ވާހަކަ މަދުކޮށްފައި މި ކުރަނީ މަސައްކަތް: މަހުލޫފް

Feb 26, 2022, 7:33 AM
ޕްރެޒިޑެންޓްސް ކަޕް ފައިނަލް ރ. އަލިފުށީގައި ހޯސްޓް ކުރުމުގެ ތެރެއިން ބޭއްވި އިވެންޓެއްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފައިނަލް ރ. އަލިފުށީގައި ހޯސްޓް ކުރުމުގެ ތެރެއިން ބޭއްވި އިވެންޓެއްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން އެކި ފަރާތްތަކުން ލިޔަމުން އަންނަ އެއްޗެހި ބެލުމެއް ނެތި، އެކަމާ ބެހޭގޮތުން ދައްކާ ވާހަކަ މަދުކޮށްފައި ކުރަމުން އަންނަނީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ، މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ ރަސްމީ ލޯގޯ އިފްތިތާހުކުުރުމަށް ގަލޮޅު ދަނޑުގައި ރޭ ބޭއްވި އިވެންޓް ޝަރަފްވެރިކޮށްދެއްވައި ދެއްކި ވާހަކައިގަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ފުޅާކޮށް ވީހާ ވެސް މަތީ ލެވަލްއެއްގައި ކުޅެވޭނެ ގޮތް ހެދުމަށް އެފްއޭއެމާ ގުޅިގެން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުޅި ރާއްޖެ އަށް ބޭއްވޭ ލީގުގެ ލޯގޯ ލޯންޗްކުރެވުމާ އެކު މިއީ ކުރެވުނު މަސައްކަތުގެ ކަންކަމުގައި "ހަގީގީ ކުލައެއް ޖެހިގެންދާ މުހިންމު ވަގުތެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއް ބައި ބޭފުޅުން ލިޔުއްވާނެ، އަނެއް ބައި ބޭފުޅުން ފޮތް ކިޔުއްވާނެ. އެ ބޭފުޅުން އެކަމުގައި ތިއްބައި އަޅުގަނޑުމެންގެ ވާހަކަ މަދުކޮށްފައި އަޅުގަނޑުމެން ކަން އިރާދަކުރެއްވިއްޔާ ކުރާނީ. ލިޔާނެ ވަރަކަށް ލިޔަންވީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކީ ވެސް ތަފާތެއް ގެންނާނެ ކަމެއް ކުރާނެ ދުވަހެކޭ، ނަތީޖާއާ ހަމައަށް ވެސް އަޅުގަނޑުމެން ވާސިލްވަމުން ދާނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ޒަމާނުއް ސުރެ މާލެ އަށް ކުޅިވަރު ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރުން ކަމަށް މިނިސްޓަރު މަހުލޫފް އަންނަނީ ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަމުން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރެއިން ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާފް ދަނޑުތައް އެޅުމެވެ. ސަރުކާރުގެ ވިސްނުމަކީ ފަސް އަހަރު ތެރޭ 100 ޓާފް ދަނޑު އެޅުމެވެ.

"މިތާ ހުރެ މި ވާހަކަ ދައްކާއިރު 30 އަށް ވުރެ ބޮޑު ފުޓްބޯޅަ ދަނޑު އަޅުގަނޑުމެން ނިންމައި، ގާތްގަނޑަކަށް 60 އާ ގާތްކުރާ ވަރަށް ބޮޑު ދަނޑުތަކުގެ މަސައްކަތް ކުރިއަށް އެބަދޭ. މި ލީގު ފެށެން ދާއިރު، ރާއްޖޭގެ ކަންކޮޅުތަކަށް ހުޅުވާލެވިގެންދާއިރު، އިރާދަކުރެއްވިއްޔާ ގިނަ ދަނޑުތަކެއް ހުންނާނެ ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ޓާފް ދަނޑުތައް އެޅީމަ ކުޅެން ދާހިތްވާ ކުޅުންތެރިން އިތުރުވޭ، މިއިން ވެސް ދޭހަކޮށްދޭ މުސްތަގުބަލެއް އެބައޮތްކަން،"

ލީގު ފުޅާކުރަން ކުރާ މަސައްކަތަށް ލިބޭނެ އެންމެ ބޮޑު އެހީ އަކީ ސަރުކާރުން އަޅަމުން އަންނަ ޓާފް ދަނޑުތައް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ވަނީ ޖެނުއަރީ މަހު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ރ. އަލިފުށީގައި ހޯސްޓްކޮށްފަ އެވެ. އަދި މިދިޔަ މަހު ފ. ނިލަންދޫގައި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅުނެވެ. މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ލ. އަތޮޅުގައި ކުޅެވޭތޯ ވެސް މަސައްކަތްކުރި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ރަށްރަށަށް ފުޓްބޯޅަ ހަރަކާތްތައް ގެންދާއިރު އެންމެ ފުރަތަމަ ހުންނާނީ ހުރިހާ ކަމެއް ފުރިހަމަވެފައި ނޫން ކަމަށެވެ. ކަމެއް ފަށައިގަނެގެން ރަނގަޅު ލެވަލަކަށް ގެންދަން ވަގުތު ނަގާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ފުޓްބޯޅަ އާއިލާގެ އެންމެން ވެސް ގަބޫލުކުރަން އެދޭ ކަމަށެވެ.

"މި ހަގީގަތްް އެންމެން ގަބޫލުކުރަން ޖެހޭ. އަޅުގަނޑުމެން ދަތުރުކުރަން އުޅޭއިރު މައްސަލަ ދިމާވެދާނެ. ރަށަކަށް ދާއިރު އެކޮމަޑޭޝަން މައްސަލަ ވެސް ދިމާވެދާނެ. ގަލޮޅު ދަނޑުގައި ހުންނަ ވަރުގެ ޗޭންޖިން ރޫމެއް ނުހުރެދާނެ. މިކަންކަމަކީ ކްލަބްތަކުން ވެސް އެފްއޭއެމުން ވެސް އަދި ކުޅުންތެރިން ވެސް އެކަމާ ދޭތެރޭގައި ވިސްނާ ފަށައިގެނަގެން ރަނގަޅުކުރަން ކުރާ ކަމެއްކަން ގަބޫލުކުރަން ޖެހޭ. އެ ގޮތަށް މަސައްކަތް ކޮށްފިއްޔާ ޓާގެޓަށް ވާސިލްވާން ފަަސޭހަ ވެގެންދާނެ،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާދި ފަހުން ކެމަރޫނާއި ބަންގްލަދޭޝް ކުރެއްވި ދަތުރުގައި ފެނުނު މަންޒަރަކީ އެ ދެ ގައުމުގައި އެކިއެކި ކުޅިވަރުގެ ބައެއް ފެސިލީޓީސް އަށް ވުރެ ރާއްޖޭގައި އެ ކުޅިވަރުގެ ހާލަތު ރަނގަޅުކަން ކަމަށެވެ.

"މިއަދު ވެލީގައި ކުޅެން ޖެހުނީމަ އަޅުގަނޑުމެންނަށް ބޮޑު ކަމަކަށް އެބަވޭ، އެކަމަކު މީގެ ވިސްނަން ޖެހެނީ ހުރި ވަސީލަތެއްގައި ކުރެވެން ހުރި ކަމެއްކޮށްގެން ކުޅިވަރު ކުރިއެރުވުން،" މަހުލޫފް ވިދާޅުވި އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ލީގުގެ ޗެމްޕިއަން ގޮތުގައި 2023/2024 ވަނަ އަހަރުގެ ލީގަށް ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފަ އެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ލީގު ޗެމްޕިއަނުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox