އަތޮޅު ވޮލީ މުބާރާތުގެ ފައިދާކުރާނީ ގައުމީ ޓީމަށް: ރަނޭ

ސްރީ ލަންކާއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސްރީ ލަންކާއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަންނަ މަހު ފަށަން މަސައްކަތް ނިންމާފައިވާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިދާކުރާނީ ގައުމީ ޓީމަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެ އެެެވެ.

ވީއޭއެމުން ނިންމާފައި އޮތީ އެ އެސޯސިއޭޝަންގެ ޓެކްނިކަލް އެހީއާ އެކު، އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ.

އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ. އަތޮޅު މުބާރާތުގެ އެންމެ ބޮޑު ފައިދާ އަކީ އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޮތުމެވެ.

ރަނޭޝް، "އަދަދު" އަށް ވިދާޅުވީ މީގެ ކުރިން އަތޮޅު މުބާރާތް ކުޅެވިފައި އޮތް ގޮތަކީ މުބާރާތް ކުޅެލާފައި ޒޯން ޗެމްޕިއަނެއް ނަގާފައި ނިންމާލަނީ ކަމަށެވެ. އަދި އެ މުބާރާތުން އަންނަ ކުޅުންތެރިން ވެސް އަދި ކްލަބެއް ވެސް ކުރިއަށް ދެވޭނެ ސީދާ ސިސްޓަމެއް ނެތްކަން ރަނޭޝް ފާހަގަކުރެއްވި އެވެ. އެންމެ މޮޅު ގޮތަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވެސް އަތޮޅުތަކުގެ ޓީމުތަކަށް ކުޅެވޭނެ އުސޫލެއް އޮތުން ކަމަށާއި އެކަން މި ފަށާ އަތޮޅު މުބާރާތުން ކުރެވޭނެ ކަމަށް ރަނޭޝް ގަބޫލުކުރައްވަ އެވެ.

"އަތޮޅު މުބާރާތް މި ފަށަނީ އެކި ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިން ހޯދައި ގައުމީ މުބާރާތުގެ ތެރެއަށް ވެއްދޭނެ ގޮތެއް ހޯދަން. އެ ގޮތަށް ބަލާއިރު މި ޖެހެނީ ވަށައިޖެހޭ ސިސްޓަމެއް ގާއިމްކުރަން،" ރަނޭޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން (ވީއޭއެމްގެ މިހާރު އޮތް ލީޑަޝިޕް) އައިސް ވިސްނީ ގައުމީ ޓީމަށް ކުޅުންތެރިން ބޭނުންވެފައި އޮތުމާއި އަބަދުވެސް އަތޮޅު ތެރޭގެ ކުދިން ގައުމީ ޓީމުގައި ގިނައިން އުޅޭތީ ޓެލަންޓް އޮތީ އަތޮޅު ތެރޭގައި ކަން އެނގޭތީ އެ ކުދިން ގެނެސް އެ ކުދިން ގެންގުޅެވޭނެ ގޮތެއް މަގުފަހިކޮށްދޭން،"

ރަނޭޝް ވިދާޅުވީ އަތޮޅު މުބާރާތުން ކުޅުންތެރިން ފާހަގަވާނެ ކަމަށް ބަލައި އޭނާ ހިސާބު ޖެހިއިރު، ރާއްޖޭގެ ހުރިހާ ރަށަކުން 14 ކުޅުންތެރިންގެ ޓީމެއް ހަދައިިފިނަމަ އޭރުން ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕުން 2646 ކުޅުންތެރިން ފެންނާނެ ކަމަށެވެ.

"އޭގެ ތެރެއިން ފުރޭނިގެން ގައުމީ ޓީމަށް ކްރީމް އޮފް ދި ކްރީމް ނެގޭނެ ގޮތެއް ހޯދަން ބޭނުމީ. އަތޮޅު ލެވަލްގެ މުބާރާތްތަކެއް ކުޅެވި، ޒޯން މުބާރާތެއް ވެސް ކުޅެގެން މި (ހުނަރުވެރި) ކުޅުންތެރިން ލިބެން މި އަންނަނީ،" ރަނޭޝް ވިދާޅުވި އެވެ.

"މިހެން މުބާރާތް ބޭއްވުމުުގެ އެންމެ ބޮޑު ފައިދާއެއް މި ކުރަނީ އަޅުގަނޑުމެން އެ ބަޔަކަށް ފަހުރުވެރިވާ ގައުމީ ޓީމަށް އެއީ ގައުމީ ޓީމަށް. އެ އަށް ބޭނުންވާ ކުޅުންތެރިން އައިޑެންޓިފައި ކުރުން ހަގީގަތުގައި މި މުބާރާތުގެ މައިގަނޑުގެ މަގުސަދަކީ،"

މި މަހު ކުރީކޮޅުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ގައުމީ ޓީމުގައި އެއްވެސް ލޯކަލް، ގައުމީ ފެންވަރުގެ މުބާރާތެއް ނުކުޅެ ތިބި ކުޅުންތެރިން ތިބުމުން ގިނަ ބަޔަކު ވަނީ އެ ވާހަކަ ދައްކައިފަ އެވެ. ރަނޭޝް ވިދާޅުވީ އަތޮޅު މުބާރާތަކީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކަށް ގައުމީ ޓީމަށް އަންނަން "ކޮށައިދެވޭ މަގެއް" ކަމަށެވެ.

"މި މުބާރާތް ފެށުމާ އެކު އެއްވެސް އަތޮޅެއްގައި ވޮލީ ކުޅެން ބޭނުންވާ އެއްވެސް ކުޅުންތެރިއަކަށް ވޮލީ ކުޅުމުގެ ފުރުސަތަކުން މަހުރޫމެއް ނުވާނެ. އެ ކުދިންނަށް ޕްލެޓްފޯމެއް މި ލިބެނީ ދިވެހިރާއްޖޭގެ ވޮލީގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލަން،" ރަނޭޝް ވިދާޅުވި އެވެ.

ރަނޭޝް ވިދާޅުވީ އަތޮޅު މުބާރާތުން ރަނގަޅު ކުޅުންތެރިން ފެނިއްޖެނަމަ ވީއޭއެމުން މިހާރު ފަށާފައި އޮތް ގައުމީ ވޮލީބޯލް އެކްސަލަންސް ޕްރޮގްރާމަށް ނަގާނެ ކަމަށެވެ. އަދި މުބާރާތުން ފެންނަ ކުޅުންތެރިއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ވީއޭއެމްގެ ޓެކްނިކަލް ޓީމަށް ފާހަގަކުރެވިއްޖެނަމަ އެ ކުޅުންތެރިއަކު ސީދާ ގައުމީ ސްކޮޑަށް ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރަނޭޝް ވިދާޅުވި އެވެ.

"ރަނގަޅު ވިއްޔާ ޑައިރެކްޓްކޮށް ގައުމީ ޓީމަށް ވެސް ނެގިގެންދާނެ. އެ ކުޅުންތެރިއާގެ ކަންކަން ހަމަޖެހިގެންދާއިރު ގްރޭޓާ މާލެ އޭރިއާ އިން ވަޒީފާ ވެސް ހަމަޖެހިގެންދާނެ ކަމަށް މި ބަލަނީ،" ރަނޭޝް ވިދާޅުވި އެވެ.

ވީއޭއެމުން އެކުލަވާލާފައިވާ އަތޮޅު މުބާރާތުގައި ކުޅުންތެރިންނަށް ކުޅެވުމުގެ އުސޫލަށް ބަލާއިރު، އަތޮޅު މުބާރާތުގައި ކުޅުންތެރިއަކަށް ކުޅެވޭނީ އެ ކުޅުންތެރިއަކު ރަޖިސްޓްރީވެފައިވާ އަތޮޅެއްގެ ރަށަކަށެވެ. އަންހެނުން ނިސްބަތްވާ ރަށް ކަމުގައި ވިޔަސް އެ ކުޅުންތެރިއަކު ރަޖިސްޓްރީވެފައި ނެތް އަތޮޅެއްގައި ނުކުޅެވޭނެ އެވެ.

އެހެން ނަމަވެސް ޒޯން މުބާރާތުގައި ކުޅުންތެރިންނަށް ފުރުސަތު އިތުރު ކުރުމާއި މުބާރާތުގެ ތެރެއިން ޓްރާންސްފާ އާއި އެހެނިހެން ފޯރި ވެސް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކޮންމެ ޓީމަކަށް ވެސް އެ އަތޮޅަކަށް ނިސްބަތް ނުވާ ޒޯނަކުން އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނޭނެ އެވެ. މާނަ އަކީ ޓީމުތަކުން ފުރުސަތު ލިބޭ ކުޅުންތެރިންނަށް ޒޯން ބުރުގައި ގިނަ ވެގެން ދެ ޓީމަށް ކުޅުމުގެ ޖާގަ އޮތުމެވެ. އެއް ކުޅުންތެރިއަކަށް ގިނަވެގެން ކުޅެވޭނީ ދެ ޒޯނުގަ އެވެ.

މީގެ އިތުރުން ޒޯން މުބާރާތުގައި އެ ޒޯނަކަށް ނިސްބަތްވާ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ. މިސާލަކަށް ޒޯން އެކެއްގެ ޗެމްޕިއަން ޓީމަށް އެ ޒޯނުގެ ކޮންމެ ރަށަކުން ވެސް ކުޅުންތެރިއަކު ނެގިދާނެ އެވެ. އެކަމަކު، އެ ޒޯނުން ބޭރުން ޖެހޭނީ އެންމެ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox