ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފި، މަސައްކަތާ މެދު ހިތްހަމަޖެހޭ: ކޯޗު ބާބާ

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ބާބާ: ތިން މެޗާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ބާބާ: ތިން މެޗާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ބައިނަލްއަގުވާމީ މެޗުތަކަށް ތައްޔާރުކުރަން މި ޖެހެނީ އެއްވެސް ލޯކަލް މުބާރާތެއް ނުކުޅެ ކަމަށާއި، ކޯޗެއްގެ ގޮތުގައި އެންމެ ބޮޑު ޗެލެންޖަކީ އެއީ ކަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗު ޑޭވޯ ބާބާ ބުނެފި އެވެ.

ސާބިއާގެ ކޯޗު ބާބާއާ އެކު ގައުމީ އަންހެން ޓީމުން މިހާތަނަށް ވަނީ އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ. މާލޭގައި ކުޅުނު ސިލްސިލާ މެޗުތަކުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ސީޝެލްސް އަތުން 1-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖޭން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު މެޗުގައި ސީޝެލްސް އިން ވަނީ ރާއްޖެ 4-0 އިން ބަލިކޮށްފަ އެވެ. އަދި ފަހު މެޗުގައި ސައުދީ އަރަބިއްޔާ އަތުން ރާއްޖެ ވަނީ ރޭ 2-0 އިން ބަލިވެފަ އެވެ.

އެކުވެރިކަމުގެ މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާއި، މިވީ މަހެއްހާ ދުވަހު ކުރެވުނު މަސައްކަތާއި ގުޅޭގޮތުން ކޯޗު ބާބާ ބުނީ ޓީމުން ހޯދާފައިވާ ކުރިއެރުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ ސައުދީ މެޗުގައި ފެނުނު މައިގަނޑު ތަފާތަކީ 800 ކުޅުންތެރިންގެ ތެރެއިން ފުރޭނިގެން އައި ހުނަރާއި، ފަންސާހަކަށް ކުދިންގެ ތެރެއިން ފުރޭނިގެން އައި ހުނަރުގެ ތަފާތު ކަމަށެވެ.

ބާބާ ބުނީ ރާއްޖޭގައި އަންހެން ފުޓްބޯޅަ ލީގެއް ނެތި ޓީމެއް ތައްޔާރު ކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ.

"އަހަރުމެން ޓީމު ނަގަން މި ޖެހެނީ މުބާރާތަކުން ނޫން، މިހެން އުޅޭއިރު ފެންނަ ރަނގަޅު ކުދިން ގެނެސް އެ ކުދިން ތަމްރީން މި ކުރަނީ. މެޗެއް ނުކުޅެ އެގޮތަށް ތައްޔާރުވާ ކުދިންނާއި މެޗެއް ކުޅެފައި ހުންނަ ކުދިންނާއި ތަފާތުވާނެ." ބާބާ ބުންޏެވެ.

ތިން މެޗަށް ބަލާއިރު ވެސް ރާއްޖޭގެ ކުޅުންތެރިން ފަހު ހާފުގައި އެހާ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށް ބާބާ ގަބޫލުކުރެ އެެވެ. މެޗު ފިޓްނަސް ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ނެތީ ކަމަށް ވެސް ބާބާ ވަނީ ބުނެފަ އެވެ. އެކަން ރަނގަޅު ކުރުމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފްއޭއެމުން ރާވާނެ ކަމަށް ބާބާ އުންމީދުކުރެ އެވެ.

"އަހަރެން މި ތިން މެޗުގައި ސްކޮޑުގައި ހިމެނޭ ހުރިހާ ކުދިންނަށް ފުރުސަތު ދިން މައިގަނޑު ސަބަބަކީ ވެސް އެއީ. ބައިނަލްއަގުވާމީ މެޗެއްގެ އިހުސާސް ދިނުން ކޮންމެ ކުއްޖަކަށް ވެސް. މި މެޗުތަކުން ނަތީޖާއަށް ވުރެ އެކުދިންގެ ކުރިއެރުން އަހަރެން ބަލަން ބޭނުންވީ. އެކަން މި ތިން މެޗުގައި ފެނިއްޖެ،" ބާބާ ބުންޏެވެ.

އޭނާ ބުނީ ޓީމުގެ 85 ޕަސެންޓް ކުޅުންތެރިންނަކީ 22 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން، ވަގުތު ލިބިގެން މި ޓީމާ އެކު މަސައްކަތް ކުރެވިއްޖެނަމަ ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ބާބާ ގަބޫލުކުރެ އެވެ.

ސީޝެލްސް ކޮޅަށް ގޯލު ޖެހުމަށް ފަހު އަންހެން ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބާބާއާ ހަވާލްކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ މި އަހަރުގެ ސެޕްޓެމަބަރު މަހު އޮންނަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ހޯދުމެވެ. މި މުބާރާތަށް ރަނގަޅު ޓީމެއް ތައްޔާރު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބާބާ ވަނީ ބުނެފަ އެވެ.

"އަހަރެެންގެ މަސައްކަތާ މެދު އިތުބާރު އެބައޮތް، މި ކުދިންގެ ހިތްވަރާއި ހުނަރަށް އަހަރެން އިތުބާރު ކުރަން. ހަމައެކަނި ބޭނުންވަނީ ވަގުތު. ސާފްގެ ކުރިން ބޭނުންވާ ވަރަށް ވަގުތު އެބަ ލިބޭ. އެހެންވީމަ ޔަގީންކަން އެބައޮތް މި ޓީމާ މެދު،" ބާބާ ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އަބަދުވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ، ވިހާވެސް ގިނަ ކުޅުންތެރިން ގައުމީ ޓީމްގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން އަންނާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން އެންމެން އެއްކޮށް ޕްރެކްޓިސްކޮށް ރަނގަޅު ސްކޮޑެއް އެކުލަވާލައި ފައިނަލްކުރުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުން ހުނަރުވެރި ކުޅުންތެރިން ހޯދަން އިތުރަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އަންހެން ގައުމީ ޓީމަށް މި ފަހަރު ކުޅުންތެރިން އިތުރުވާން އޮތް އެއް މަގަކީ މި އަހަރު އެފްއޭއެމުން ކުރިއަށްގެންދާ ވިމެންސް އިންވިޓޭޝަން ކަޕް އެވެ. ނައިފަރުގައި ބާއްވާ މުބާރާތް ނިމިފައިވާއިރު، އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ވެސް ބާއްވަން ނިންމައިފަ އެވެ. އަދި. މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެ އެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox