ޝަރީއަތް ނުނިމެނިސް "ތިކި" ހުއްޓުވުމުގެ އަމުރެއް ނެރެނުދެވޭނެ ކަމަށް ނިންމައިފި

ތިކި އެޕްލިކޭޝަން މޯބައިލް ފޯނުން ފެންނަ ގޮތުގެ ފޮޓޯއެއް —-

ތިކި އެޕްލިކޭޝަން މޯބައިލް ފޯނުން ފެންނަ ގޮތުގެ ފޮޓޯއެއް —-

އެހެން މީހެއްގެ ވިސްނުން ކޮޕީކޮށްގެން ހެދިކަމަށް ދައުވާ ކޮށްފައިވާ، ލޭ ހަދިޔާ ކުރާ އެޕްލިކޭޝަން، "ތިކި" ހުއްޓުވުމުގެ ވަގުތީ އަމުރެއް ޝަރީއަތް ނުނިމެނީސް ނެރެދެވެން ނެތް ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކަނޑައަޅައިފި އެވެ.

މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ ކޮޕީރައިޓް ގާނޫނުގެ ދަށުންނެވެ. އެއީ މި ގާނޫނުގެ ދަށުން މިފަދަ މައްސަލައެއް ރާއްޖޭގެ ކޯޓަކަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ފެށުނީ ލޭ ހަދިޔާ ކުރުމަށް ތައްޔާރުކޮށްފައިވާ "ހަދިޔާ.އެމްވީ" ކިޔާ ވެބްސައިޓެއް, އެޕަކަށް ބަދަލުކުރުމަށް ލ. ފޮނަދޫ, ފާހި, އަހުމަދު އަނަސް އާ ހަވާލުކުރި ހިސާބުންނެވެ. ނަމަވެސް, އެ މަސައްކަތް ކޮވިޑާއެކު ހުއްޓިފައި އޮއްވާ އަނަސް ވަނީ ލޭ ހަދިޔާކުރުމުގެ އޭނާގެ އަމިއްލަ އެޕެއް ކަމަށްވާ "ތިކި" ލޯންޗުކޮށްފަ އެވެ.

އެހެންވެ، އެ މަސައްކަތް އޭނާއާ ހަވާލުކުރި "ހަދިޔާ.އެމްވީ" ގެ ވެރިފަރާތް، ލ. ފޮނަދޫ, ޑޭލައިޓް ޔޫސުފް ހަލީލް، އެރަށު ކޯޓުގައި އަނަސްގެ މައްޗަށް ދައުވާ ކުރީ، އޭނާގެ ފިކުރީ މުދަލަކަށް އަރައިގަތުމުން ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 375،400 ރުފިޔާގެ ހޯދުމަށެވެ. އެއީ "ތިކި" އެޕްލިކޭޝަން ހެދުމުން ޚަލީލަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުން 350،000 ރުފިޔާ އާއި ވެބްސައިޓް ހެދުމަށް އޭނާގެ އަތުން ހޭދަވި 20،000 ރުފިޔާ އާއި ޑޮމައިން ފީއެއްގެ ގޮތުން ދިރާގަށް ދެއްކި 5،400 ރުފިޔާ އެވެ.

އެ ދައުވާ އާއެކު ޔޫސުފް އެދިފައި ވަނީ ޝަރީއަތުން އެ މައްސަލާގައި ގޮތެއް ކަނޑައެޅުމާއި ހަމައަށް އަނަސްގެ "ތިކި" އެޕްލިކޭޝަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ. ނަމަވެސް، އެ ދައުވާ އާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެ އަމުރު ނެރެދީފި ނަމަ، މައްސަލައިގެ މައުލޫއަށް އަސަރު ކުރާނެތީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް ހަވާލާދެމުން އެ އަމުރު ނެރެދިނުމަށް ގާނޫނު ތަންނުދޭ ކަމަށް މެޖިސްޓްރޭޓް އަލީ ޝަރީފް ބަޔާންކުރި އެވެ.

"...ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަގުތީ އަމުރުގައި އަސްލު މައްސަލާގައި ހިމެނޭ މައުލޫއީ ހައްގަށް ނުވަތަ ގާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ އެ ހައްގު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ލިބުގެން ނުވާ ކަމުގައި ކަނޑައަޅުއްވާފައި ވާކަމާއި،" ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) އިން އެސީސީއާ ދެކޮޅަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސައެއްގައި، އެގޮތަށް ކަނޑައަޅާފައިވާކަން މެޖިސްޓްރޭޓް ހުކުމުގައި ފާހަގަކުރެއްވި އެވެ.

އެ ނުކުތާ އާއެކު ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި ވަގުތީ އަމުރެއް ނެރޭއިރު ޝަރީއަތުން ރިއާޔަތް ކުރަން ޖެހޭނެ ތިން ޝަރުތެއް ވެސް ގާޒީ ހުކުމުގައި ލިޔުއްވި އެވެ. އެއީ:

  1. ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު (ގާބިލްކަން) ލިބިގެންވުން
  2. ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް އޮތުން
  3. ދައުވާ ލަސްވެގެން ނުރައްކަލެއް އޮތުން

މިއިން އެވެސް ޝަރުތެއް ފުރިހަމަ ނުވާތީ މެޖިސްޓްރޭޓް ޝަރީފް ނިންމެވީ އެ އަމުރު ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ދައުވާގެ ފަސްފަހަތް

"ހަދިޔާ.އެމްވީ" އަކީ ޔޫސުފް ހަލީލަށް ލޭގެ ކެންސަރު ޖެހި އެ އުފުލި ވޭނާއި ކުރި ތަޖުރިބާގެ ސަބަބުން އޭނާގެ އަމިއްލަ ހިޔާލުން އުފަންކުރި ވެބްސައިޓެކެވެ. އޭނާއަކީ ގަވައިދުން ލޭ ހަދިޔާ ކުރަމުން ދިޔަ މީހެއް ނަމަވެސް, ލޭގެ ކެންސަރަށްފަހު އެކަން މަނާވި އެވެ. އެހެންވެ, އޭނާ ބޭނުންވީ އޭނާއަށް ލޭ ހަދިޔާ ނުކުރެވުނު ނަމަވެސް ލޭ ހޯދާ މީހުންނަށް ފަސޭހައެއް ކޮށްދޭށެވެ.

ވެބްސައިޓްގައި ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތުތައް ހިމެނި އެވެ. ލޭ ހޯދާ ކޮންމެ މީހަކަށް ވެސް ވެބްސައިޓް ބަލައިގެން ފަސޭހައިން ލޭ ހޯދުމުގެ އިންތިޒާމް އޭގެން ފަހިވި އެވެ.

ކޯޓަށް ޔޫސުފް ހުށަހެޅި މައްސަލާގެ ދައުވާ ފޯމްގައި ބުނެފައިވާ ގޮތުގައި ލޭ ހޯދާ މީހުންނަށް އިތުރަށް ފަސޭހަކުރުމަށްޓަކައި "ހަދިޔާ.އެމްވީ"ގެ އެޕް ހެދުމަށް އަނަސްއާ ހަވާލުކުރީ އެވެ. އެކަން ކުރުމަށް ވެބްސައިޓްގައި ހުރި މައުލޫމާތުތަކަށް އެކްސެސްވެވޭ ގޮތަށް ލޮގިންއެއް ދިން ކަމާއި އެޕްގައި ހިމަނަން ބޭނުންވާ ފީޗާތަކުގެ މައުލޫމާތުތައް ވެސް އަނަސްއާ ހިއްސާކުރި އެވެ. ނަމަވެސް, އޭގެ ފަހުން އެ މަސައްކަތުން އަނަސް ވަކިކުރީ އެވެ.

އޭގެފަހުން, މިދިޔަ އަހަރު ފަހުކޮޅު އަނަސް ވަނީ އޭނާގެ އަމިއްލަ އެޕް "ތިކި" ލޯންޗުކޮށްފަ އެވެ. އެ އެޕަކީ ވެސް ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތު ފަސޭހައިން ފެންނަ އެޕެކެވެ. އެ އެޕްގައި މިހާރު ވެސް 649 ޑޯނަރުން އެބަތިއްބެވެ.

އެކަމާ ގުޅިގެން އަނަސް "އަދަދު"އަށް ބުނީ އެ ހުރިހާ ތުހުމަތުތަކަށް ސާފުކޮށް އިންކާރުކުރާ ކަމަށެވެ.

"ދައުވާގައި މި ތުހުމަތު ކުރަނީ ހިޔާލު ވަގަށް ނެގުމާއި ހަދިޔާ.އެމްވީގެ ވެބްސައިޓުގައި ހުރި ޑޯނަރުންގެ މައުލޫމާތު ބޭނުންކުރި ކަމަށް. އެ ތުހުމަތުތަކަށް އިންކާރު ކުރަން. އެފަދަ ކަމެއް ނުކުރަންކަން ހަމަ ޔަގީން،" އަނަސް ބުންޏެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox