ސީރިއަސް އަނިޔާއާ އެކު ޗިކަނޭ އަށް ކުޅިވަރު އާއިލާގެ ސަޕޯޓް

ސީރިއަސް އަނިޔާއާ އެކު ޗިކަނޭ އަށް ކުޅިވަރު އާއިލާގެ ސަޕޯޓް

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް އިއްޔެ ވާދަކުރި މެޗުގައި ޓީރެކްސްގެ ކެޕްޓަން ހުސައިން ހަލީމް (ޗިކަނޭ) އަށް ބޮޑު އަނިޔާއެއް ވެއްޖެ އެވެ.

ޗިކަނޭ އަށް އަނިޔާވީ ކިންގްސް އަތުން ޓީރެކްސް ބަލިވި މެޗުގެ އެންމެ ފަހު ކުއާޓާގެ ފަސް ވަނަ މިނެޓުގައެވެ.

ކިންގްސް ޑެކޯރޭ ޖޯންސް އޭޓެކަށް އެރި ވަގުތު އެ ބޯޅަ ޑިފެންކުރަން އުޅުމުގެ ތެރޭގައި ވެއްޓި ލިބުނު ސީރިއަސް އަނިޔާއަށް ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޗިކަނޭ ޑިފެންސަށް އެރި ވަގުތު ދެ ކުޅުންތެރިން އެއްކޮށް ކަހަލަގޮތަކަށް ވެއްޓި ފްލޯގައި އޭނާގެ ބޯ ޖެހުނެވެ. އެޓޭކަށް އެރި ޑެކޯރޭ ވެއްޓުނީ ޗިކަނޭގެ ގައި މައްޗަށެވެ.

ކިންގްސްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން ޗިކަނޭ ޕޮއިންޓެއް ސްކޯކުރަނީ.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން/ އަބްދުﷲ އަބީދު

ޗިކަނޭ އަށް އަނިޔާވުމާ އެކު ފެނުނީ ކުޅިވަރުގެ ރީތި ނަމޫނާ އެކެވެ. ބާސްކެޓްބޯޅަ އާއިލާގެ ބަދަހިކަމާއި އެއްބައިވަންތަކަމެވެ. ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ޗިކަނޭ އަށް ފަރުވާ ދިނުމަށް އަވަސްވެގެންފަ އެެވެ. އަދި އެންބިއުލާންސް ގެނެސް އޭނާ ފޮނުވީވެސް ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު ބަލަން އައިސްތިބި ސަޕޯޓަރުންގެ އެހީތެރިކަމާ އެކުގަ އެވެ.

ޗިކަނޭ އަށް އަނިޔާވި ވަގުތު ހިނގައިދިޔަ ކަންތައްތައް ސިފަކުރައްވަމުން މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ޗިކަނޭ ވެއްޓި އަނިޔާވި ވަގުތު ވާދަވެރިކަން މަޑު ޖައްސާލައި އޭނާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާއެއް ދިނުމަށް މުޅި ބާސްކެޓް އާއިލާ އެއްކޮށް އެހީވި ކަމަށެވެ.

މެޗުގައި އިދިކޮޅަށް ކުޅުނު ކިންގްސްގެ ކުޅުންތެރިންނާއި، ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައި މެޗު ބަލަން އައިސް ތިބި އެހެން ކްލަބުތަކުގެ ކުދިން ވެސް އެހީވެވޭނެ ގޮތްތަކެއް ހޯދައި އެންބިއުލާންސް އަންނަން ވާއިރަށް ސައިކަލްތައް ދުރައް ޖައްސާ މަގު ހަދައިދިނެވެ. އަދި ޗިކަނޭ ކޯޓުން ނެރެގެން ގެންދިޔަ ވަގުތު އެންމެން ހިތްވަރު ދިންކަން އެޑަމް ފާހަގަކުރެއްވި އެވެ.

"ދެ ކްލަބްގެ ކުދިން ދިޔައީ ޗިކަނޭ އަށް ހިތްވަރުދެމުން. ގައުމީ ޓީމުގެ ތިން ކޯޗުން ދިޔަކީ ކުރެވެން ހުރި ކަމެއްކުރަމުން. ޗިކަނޭގެ ސްޓްރެޗަރުގައި ހިފައިގެންތިބީ މުޅި ބާސްކެޓް އާއިލާ" އެޑަމް ވިދާޅުވި އެވެ.

ޗިކަނޭ އަށް މިވަގުތު ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ. އޭނާއަށް ހެޔޮދުއާގެ މެސެޖުތައް މުޅި ކުޅިވަރުގެ އާއިލާއިން ދަނީ ފޯރުކޮށްދެމުންނެވެ.

ޓީރެކްސްގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ޗިކަނޭގެ އަނިޔާ ދެެނެގަންނަން އިތުރު ޓެސްޓްތަކެއް ހަދަމުން އަންނަ ކަމަށާއި ދެން މި މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ ޗިކަނޭގެ ރިކަވަރީ ވީ އެންމެ ރަނގަޅަކަށް ގެންދިއުމަށް ކަމަށް ޓީރެކްސް އިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox