ތަހުގީގުގެ ދޯހަޅިކަމުން ބިދޭސީން ހިންގި މާރާމާރީއެއް ސާބިތުނުވި

ތަހުގީގުގެ ދޯހަޅިކަމުން ބިދޭސީން ހިންގި މާރާމާރީއެއް ސާބިތުނުވި

މަހްބޫބް އާލަމް ކިޔާ ބިދޭސީއެއްގެ މެޔަށާއި، ބަނޑަށާއި، އަތަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މާރާމާރީގެ ތަހުގީގު ދޯހަޅިކަން ފާހަގަކޮށް، އެ މައްސަލަ ސާބިތު ނުވާ ކަަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އޭއެމްޑީސީ ކައިރީ ހުންނަ ބަންޑާރަ ހޮޓަލުގައި މަހްބޫބް އާލަމް އިންދާ، އޭނާގެ ގިރުވާނުގައި ހިފައިގެން ދަމާފައި ގެންގޮސް ހަ އިންޗީގެ ވަޅިއަކުން ހަމާލާދީ ހިންގި އެ މާރާމާރީއާ ގުޅިގެން ދައުވާ އުފުލާފައި ވަނީ ބަގްލަދޭޝް ރައްޔިތެއް ކަމަށްވާ ރުބެލް ހޮސެއިންގެ މައްޗަށެވެ.

ބިރު ދެއްކުމާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާ އޭޕްރީލް 26، 2019 ގައި އުފުލި އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނުތާ ތިން އަހަރުވާން ކައިރިވެފައި ވަނިކޮށް، ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްޔެ ކުރެއްވި ހުކުމުގައި ވަނީ އެ މާރާމާރީ، ދައުވާ ލިބޭ ފަރާތާ ގުޅުވާލެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ހޯދިފައި ނުވާކަން ވަރަށް ތަފްސީލުކޮށް ފާހަގަކުރައްވާފަ އެވެ.

އެ ގޮތުން އެ މާރާމާރީ ހިންގި ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު، އޭގެން އެއްވެސް ފިންގާޕްރިންޓެއް ލިބުނުކަން ނުވަތަ ނޫން ކަންވެސް އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ވަޅިން ނެގި ޑީއެންއޭ ޕްރޮފައިލް އިން އަނިޔާ ލިބުނު ފަރާތުގެ ޑީއެންއޭ ލިބުނު އިރު، އެ ހަމަލާދިން މީހާއާ ގުޅުންހުރި އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައި ނުވާކަންވެސް ހުކުމުން އެނގެން އޮވެ އެވެ. އެހެންވެ، ހަތިޔާރު ބޭނުންކުރީ ދައުވާ ލިބޭ މީހާކަން ސާބިތު ނުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

"...ކުށުގެ އަމަލާ ގުޅުންހުރި އެއްވެސް ތަނަކުން އަދި އެއްވެސް އެއްޗަކުން ދައުވާ ލިބޭ މުހައްމަދު ރުބެލް ހޮސެއިންއާ ގުޅޭ އެއްވެސް ފޮރިންސިކް ހެއްކެއް ލިބިފައިވާކަން އެނގޭކަށް ނެތެވެ،" ހުކުމުގައި ބުންޏެވެ.

އެ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރާ ރޮބެލް އެދުވަހު ލައިގެން ހުރީ ހުދުކުލައިގެ ޓީޝާޓެއް ކަމަށާއި، އޭގައި ލޭ ހޭކިފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ޓީޝާޓުވެސް ހޯދިފައިނުވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އެ ޓީޝާޓު ހޯދުނު ނަމަ، އޭގައި ހޭކިފައިވާ ލޭގެ ޑީއެންއޭ ތަހުލީލުކޮށް، އަނިޔާ ލިބުނު ފަރާތުގެ ޑީއެންއޭ ޕްރޮފައިލްއެއް ލިބުނު ނަމަ، މި މައްސަލަ ސާބިތުވުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.

"މި މައްސަލާގައި ހާދިސާ ހިނގި މާލެ / މ. މޫންޑްރިޕްސް ގޭގައި ހިންގަމުންދާ ބާންޑާރަ ހޮޓަލުގައި ދައުވާ ލިބޭ މުހައްމަދު ރޮބެލް ހޮސެއިން ހުރި ހުރުން ފިޔަވައި ކުށުގެ އަމަލާ އޭނާއާ ގުޅުވާދޭނީ ކިހިނަކުންކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވޭ،" އެ ކުށުގެ އުންސުރުތައް ފުރިހަމަނުވާތީ، އެ މައްސަލަ ސާބިތު ނުވާ ކަމަށް ގާޒީ ފާއިޒް ނިންމެވި އެވެ.

ކިތާބީ އެ ހެކިތަކުގެ އިތުރުން އެ ހާދިސާ ހިނގިއިރު އެތަނުގައި ހުރި މީހެއް ކަމަށް ބުނެ، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ ފުލުހަށް ދިން ބަޔާނާ، ޝަރީއަތުގައި ދެއްކި ވާހަކައިގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އަދި އެމީހާއަށް އަނިޔާ ލިބުނު މީހާ ވަކިކުރަން ނޭނގޭ ކަމަށްވެސް އެ ނިންމުމުގައި ވެއެވެ. އަދި އެ ހާދިސާ ދިރާސާ ކުރުމުގެ ތެރެއިން، އޭނާ ރާއްޖެއަށް އެތެރެވެފައި ވަނީ ގާނޫނީ އިމުގެ ބޭރުން، ވަގު ޕާސްޕޯޓެއްގައިކަންވެސް ފާހަގަވެފައިވާ ކަމަށް ވެއެވެ.

އެ މައްސަލަ ސާބިތު ކުރެވުނު ނަމަ، 10 -15 އަހަރުގެ ހުކުމެއް ރޮބެލްގެ މައްޗަށް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox