ކުޅުދުއްފުށީ ޒިގްޒެގް އޮފީސް ފުޓްސަލް ކަޕް: ފައިނަލްގައި އުރީދޫ އާއި ދިރާގުގެ ކުރިމަތިލުމެއް

ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗް ކާމިޔާބުކޮށް ދިރާގު ޓީމުން އުފާ ފާޅުކުރަނީ

ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗް ކާމިޔާބުކޮށް ދިރާގު ޓީމުން އުފާ ފާޅުކުރަނީ

ކުޅުދުއްފުށީ ސިޓީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ 'ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް'ގެ ފައިނަލްގައި ދިރާގާއި އޫރިދޫގެ ކުރިމަތިލުމަކަށް ހިނގައްޖެ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުން ގެންދާ ވާދަވެރި ދެ ކުންފުނި ކަމަށްވާ އޫރިދޫ އާއި ދިރާގު, މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު, މުބާރާތުގެ ފައިނަލްގައި ވާދަވެރިކަމާއި ފޯރި ވަނީ ދެ ގުނައަށް ބޮޑުވެފައި ކަމަށް އިންތިޒާމް ކުރާ ފަރާތުން މި ނޫހަށް ބުންޏެވެ.

އެ ސިޓީގެ ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މެދުގައި މި މުބާރާތް ބާއްވަނީ ކުޅިވަރު ކުރިއަރުވާ ޖަމިއްޔާއެއް ކަމަށްވާ 'ޒިގްޒެގް ފޯ ޔޫތު ލިންކޭޖް' އިންނެވެ.

ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ކުޅުދުއްފުށގީގައި ބާއްވަމުން އަންނަ, ފުޓްސަލް މުބާރާތް މި އަހަރު މި ބާއްވަނީ ކޮވިޑާ ގުޅިގެން އެއް އަހަރުގެ މެދުކަނޑުމަކަށްފަހު އެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިރާގެވެ.

ސެމީ ފައިނަލްގެ މެޗް ދަގަނޑޭ ޝަރަފުވެރިކޮށް ދެނީ
ސެމީ ފައިނަލްގެ މެޗް ދަގަނޑޭ ޝަރަފުވެރިކޮށް ދެނީ

ސެމީ ފައިނަލްގެ މެޗް ދަގަނޑޭ ޝަރަފުވެރިކޮށް ދެނީ

މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދިރާގު ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗްގައި ކުޅުދުއްފުށީ ފޯޓް ލިމިޓެޑްގެ ޓީމް ހަ ލަނޑު, ފަސް ލަނޑުން ބަލިކޮށްގެންނެވެ. ދިރާގާ ވާދަވެރި, އުރީދޫ ފައިނަލަށް ދިޔައީ މުބާރާތުގެ ގަދަ ޓީމެއްގެ ގޮތުގައި ފާހަގަވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމް ހަ ލަނޑު, ދެ ލަނޑުން ބަލިކޮށްގެންނެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ދެ މެޗް ޝަރަފުވެރިކޮށް ދިނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް, އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މި މުބާރާތުގައި ޓީމްތަކަށް ރާއްޖޭގެ ނަން މަޝްހޫރު ބައެއް ފުޓްސަލް ކުޅުންތެރިން ވެސް ގެންގޮސްފައިވެ އެވެ.

ރޭގެ ސެމީ ފައިނަލްގެ މެޗްގައި އުރީދޫ އާއި ހޮސްޕިޓަލް ވާދަކުރަނީ
ރޭގެ ސެމީ ފައިނަލްގެ މެޗްގައި އުރީދޫ އާއި ހޮސްޕިޓަލް ވާދަކުރަނީ

ރޭގެ ސެމީ ފައިނަލްގެ މެޗްގައި އުރީދޫ އާއި ހޮސްޕިޓަލް ވާދަކުރަނީ

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ފައިނަލް މެޗް އޮންނާނީ މާދަމާ ރޭގެ 8:30ގަ އެވެ. އެ މެޗް ޝަރަފުވެރިކޮށް ދެއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ޕްރިމިއަމް ސްޕޮންސާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

މި މަހުގެ 15 ވަނަ ދުވަހު ފެށި މުބާރާތުގައި ކުޅުދުއްފުށީގެ އެކި އޮފީސްތަކާއި މުއައްސަސާތަކުން ޖުމްލަ 12 ޓީމެއް ބައިވެރިވި އެވެ.

ޒިގްޒެގްގެ އޮފިޝަލުން ދަގަނޑޭއާ އެކު
ޒިގްޒެގްގެ އޮފިޝަލުން ދަގަނޑޭއާ އެކު

ޒިގްޒެގްގެ އޮފިޝަލުން ދަގަނޑޭއާ އެކު

"މިއީ މި ސިޓީގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް, މި މުބާރާތަށް އޮފީސްތަކުން ވަރަށް ބޮޑު ހޭދައެއްކޮށް ދުރާލާ ތައްޔާރުވޭ," ޒިގްޒެގްގެ އޮފިޝަލަކު ބުންޏެވެ.

ޒިގްޒެގް ޖަމިއްޔާއިން ގެންދަނީ ކުޅުދުއްފުށީގައި މި މުބާރާތުގެ އިތުރުން ވެސް ކުޅިވަރުގެ ގިނަ މުބާރާތަކެއް ބާއްވަމުންނެވެ. އެގޮތުން, މި އަހަރަށް ވެސް އިތުރު މުބާރާތްތަކެއް އެ ޖަމިއްޔާއިން ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox