އެމްޑީޕީގެ ސްޕީޑް ދަށްވެއްޖެ، ނުކުމެ މިހުރީ އެކަން ބަދަލުކޮށްލަން: ފައްޔާޒް

Feb 25, 2022, 5:18 PM
އެމްޑީޕީގެ ސްޕީޑް ދަށްވެއްޖެ، ނުކުމެ މިހުރީ އެކަން ބަދަލުކޮށްލަން: ފައްޔާޒް

އެމްޑީޕީގެ އޮޑީގެ ސްޕީޑް ދަށްވެއްޖެ ކަމަށާއި އެމްޑީޕީގެ ހިންގުން ވެސް އޮތީ އެ ޕާޓީގެ ސްޕީޑުގައި ނޫން ކަމަށާއި ނުކުމެ މިހިރީ އެ ހުރިހާ ކަމެއް ބަދަލުކޮށްލަން ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ އަލްއުސްތާޒް ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން އިފްތިތާހުކުރުމަށް ށ. މިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވިދާޅުވުމެއް ކަމަށްވާ "މި އޮޑިއެއް ނުފެތޭނެ، މި އޮޑި ކޮންމެ ކަނޑަކަށް ވެސް ހެޔޮވަރުވާނެ" އަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ އޮޑި މަރާމާތުކުރަން ޖެހިއްޖެ ކަމަށާއި އޮޑީގެ ރިޔާ ސާފުކޮށްލަން ވެސް ޖެހިއްޖެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގެ ދިގު ތާރީހު އެއްކޮށްލާއިރު ވެސް އައިސްފައިނުވާ ބޮޑެތި ބަދަލުތަކެއް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ގެނެސްދިން ޕާޓީ އެއް ކަމަށެވެ. އަދި މިއީ އަނިޔާއަކީ ސަގާފަތަކަށް ވެފައި އޮތް ދުވަސްވަރެއްގައި ނުކުމެ ޖާނާއި މާލުން ގުރުވާންވެ ވެރިންނާ ދިމާލަށް ބޭނުން އެއްޗެއް ބުނުމުގެ ހައްގު ހޯދައިދިން ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ އެ އަނިޔާވެރި ޒަމާން ނިމިއްޖެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ދާދި ފަސޭހައިން އަނިޔާވެރިންނަށް ޖާގަ ލިބުމުގެ ފުރުސަތު އޮތްތަން ކަމަށެވެ.

އެހެންވެ މިއީ ޕާޓީ އަށާއި މުޅި ރާއްޖެ އަށް ވެސް މުހިއްމު ވަގުތެއް ކަމަށާއި މިއީ، އެމްޑީޕީން ހޯދި ކާމިޔާބީތަކާއި ރައްޔިތުން ހޯދި މިނިވަންކަމާއި އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތްވި ސަލާމަތްވުމުން ފުރޮޅި އިހު އޮތްގޮތަށް ބަދަލުވާންވީން ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުތަނަވަސްކަމުގެ ތެރެއިން އޮޑި ދާނެ ދިމާލަކަށް ދާން ދޫކޮށްލަންވީތޯ؟ މި އޮޑިއެއް ނުފެތޭނެ، މި އޮޑި ކޮންމެ ކަނޑަކަށް ވެސް ހެޔޮވަރުވާނެ. (އެކަމަކު) ހަގީގަތަކީ ކޮންމެވެސް ވަރަކަށް އޮޑީގެ ސްޕީޑްދަށްވެއްޖެ. އޮޑި މަރާމާތުކުރަން ޖެހިއްޖެ. މި އޮޑީގެ ރިޔާ ސާފުކޮށްލަން ޖެހިއްޖެ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ކުރިމަތިން ނަގަމުންދާ ކަޅު ވިލާތަކާ ދޭތެރޭ ވިސްނުން ޖެހިފައިވާ ކަމަށާއި މިއީ އެމްޑީޕީގެ ކަންކަން ރަނގަޅަށް ރާވާލަންވީ ވަގުތު ކަމަށެވެ. މި ވަގުތު މަސައްކަތުގެ ސްޕީޑް ބާރުކޮށް ޕާޓީގެ އަސާސްތައް ނަގައްޓަން އިތުރަށް މަސައްކަތްނުކޮށްފި ނަމަ ރައްޔިތުން ހޯދި ކާމިޔާބީތައް ބޭކާރުވެދާނެ ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ހިންގުން އޮތީ ޕާޓީގެ ސައިޒަކު ނޫން. ހައްގުވާ މިންވަރަކު ނޫން. މި ޕާޓީގެ މަސައްކަތް އޮތީ ހަގީގަތުގައި ލަދުވެތިވާން ޖެހޭ ހިސާބެއްގައި،" ފައްޔާޒް ވިދާޅުވި އެވެ.

ނަޝީދަށް އިޝާރާތްކުރައްވައި، ފައްޔާޒް ވިދާޅުވީ ވަކި ގެޔަކަށް ނިސްބަތްނުވާތީ މި ޕާޓީގައި ނޫޅެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ފައްޔާޒް ޓީމު މެމްބަރު ރޮޒޭނާ އާދަމަކީ ކުރިން އެމްޑީޕީއާ ވާދަވެރި ޑީއާރްޕީގެ މެމްބަރަކަށް ވާތީ އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތްކުރައްވައި ވިދާޅުވީ އެހެން ޕާޓީތަކުން އައިސް އިސް މަގާމުތަކަށް ނާދެވެންވީ ސަބަބެއް ވެސް ނެތް ކަމަށެވެ.

ފައްޔާޒް ވިދާޅުވަނީ އޭނާ ކުރިމަތިލަނީ އެމްޑީޕީގެ މިއޮޑި މަރާމާތުކޮށްލާ، ފަޅުވެރިންގެ އޮތް ނުތަވަސްކަން ނައްތާލާ އޮޑިއަށް ކޮއްތު އަރުވާލައިގެން ކައްޕިތާނުންނަށް ކުރިއަށް ދިއުމަށް އޮޑި ތައްޔާރުކޮށްލުމަށް ކަމަށެވެ. އަދި ޗެއާޕާސަންކަމަށް އިންތިހާބުކޮށްދީފި ނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ގެންގޮސް އެކަން ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ޕާޓީ ހިނގަނީ ރަށްރަށުގެ ހަރުގެތަކާއި ގޮފިތައް ރަނގަޅަށް ހިނގީމާ. ޕާޓީގެ މެމްބަރުން ގިނަ ވިޔަސް، ސަރުކާރެއް އޮވެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހެއް އޮވެ ޕާޓީގެ ހަރަކާތެއް ނުހިނގާ އޮތްތަން ތިން އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ. މިއީ ދެރަވާން ޖެހޭ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ގިނަ މީހުން މަޖިލީހާއި ސަރުކާރާއި ކުންފުނިތަކާއި މުއައްސަސާތަކުގައި ތިބުމުން ޕާޓީގެ ހިންގުމަށް ހީނަރުކަން އަންނާނެ ކަން ގަބޫލުކުރާ ކަމަށާއި އެކަމަކު ރާވާލައިގެން ކުރާ ނަމަ މިއަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

"ހިތާމައަކީ މި ވިސްނުން ޕާޓީގެ ތެރޭގައި ނެތުން. އަޅުގަނޑު ނުކުމެ މިހިރީ ތިބޭފުޅުންގެ ރަށްތަކުގެ ޖަގަހަތައް ފިސާރި ރަނގަޅަށް ހިންގާލަން ނުކުމެ،" ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox