ރަޝިއާއިން ބޭނުންވަނީ ޔޫކްރެއިން ސަރުކާރުގެ ބޯބުރިކޮށްލަން: އެމެރިކާ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭޕީ

ވޮޝިންޓަން، އެމެރިކާ (ފެބްރުއަރީ 24) - ރަޝިއާއިން ޔޫކްރެއިނަށް އަރައިގެން އުޅެނީ ވެރިރަށް ކިޔެވް ހިފައި، ސަރުކާރު ބަދަލު ކުރުމުގެ ބޭނުމުގައި ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލަކު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާއިން ހަމަލާ ދޭން ފެށުމަށް ފަހު ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި 100 މިސައިލް ލޯންޗު ކުރި ކަމަށެވެ.

ނަން ހާމަނުކޮށް ވާހަކަދެއްކެވި އޮފިޝަކް ވިދާޅުވީ ހަމަލާގެ ފުރަތަމަ މަރުހަލާގެ އަމާޒަކީ މުހިއްމު ސިޓީތައް ހިފުން ކަމަށާއި ޕެންޓަގަންއިން ގަބޫލުކުރާ ގޮތުގައި އެއަށްފަހު ވެރިރަށް ކިޔެވް ވެސް ހިފާނެ ކަމަށެވެ.

"އެ މީހުންގެ ބޭނުމަކީ ސަރުކާރުގެ ބޯބުރިކޮށް، އެ މީހުންނަށް ކަމުދާ ވައްތަރެއްގެ ސަރުކާރެއް ވެރިކަމަށް ގެނައުން،" އޮފިޝަލް ވިދާޅުވި އެވެ.

ބޯޑަރު ހުރަސްކޮށް ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ސިފައިން ކަމެއް ހާމައެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ގައުމެއް ފުރިހަމައަށް ހިފަން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާ."

"މިކަހަލަ ގޮތަކަށް އެއް ދައުލަތުން އަނެއް ދައުލަތަށް ހަމަލާދޭ މަންޒަރު ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އަޅުގަނޑުމެންނަށް ނުފެނޭ. ހަމަ ޔަގީނުން ވެސް މި ޒާތުގެ މިހާ ބޮޑު ހަމަލާއެއް ނުފެނޭ."

ޔޫކްރެއިންގެ ތިން ދިމާލަކުން ރަޝިއާ ސިފައިން ކުރިއަށްދާ އިރު، އަމާޒަކީ އާބާދީ ގިނަ ތަންތަން ހިފުމެވެ.

އެންމެ ފުރަތަމަ ރަޝިއާ ސިފައިން ޔޫކްރެއިނަށް ވަނީ ރަޝިއާއިން ހިފައިގެން އުޅޭ ކްރައިމިއާއާ ދިމާލުންނެވެ. އެ ޔުނިޓުގެ މިސްރާބު ހުރީ ދެކުނުގައި އޮންނަ ހާސަން ސިޓީ އެވެ.

ރަޝިއާ ސިފައިންގެ ދެ ވަނަ ޔުނިޓު އެތެރެވީ ބެލަރޫސްގެ ބޯޑަރު ހުރަސްކޮށް އުތުރުންނެވެ. އެ މީހުންގެ ކުރިއަށް ދަނީ ކިޔެވްއާ ދިމާލަށެވެ.

ތިން ވަނަ ޔުނިޓު ޔޫކްރެއިނަށް ވަނީ އިރުއުތުރުން ހާރްކިވް ސިޓީ ހިފުމަށެވެ. އޮފިޝަލް ވިދާޅުވީ މިހާތަނަށް އެންމެ ބޮޑެތި ހަމަލާތައް ފެނުނީ ހާރްކިވް އިން ކަމަށެވެ.

އެހެން ނަމަވެސް ޔޫކްރެއިންގެ ހުޅަނގަށް ރަޝިއާ ސިފައިން ވަދެފައި ނުވާކަން އޮފިޝަލް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ބްލެކް ސީއާ ދިމާލުން ޔޫކްރެއިންގެ ދެކުނުން ވެސް ހަމަލާއެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ޔޫކްރެއިން ސިފައިންގެ ކޮމާންޑާއި ކޮންޓްރޯލް ފެސިލިޓީތަކާއި އާއްމު މުއާސަލާތާ ގުޅޭ ތަންތަނަށް އެއްވެސް ހަމަލާއެއް ދީފައި ނުވާ ކަމަށެވެ.

"އާއްމު މުއާސަލާތުގެ ހިދުމަތާއި މީޑިއާގެ ހިދުމަތް އަދިވެސް ލިބޭ އަދި އޮތީ އެކްޓިވްކޮށް."

ޔޫކްރެއިންގެ އަސްކަރިއްޔާއަށް މިހާތަނަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަންދާޒާ ކުރާކަށް ނޭނގެ އެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އަސްކަރިއްޔާއިން ދަނީ އަމިއްލަ ދިފާއުގައި ނުކުމެ ހަނގުރާމަ ކުރަމުން."

ރަޝިއާގެ ވައިގެ އުޅަނދުތަކެއް ވައްޓާލި ކަމަށް ޔޫކްރެއިނުން ބުނި ނަމަވެސް، އެ ވާހަކަ ކަށަވަރު ނުކުރެވޭ ކަމަށް ޕެންޓަގަން އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox