ޓޮޓެންހަމްގެ ހާލަތު އޮތްގޮތުން މުސާރަ ނަގަން ވެސް ކޮންޓޭ ބޭނުމެއް ނޫން

Feb 24, 2022, 5:44 AM
ޓޮޓެންހަމްގެ ހާލަތު އޮތްގޮތުން މުސާރަ ނަގަން ވެސް ކޮންޓޭ ބޭނުމެއް ނޫން

ލަންޑަން (ފެބްރުއަރީ 24) - ޓޮޓެންހަމް ހޮޓްސްޕާސްގެ މި ވަގުތުގެ ހާލަތު އޮތްގޮތުން އެ ކްލަބުން އޭނާ އަށް ދެމުން އަންނަ މުސާރަ ނަގަން ވެސް ބޭނުންނުވާ ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޓޮޓެންހަމް ހަތަރު މެޗުން ވަނީ ބަލިވެފަ އެެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ ދަނޑުގައި ޓޮޓެންހަމް މޮޅުވި ނަމަވެސް ރޭ ވަނީ ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ ދަނޑުގައި 1-0 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު ކޮންޓޭ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ކޮންޓޭ ބުނީ ބާންލީ އަތުން ބަލިވި މެޗުގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. އަދި މި ވަގުތުގެ ހާލަތަކީ ޓޮޓެންހަމް މި އޮތީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި ބަލިވެފައި ކަމަށެވެ.

"ބައެއް މީހުން އެބަ ވާހަކަ ދައްކާ އަހަރެމެން ގަަދަ ހަތަރެއްގެ ރޭހުގައި އޮތް ވާހަކަ. އެކަމަކު، އަހަންނަށް އެ ވާހަކަ ޝައުގުވެރިއެއް ނޫން. އެންމެ ފަހުން ކުޅުނު ފަސް މެޗުން ހަތަރު މެޗުން ވީ ބަލި. އަހަރެމެންގެ އެ ފޯމަށް ބަލާއިރު ރެލިގޭޝަންގެ ވާހަކަ ދެއްކުން ވެސް ރަނގަޅު. އެއީ ހަގީގަތަކީ،" ލީގުގެ އަށް ވަނައިގައި ޓޮޓެންހަމް އޮތް ނަމަވެސް އެ ޓީމުގެ ލެވަލް ދަށްކަމަށް ދޭހަކޮށް ކޮންޓޭ ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި ކޮންޓޭ ބުނީ އެ ކްލަބަށް އެންމެ ރަނގަޅު ކޯޗަކީ އޭނާ ކަމަށް ނުވެދާނެ ކަމަށެވެ. އެ ގޮތަށް ޓޮޓެންހަމް މެނޭޖްމަންޓަށް ގަބޫލުކުރެވިއްޖެނަމަ ޓީމު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

"މިހާރު މި އޮތް ހާލަތުގައި މި ފޯމުގައި މި ގޮތަށް ޓީމު ކުޅޭތީ އަހަރެން މުސާރަ ނަގަން ވެސް ބޭނުމެއް ނޫން،" ހިތްހަމަނުޖެހިފައި ހުރެ ކޮންޓޭ ބުންޏެވެ.

ކޮންޓޭ މިދިިޔަ ސީޒަނުގައި އިންޓަ އަށް 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު ކުއްލި ގޮތަކަށް އެ ޓީމު ދޫކޮށްލީ މެނޭޖްމަންޓާ އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު އެވެ.

ޓޮޓެންހަމް މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އަށް ވަނައިގައި އޮތީ ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުން ކުޅެ، ހަތް ޕޮއިންޓް މަދުން ހޯދައިގެންނެވެ. ކޮންޓޭ ބުނީ ހާލަތު ބަދަލުކުރަން ޓޮޓެންހަމް އިން ކުރާ މަސައްކަތުގައި އެންމެން އެކުގައި ޒިންމާ ނަގަން ދަސްކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox