ބޮޑު މޮޅަކާ އެކު ލިވަޕޫލުން މެންޗެސްޓާ ސިޓީގެ ލީޑުކުޑަކޮށްފި

Feb 23, 2022, 10:08 PM
ބޮޑު މޮޅަކާ އެކު ލިވަޕޫލުން މެންޗެސްޓާ ސިޓީގެ ލީޑުކުޑަކޮށްފި

ލިވަޕޫލް (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 6-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ލީޑު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. މިރޭގެ މޮޅާ އެކު ލިވަޕޫލް ދެ ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ހަތަރެއްގައި އޮތީ 26 މެޗުން 46 ޕޮއިންޓާ އެކު އެވެ. ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް މިރޭ ވަނީ ރެލިގޭޝަނުގައި އޮތް ބާންލީ އަތުން 1-0 އިން ބަލިވެފަ އެވެ. ޓޮޓެންހަމް އަށް ވަނައިގައި އޮތީ 24 މެޗުން 39 ޕޮއިންޓާ އެކު އެވެ.

ލިވަޕޫލް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 15 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ މުހައްމަދު ސަލާހު ޖެހި ޕެނަލްޓީންނެވެ. މިއީ އެންޑީ ރޮބަޓްސަން ނެގި ހުރަހެއް ލީޑްސްގެ ސްޓުއާޓް ޑަލަސް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ލީޑްސްގެ ރަފީނިއާ އެއްވަރުކޮށްދޭން ޖެހި ގޯލު ވަނީ އޮފްސައިޑްވެފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ސަލާހު ދިން ބޯޅައަކުން ޖޮއެލް މަޓިޕް ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ސަލާހު ވަނީ ދެ ވަނަ ޕެނަލްޓީއެއް ކާމިޔާބުކޮށް ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ސަޑިއޯ މާނޭ އަށް ލީޑްސްގެ ކެޕްޓަން ލޫކް އެއިލިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގައި ލިވަޕޫލްގެ ފަހު ތިން ގޯލު ޖެހީ އިތުރު ވަގުތު ހިމެނޭ ގޮތަށް މެޗުގެ ފަހު 13 ވަރަކަށް މިނިޓް ތެރޭގަ އެވެ. ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޖޯޑަން ހެންޑަސަން ދިން ބޯޅައަކުން މާނޭ މެޗުގެ 80 ވަނަ މިނިޓްގައި ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހިއިރު، 90 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި މާނޭ އިތުރު ގޯލެއް ޖެހި އެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ވާޖިލް ވެން ޑައިކް ލިވަޕޫލްގެ ހަ ވަނަ ގޯލު ޖެހީ ރޮބަޓްސަން ނެގި ކޯނަރަކުން ބޮލުންނެވެ.

ރޯއީ ހޮޖްސަން ކޯޗުކޮށްދޭ ވަޓްފޯޑް އަތުން އޭނާ ކުރިން މަސައްކަތްކުރި ކްރިސްޓަލް ޕެލަސް ވަނީ 4-1 އިން މޮޅުވެފަ އެވެ. ކްރިސްޓަލް ޕެލަސްގެ ގޯލުތައް ޖެހީ ވިލްފްރިއެޑް ޒަހާ ދެ ގޯލާއި ޖިއާން މިކޭލް މަޓޭޓާ އަދި ކޮނާ ގަލަގާ އެވެ. ވަޓްފޯޑްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ސިސޯކޯ އެވެ.

ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ ބަލިކުރި ޓޮޓެންހަމަށް މިރޭ ބާންލީގެ ޑިފެންސް ފޫއަޅުވައިނުލެވުނެވެ. ބާންލީ މޮޅުކޮށްދިން ގޯލު ޖެހީ އެ ޓީމުގެ ފަހަތަށް ކުޅޭ ބެން މީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox