ސިޓީ އަށް ތަށި ދިނީ މީޑިއާ އިން: ގާޑިއޯލާ

Feb 26, 2022, 3:17 AM
ސިޓީ އަށް ތަށި ދިނީ މީޑިއާ އިން: ގާޑިއޯލާ

ލަންޑަން (ފެބްރުއަރީ 26) - މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބިއްޖެކަމަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ބުނަމުން އައީ މީޑިއާ އިން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޑިސެމްބަރާއި ޖެނުއަރީ ތެރޭގައި ސިޓީން ލީގުގެ އެއް ވަނައިގައި ވަނީ 11 ޕޮއިންޓާއި 13 ޕޮއިންޓަށް ވެސް ލީޑުފުޅާކޮށްފަ އެވެ. އެކަމަކު، ފާއިތުވި ހަފްތާތަކުގައި މެޗުތަކުގައި ނަތީޖާ ނުކުތް ގޮތަށް ބަލާއިރު، ސިޓީގެ ލީޑު މިހާރު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 26 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިރޭ ސިޓީން އެވަޓަން ދަނޑުގައި މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި ސިޓީގެ ލީޑު ހަ ޕޮއިންޓަށް ފުޅާކުރެވޭނެ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލުން މި ހަފްތާގައި ޕްރިމިއާ ލީގު ނުކުޅޭނެ އެވެ. އެއީ އެ ޓީމުން ޗެލްސީއާ ދެކޮޅަށް ކުޅޭ ލީގު ކަޕް ފައިނަލް މެޗު މާދަމާރޭ އޮތުމުންނެވެ.

ގާޑިއޯލާ ބުނީ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް އޮތުމުން އެއީ ބޮޑު ކަމެއް ކަމަށް ހަދައިގެން އެ ވާހަކަ ދައްކަނީ މީޑިއާ އިން ކަމަށާއި އޭނާ އަބަދު ވެސް ވިސްނަނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ. އަދި ވަކި ކަމެއް ޔަގީންނުވަނިސް އުފާފާޅުނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ވާހަކަ ވެސް ދައްކަން ޖެހޭ. ތި މީހުން (މީޑިއާ)ގެ ބަޔަކު އަހަރެމެންނަށް މިދިޔަ ޑިސެމްބަރު ނޫނީ ޖެނުއަރީގައި ވެސް ތަށި ދީފި. އެކަމަކު، އަހަންނެއް އެ ވާހަކަތަކުގެ އަޑެއް ނާހަން. ޕްރިމިއާ ލީގުގައި ފާއިތުވި އަހަރުތަކުގައި ކަންތައް ވެފައި އޮތްގޮތަށް ބަލާއިރު ލީޑެއް ގެއްލެން މާ ގިނަ ދުވަސްތަކެއް ނުނަގާނެކަން އެބަހުރި ފެންނަން،" ގާޑިއޯލާ ބުންޏެވެ.

"ލީޑެއް ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް އަހަރެމެން މީގެ ކުރިން ކޮށްފައި ވެސް އެބަހުރި. އެ ފަދަ ޗެލެންޖްތަކެއް މި ހުރީ. އަހަރެމެން ތައްޔާރު،"

ކޮންމެ ފަރަގެއްގައި ވިޔަސް ލީގުގެ އެއް ވަނަ މަގާމުގައި އޮންނަން ހިތްހަމަޖެހޭ ކަމަށާއި ބޭނުން ވަނީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ، ޓީމަށް ކާމިޔާބު ހޯދޭނެ ލެވަލަކަށް ކޮންފިޑެންސް މައްޗަށް ޖައްސާލުމަށް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް ހިތްހަމަޖެހުމަކީ ގަބްރިއެލް ޖީސޫސް އާއި ޖެކް ގްރީލިޝް އަށް ކުޅެވުމެވެ. އަނެއްކޮޅުން ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ އެވަޓަން އަށް ވެސް ވަނީ ހިތްހަމަޖައްސައިލެވޭނެ ހަބަރުތަކެއް ލިބިފަ އެވެ. އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޑޮކޫރޭ އާއި ޑަމަރާއި ގްރޭ ވަނީ ފިޓްވެފަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox