އައްޑޫ ދަތުރުތަކަށް މިހާތަނަށް ލިބޭ ތަރުހީބާއި ދޭތެރޭ ހިތްހަމަޖެހޭ: މަަންޓާ އެއާ

މަންޓާ އެއާގެ މަތިންދާބޯޓެއް. އެއާ އެއާލައިނުން ވަނީ އައްޑުއާ ހުވަދު އަތޮޅާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެފައި ފޮޓޯ: ފޭސްބުކް/މިސްތާހު

މަންޓާ އެއާގެ މަތިންދާބޯޓެއް. އެއާ އެއާލައިނުން ވަނީ އައްޑުއާ ހުވަދު އަތޮޅާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެފައި ފޮޓޯ: ފޭސްބުކް/މިސްތާހު

މަންޓާ އެއާއިން މި ހަފްތާ ތެރޭ އައްޑޫ ސިޓީއަށް ކުރަން ފެށި ދަތުރުތަކަށް މިހާތަނަށް ލިބެމުންދާ ތަރުހީބާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މަންޓާ އެއާއިން މާލެއަށް ފަހު ރާއްޖޭގެ ދެން އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަށް ދަތުރުތައް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހާއްސަ ޕްރޮމޯޝަނަކާއެކު އެ އެއާލައިނުން ދަތުރުތައް ފެށީ ކޮޅަކަށް އެންމެ ދަށް އަގެއްގެ ގޮތުގައި އިކޮނޮމީ ކުލާހުގައި 1،250 ރުފިޔާ އަށެވެ.

އެ ދަތުރުތަކަށް އަދި މާ ގިނަ ދުވަސްތަކެއް ނުވިނަމަވެސް މިހާތަނަށް ލިބެމުންދަނީ "އެވަރެޖް" ތަރުހީބެއް ކަމަށާއި އަދި އެ ލިބޭ ތަރުހީބާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށް އެ އެއާލައިނުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން "އަދަދު" އަށް ވިދާޅުވި އެވެ.

"އަދި ހަމަ އެވަރެޖް ތަރުހީބެއް ލިބެމުންދަނީ. އެއީ އަދި ދަތުރުތައް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވާތިވެ އާއި އެއްކޮށް އަދި އެހެން ސަބަބުތަކާހުރެ ވެސް ކަމަށް ބެލެވޭ،" މައުމޫން ވިދާޅުވި އެވެ.

އާދައިގެ ތަރުހީބެއް ލިބޭކަމަށް އެ އެއާލައިނުން ލަފާކުރީ އޮޕަރޭޝަންތައް ފެށިތާ ގިނަ ދުވަސްތަކެއް ނުވުމާއި، ދުވާލަކަށް އެއް ދަތުރު އެއް ގަޑިއެއްގައި އެ އެއާލައިނުން އަދި ކުރަމުންދާތީވެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަންކަމަށް ބަލައި މިހާތަނަށް ލިބޭ ތަރުހީބާއި ދޭތެރޭ ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ އެއާލައިނުން އައްޑުއާއި ހުވަދު އަތޮޅުގެ ކާޑެއްދޫ އެއާޕޯޓާއި ދެމެދުގައި ވެސް "ލިންކު" ދަތުރުތައް ފަށާނެ ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައި ދަތުރުތައް އިތުރުކުރުމުގެ ވިސްނުމެއް އޮތް ނަމަވެސް އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަން ފަދަ ތަރުހީބު އިތުރުވާނެ ކަމަށް ބެލެވޭ ދުވަސްތަކަށް ބަލައި އޮޕަރޭޝަންތައް އިތުރުކުރުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކާޑެއްދޫ ދަތުރުތައް ފަށާނެ އަންނަ ހޮނިހިރު ދުވަހު. ދެން ކުރިޔަށް އޮތްތަނުގައި ފްރީކުއެންސީ އިތުރުކުރަން ވިސްނާނެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމާ. އެއީ އޮޕަރޭޝަންތަކުގެ އާ ކޮޅު ވީމަ،" މައުމޫން ވިދާޅުވި އެވެ.

މަންޓާއިން އައްޑުއަށް މިހާރު ކުރަމުން ދަނީ ދުވާލަކަށް އެއް ދަތުރެވެ. އެދަތުރުތަކުގައި މަންޓާއިން ދަނީ އިކޮނޮމީ ކުލާހުގެ އިތުރުން އެހެން ދެ ކުލާހެއްގައި ދަތުރުކުރުމުގެ ފުރުސަތު ފަސެންޖަރުންނަށް ދެމުންނެވެ. އެގޮތުން އެ އެއާލައިނުގެ ކޮމްފަޓް ކުލާހުގައި 1،450 ރުފިޔާއަށް ކޮޅަކަށް ޓިކެޓެއް ވިއްކާއިރު ބިޒްނަސް ކުލާސް ނުވަތަ ސެފަޔާ ކުލާހުގެ އަގަކީ 1،850 ރުފިޔާއާއި 2،400 ރުފިޔާއާ ދެމެދުގެ އަގެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox