން ރިޕޯޓްކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނަށްވެސް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ހާމަކުރައްވަމުން އިއްޔެ ވިދާޅުވީ:

"ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ވަނީ ހަމަހަމަކަން ގެއްލިފައި. ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް ވަނީ އިސްކަން ދޭންޖެހިފައި. އާމްދަނީ މަދު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ވަނީ ފަރަގު ބޮޑުވެފައި،"

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް ވެލެންސިއާ 1-0 އިން މޮޅުވި މެޗުގެ ތެރެއިން. ވެލެންސިއާ އަށް ލީޑުނަގައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު). ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ލީގުގެ ދެ ވަނައިގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް ވެލެންސިއާ 1-0 އިން މޮޅުވި މެޗުގެ ތެރެއިން. ވެލެންސިއާ އަށް ލީޑުނަގައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު). ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ލީގުގެ ދެ ވަނައިގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް ވެލެންސިއާ 1-0 އިން މޮޅުވި މެޗުގެ ތެރެއިން. ވެލެންސިއާ އަށް ލީޑުނަގައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު). ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ލީގުގެ ދެ ވަނައިގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ލެކް އޮފް ފިޒިކަލް އެކްޓިވިޓީ ލީޑްސް ޓު އޮބެސިޓީ އެމޮންގް އެޑަލްޓް އޭޖް"

މިއީ ގައުމީ ޔުނިވާސިޓީގެ ބެޗެލާ އޮފް ޕްރައިމަރީ ހެލްތު ކެއާގެ ދަރިވަރު ޒީނަތު ރަޝީދު 2013 ވަނަ އަހަރު ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބަލާފައިވަނީ ވެރިރަށް މާލޭގައި ދިރިއުޅޭ 25 އަހަރުން މަތީގެ މީހުންގެ މެދުގައި ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ތަފާތު އެކި ބަލިތައް ފެތުރޭ މިންވަރު އިތުރުވޭތޯ ބެލުމަށް ހަދާފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox