ނަޕޯލީ ކަޓުވާލައި ބާސެލޯނާ ކުރިއަށް

Feb 25, 2022, 2:33 AM
ނަޕޯލީ ކަޓުވާލައި ބާސެލޯނާ ކުރިއަށް

ނޭޕްލްސް، އިޓަލީ (ފެބްރުއަރީ 25) - ޔޫރޮޕާ ލީގުގައި ރޭ ނަޕޯލީ ދަނޑުގައި 4-2 އިން އެ ޓީމު ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭ ނަޕޯލީގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ފުރުސަތު އޮތްއިރު އެ ޖާގަ ހޯދީ ބާސެލޯނާ އިންނެވެ.

ބާސެލޯނާ އިން މެޗުގެ އަށް ވަނަ މިނިޓްގައި ލީޑުނެގީ އަޑަމާ ޓްރައޯރޭ ދިން ބޯޅައަކުން ޖޯޑީ އަލްބާ ޖެހި ގޯލުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ފްރެންކީ ޑި ޔޯން ބާސެލޯނާ އަށް ލީޑުނަގައިދިނީ އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނަޕޯލީ އަށް ވަނީ ވިކްޓަ އޮސީމެއިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެއް ދީފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ލޮރެންޒޯ އިންސީނިއޭ ވަނީ އެ ޕެނަލްޓީން ނަޕޯލީގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން އަލުން ދެ ގޯލަށް ލީޑުފުޅާކުރި އެވެ. މެޗުގެ 45 ވަނަ މިނިޓްގައި އަލްބާ ނެގި ހުރަހަކުން ޖެރާޑް ޕީކޭ ވަނީ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 59 ވަނަ މިނިޓްގައި ޓްރައޯރޭ ހުސްކޮށްލާފައި އޭރިއާތެރެއިން ޕިއޭ އެމެރިކް އޮބާމަޔަން އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ބާސެލޯނާގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ނަޕޯލީގެ މަޓެއޯ ޕޮލިޓާނޯ ވަނީ ގޯލެއް ޖަހައިފަ އެވެ. އިތުރު ގޯލެއް ޖަހަން ނަޕޯލީން ކުރި މަސައްކަތް ކާމިޔާބެއްނުވެ، 5-3 ގެ އެގްރިގޭޓުން ބަލިވެ، އެ ޓީމު ކެޓީ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ޕޯޓޯ އާއި ލާޒިއޯ 2-2 އިން އެއްވަރުވެ، ޕޯޓޯ އަނެއް ބުރަށް ދިޔައީ އެގްރިގޭޓުން ކުރިހޯދައިގެންނެވެ. ރޭންޖާސް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ މެޗު ވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭންޖާސް އަށް ކުރި ލިބުނީ 6-4ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް ދަނޑުގައި 1-0 އިން ސެވިއްޔާ ބަލިވި ނަމަވެސް 3-2 ގެ އެގްރިގޭޓުން ކުރި ލިބުމުން އަނެއް ބުރުގެ ފުރުސަތު ލިބުނީ ސެވިއްޔާ އަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox