ވެލެންސިއާގެ ޑިފެންޑަރު ޑަކްސަން މަރުވެފައި ހުއްޓައި ފެނިއްޖެ

Feb 26, 2022, 5:17 PM
ވެލެންސިއާގެ ޑިފެންޑަރު ޑަކްސަން މަރުވެފައި ހުއްޓައި ފެނިއްޖެ

ކްލަބް ވެލެންސިއާ އަަށް ކުޅެމުން އަންނަ ސްރީ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އޭނާ މާލޭގައި ދިރިއުޅޭ އެޕާޓްމަންޓްގައި މަރުވެފައި ހުއްޓައި މިރޭ ފެނިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 31 އަހަރުގެ ޑަކްސަން ދިރިއުޅޭ ކޮޓަރީގައި ދަންޖެހި މަރުވެފައި ހުއްޓައި ފެނުނީ ހަބަރެއް ނުވެގެން އާއިލާ އިން އެންގުމުން ބެލި ބެލުމުގަ އެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގެ ތެރެއިން ޑަކްސަން.

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެލެންސިއާ އިން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެފަ އެވެ. ވެލެންސިއާ މޮޅުވީ 1-0 އިންނެވެ. ވެލެންސިއާ އިން މިދިޔަ ހަފްތާގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑަކްސަންގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ހެދި ކުޅުމާ ދުރުގައި ހުރުމުން މިއަދުގެ މެޗުގެ ސްކޮޑުގައި އޭނާ ނެތެވެ. އެހެންވެ، އޭނާ ދަނޑަށް މެޗަށް ވެސް ނާދެ އެވެ.

ޑަކްސަން އެންމެ ފުރަތަމަ، ފުރަަތަމަ ޑިވިޝަން ކުޅެން ރާއްޖެ އައީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބް އަށެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ޑަކްސަން ވަނީ މިދިޔަ އޮކްޓޫބަރު މަހު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ލަންކާ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ޗެތުރީ (ކ) ކައިރިން ޑަކްސަން ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އިން އިންޑިއާއާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑަކްސަން އެވެ.

މި ފަހަރުގެ ސީޒަނަށް ކްލަބް ވެލެންސިއާ ވަރުގަދަކުރިއިރު، ޑަކްސަން ގެންނަން ނިންމި އެވެ. މެޗަކުން ބަލިނުވެ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ޑަކްސަން އަކީ ޓީމުގެ ދިފާއީ އެއް ތަނބެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ވެލެންސިއާ އިން މާޒިޔާ އަތުން 1-0 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޑަކްސަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox