ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ފެނިގެން ހުށަހަޅާ މައްސަލަތައް އިތުރުވަނީ

ގެވެށި އަނިޔާ ކުރުމުން ދަރިންނަށް އޭގެ ނޭދެވޭ އަސަރު ދައްކުވައިދޭ ފޮޓޯއެއް: ކަންބޮޑުވާން ޖެހޭ މައްސަލައަކީ މިދިޔަ ފަސް އަހަރުތެރޭ އެއް އަހަރަށްވުރެ އަނެއް އަހަރު ހުށަހެޅޭ މިފަދަ މައްސަލަތައް އިތުރުވާ ކަމަށް-- ފޮޓޯ: ދަ އޭޝިއެން ޕޭރެންޓް

ގެވެށި އަނިޔާ ކުރުމުން ދަރިންނަށް އޭގެ ނޭދެވޭ އަސަރު ދައްކުވައިދޭ ފޮޓޯއެއް: ކަންބޮޑުވާން ޖެހޭ މައްސަލައަކީ މިދިޔަ ފަސް އަހަރުތެރޭ އެއް އަހަރަށްވުރެ އަނެއް އަހަރު ހުށަހެޅޭ މިފަދަ މައްސަލަތައް އިތުރުވާ ކަމަށް-- ފޮޓޯ: ދަ އޭޝިއެން ޕޭރެންޓް

ގެވެށި އަނިޔާ ކުރާތަން ކުއްޖަކަށް ދައްކައިގެން ނުވަތަ ފެނިގެން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފަސް އަހަރު ތެރޭ ޖުމްލަ 353 މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ 2017 އިން 2021 އަަށެވެ.

ކަންބޮޑުވާން ޖެހޭ ކަމަކީ މިދިޔަ ފަސް އަހަރު ތެރޭ އެއް އަހަރަށްވުރެ އަނެއް އަހަރު ހުށަހެޅޭ މިފަދަ މައްސަލަތައް އިތުރުވާ ކަމެވެ.

ޖެންޑާގެ ތަފާސްހިސާބު:

2017: ޖުމްލަ 47 މައްސަލަ، އޭގެ ތެރޭގައި ހިމެނެނީ 30 ފިރިހެން ކުދިންނާއި 17 އަންހެން ކުދިން.

2018: ޖުމްލަ 55 މައްސަލަ، އޭގެ ތެރޭގައި ހިމެނެނީ 28 ފިރިހެން ކުދިންނާއި 27 އަންހެން ކުދިން.

2019: ޖުމްލަ 47 މައްސަލަ، އޭގެ ތެރޭގައި ހިމެނެނީ 29 ފިރިހެން ކުދިންނާއި 36 އަންހެން ކުދިން.

2020: ޖުމްލަ 47 މައްސަލަ، އޭގެ ތެރޭގައި ހިމެނެނީ 55 ފިރިހެން ކުދިންނާއި 34 އަންހެން ކުދިން.

2021: ޖުމްލަ 47 މައްސަލަ، އޭގެ ތެރޭގައި ހިމެނެނީ 51 ފިރިހެން ކުދިންނާއި 46 އަންހެން ކުދިން.

ގެވެށި އަނިޔާ ލިބެމުންދާ ތަން ފެންނަ ކުދިންނަށް ވެސް ނޭދެވޭ އަސަރު ކުރޭ!

ގެވެށި އަނިޔާ ތަޖުރިބާކުރަން ޖެހުމުގެ ސަބަބުން އެފަދަ ކުދިންނަށް ދިރިއުޅުމަށް ތަފާތު އެތަކެއް ނޭދެވޭ އަސަރުތައް ކުރެ އެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ޒުވާބުކުރުން، ހަޅޭއްލެވުން، ވަކި މީހަކު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ހިފެހެއްޓުން، ބިރުދެއްކުން، މަރާލާނެ ކަމުގެ އިންޒާރުދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން ގެވެށިއަނިޔާގެ އަމަލުތައް ހިނގާ ގޭބިސީތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އަނިޔާ ލިބުމުގެ ފުރުސަތު 40 އިންސައްތަ އިތުރެވެ. ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިންގެ މާހައުލުން ފެންނަ ކަންތައްތަކަކީ ސިކުނޑި ތަރައްގީވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެކެވެ.

އާނިޔާވެރިކަން ފެންނަ ނުވަތަ އެ ބިރުވެރިކަން އިހްސާސްކުރެވޭ މާހައުލެއްގައި ބޮޑެތިވަމުން އަންނަ ކުދިންގެ ސިކުނޑީގައި އެ ކުދިންނަށް ފެންނަ ކަންތަކާ އެއާއެކު ކުރެވޭ އިހުސާސްތައް، އަބަދުގެ އަބަދަށް ހަރުލާފައި ހުރެ އެވެ.

މިކަމުގެ ސަބަބުން ކުދިންގެ ދިރިއުޅުމުގައި އެ ތަޖުރިބާތަކުގެ އަސަރު ފޯރަ އެވެ. ގެވެށި އަނިޔާގެ މާހައުލުގައި ކުދިންނަކީ ހަމައެކަނި އެ އަނިޔާތައް ފެންނަ ކުދިން ކަމުގައި ނުބެލެވެ އެވެ. އެކުދިންނަކީ އެ އަނިޔާ ލިބޭ މީހުންނެކޭ އެއްފަދައިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ.

ގެވެށި އަނިޔާއަކީ ކޮންމެ ފަހަރަކު ސީދާ ކުޑަކުދިންނަށް އަމާޒުކުރެވޭ އަނިޔާއަށް ނުވި ނަމަވެސް ދިގުދެމިގެންދާ ނޭދެވޭ ޖިސްމާނީ އަނިޔާތަކެއް ލިބިގެންދާ ކަމެކެވެ. އޭގެ ތެރޭގައި އުޅެންޖެހުމަކީ އޭގެ ސަބަބުން ކުދިންގެ ސިކުނޑީގެ ހިނގުމަށް ވެސް ބަދަލު އަންނަ ކަމެކެވެ.

އެގޮތުން, އެންމެ ފާހަގަ ކުރެވެނީ ކުދިން ބޮޑުވަމުން އަންނަ އިރު އެންމެ މުހިންމު އެއްކަމެއް ކަމުގައިވާ މައިމީހާއާ އޮންނަ ގުޅުން ހީނަރުވުމެވެ. އެކަމުގެ ސަބަބުން ކުދިންނަށް އެކަނިވެރިކަން އިހްސާސް ކުރެވެ އެވެ.

ދިގުމުއްދަތަކަށް ދެމިގެންދާ އަސަރުތައް

ގެވެށި އަނިޔާގެ ޝިކާރައަކަށް ނުވިނަމަވެސް އެ އަނިޔާވެރިކަން ފެންނަ ދިރިއުޅުމުގެ ސަބަބުން ތަފާތު ނަފްސާނީ ބަލިތަކަށް ހުށަހެޅިގެންދެ އެވެ. އެގޮތުން މީހާގެ އުޅުމާއި އަހުލާގަށް އަންނަ ބަދަލުތަކާއި ދިގު މުއްދަތަކަށް ކުދިންގެ ވިސްނުމަށް އަންނަ ބަދަލުތައް ހިމެނެ އެވެ.

މި ހުރިހާ ނޭދެވޭ އަސަރުތަކުގެ ތެރެއިން ވެސް ކުދިންގެ ފަރާތުން އެންމެ އާންމުކޮށް ފެންނަނީ ނަފްސާނީ ބައްޔެވެ.

ގެވެށި އަނިޔާ ފެންނަ މާހައުލެއްގައި ބޮޑެތިވާ ކުދިންނަކީ އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހާއެކޭ އެއްގޮތަށް އެހީތެރިކަން ބޭނުންވާ ކުދިންނެވެ. ޖިސްމާނީ ގޮތުން އަނިޔާ ފެންނަން ނެތް ނަމަވެސް ނަފްސާނީ ގޮތުން ދިގުދެމިގެންދާ އަނިޔާ އެ ކުދިންނަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox