ޔޫކްރެއިން މައްސަލަ: ރަޝިއާއިން ބުނީ ފިޔަވަޅުތަކުގެ އަސަރު އެމެރިކާ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް

ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެނެޓޮލީ އެންޓޮނޯވް.

ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެނެޓޮލީ އެންޓޮނޯވް.

ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅިތަކުގެ އަސަރު ދުނިޔޭގެ މާކެޓަށް ކުރާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން އެމެރިކާ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެނެޓޮލީ އެންޓޮނޯވް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ރަޝިއާގެ ހާރިޖީ ސިޔާސަތު ބަދަލު ނުކުރެވޭނެ ކަމަށާއި އެމެރިކާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ނޭދެވޭ އަސަރު ދުނިޔޭގެ މާލީ އަދި ހަކަތައިގެ މާކެޓަށް ކުރާނެ."

އެންޓޮނޯވް އިންޒާރު ދެއްވި ގޮތުގައި އެމެރިކާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބެލެވެނީ ދުނިޔޭގެ މާކެޓުގައި އަގުތައް އުފުލެން ފެށުމުން، އެމެރިކާގެ މާކެޓުގައި ވެސް ތަކެތީގެ އަގުތައް އުފުލޭނެތީ އެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ރަޝިއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށޤ ކުރާނެ ސީދާ ގެއްލުމަކީ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ރައީސް ޖޯ ބައިޑެން ވެސް ވިދާޅުވެފައި ވަނީ ފިޔަވަޅު އެޅުމުން އެމެރިކާގައި ހަކަތައިގެ އަގުތައް އުފުލުން އެކަށީގެންވާ ކަމަށެވެ.

"އެމެރިކާގެ ރައްޔިތުންނަށް ވިސްނޭ ކަމަކީ ޑިމޮކްރަސީ އާއި މިނިވަންކަން ދިފާއު ކުރުމުގެ އަގެއްވާކަން. މިއީ އެއްވެސް ތަދަކާ ނުލައި ހާސިލް ކުރެވޭނެ ކަމަކަށް ހަދައި އޮޅުވާލައިގެން އަޅުގަނޑު ނޫޅޭނަން،" ބައިޑެން ވިދާޅުވި އެވެ.

ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް

އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ދަށުން ހުޅަނގުގެ އެއްވެސް މާލީ އިދާރާއެއް މެދުވެރިކޮށް ރަޝިއާއަށް ފައިސާއެއް ނުލިބޭނެ އެވެ. އޭގެ އިތުރުން ރަޝިއާގެ "އެލީޓް" ފަރުދުންނަށް ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

އޭގެ ކުރިން އެމެރިކާއިން ވަނީ ޑޮނެސްކް އަދި ލުހާންސްކްގައި އެމެރިކާގެ އެއްވެސް ކުންފުންޏަކުން ވިޔަފާރި ކުރުން މަނާކޮށްފަ އެވެ.

އިނގިރޭސިވިލާތާއި އީޔޫއިން އެޅި ފިޔަވަޅުތަކުގެ ދަށުން ރަޝިއާގެ ބޭންކުތަކާއި ވަކިވަކި ބައެއް ފަރުދުންނަށް ވެސް އަސަރު ކުރާނެ އެވެ.

އެގޮތުން ލުހާންސްކް އާއި ޑޮނެސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަ ވޯޓު ދިން ރަޝިއާގެ 351 ޕާލިމެންޓް މެމްބަތުންނަށް ޓާގެޓު ކުރާނެ އެވެ. އޭގެ އިތުރުން އެ ނިންމުމުގައި ބައިވެރިވުން ހިމެނޭ 27 ފަރުދުންނާއި އިދާރާ އާއި ކުންފުންޏަށް ވެސް ޓާގެޓް ކުރާނެ އެވެ.

އިނގިރޭސިވިލާތުން ރަޝިއާގެ ފަސް ބޭންކެއްގެ އެސެޓް ހިފަހައްޓާފައިވާ އިރު، ރަޝިއާގެ ތިން ބިލިއަނަރުންނަށް އިނގިރޭސިވިލާތަށް އެތެރެވުން މަނާވާނެ އެވެ. ކެނެޑާ، ޖަޕާން އަދި އޮސްޓްރޭލިއާއިން ވެސް އެޅީ އެފަދަ ފިޔަވަޅުތަކެވެ.

ޖަރުމަނުވިލާތާއި ރަޝިއާ ގުޅިގެން ހިންގާ ނޯޑް ސްޓްރީމް 2 ގޭސް ހޮޅީގެ މަސައްކަތް މެދުކަނޑާލާފައިވާ އިރު، ޔޫޜަޕަށް ބޭނުންވާ ގޭސް ހޯދަން ބަރޯސާވަނީ ރަޝިއާއަށެވެ. ދިހަ ބިލިއަން ޔޫރޯގެ އެ ޕްރޮޖެކްޓް ހުއްޓާލި އިރު، އޮތީ ގާތްގަނޑަކަށް އެއްކޮށް ނިމި ގޭސް ސަޕްލައި ކުރަން ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox