އަދިވެސް ލީގު ފޭވަރިޓަކީ މެންޗެސްޓާ ސިޓީ: ކްލޮޕް

Feb 23, 2022, 2:48 AM
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް.

ލިވަޕޫލް (ފެބްރުއަރީ 23) - އެންމެ ފަހުން ކުޅުނު މެޗުން މެންޗެސްޓާ ސިޓީ ބަލިވެފައި އޮތް ކަމުގައި ވިޔަސް އަދިވެސް ލީގުގެ ފޭވަރިޓަކީ ސިޓީ ކަމަށް ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ސިޓީ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން ބަލިވެފަ އެވެ. މިރޭ ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފިނަމަ އެއް ވަނައިގައި ސިޓީގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ. ސިޓީ މި ވަގުތު އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

މިރޭ ލީޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ އަބަދުވެސް ފޭވަރިޓަކަށްވާނީ ކުރީގައި އޮންނަ ޓީމު ކަމަށެވެ.

"އަހަރެމެންނަށް އޮތް ހާލަތު ބަދަލެއް ނުވޭ. ހުރިހާ މެޗަކުން މޮޅުވުން ނޫން ގޮތެއް ނެތް. ސިޓީ ހުރިހާ މެޗަކުން މޮޅުވެއްޖިއްޔާ އެ މީހުންނަކީ ޗެމްޕިއަނުން. ތި މީހުންނަށް ތަސައްވުރު ކުރަން ފަސޭހަ ގޮތެއް އެއީ ސިޓީ ހުރިހާ މެޗަކުން މޮޅުވާނެކަން. އަހަންނަށް ވެސް އެ ގޮތަށް ވިސްނޭތީ އަދިވެސް ފޭވަރިޓެއް ބުނަންޏާ ސިޓީ ކަމަށް މި ބުނަނީ،" ކްލޮޕް ބުންޏެވެ.

ލީޑްސް އޮތީ ރެލިގޭޝަނުގައި ކަމަށް ވިސްނައިގެން މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށްލައިފިނަމަ އޭގެ ގެއްލުން ލިވަޕޫލަށް ވަރަށް ބޮޑުވާނެ ކަމަށް ކްލޮޕް ދެކެ އެވެ. ކްލޮޕް ބުނީ ދަނޑުމަތީގައި "ނިދާފައި" ތިބެ ކުޅެގެން ލީޑްސް ބަލިކުރެވޭނެ ކަމަށް ދެކުމަކީ ގޯހަކަށްވާނެ ކަމަށެވެ.

މިރޭ ލީޑްސްއާ ދެކޮޅަށް ޓީމު ނެރޭނީ އަންނަ އާދިއްތަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ ލީގު ކަޕް ފައިނަލް މެޗަށް ވިސްނުން ބަހައްޓައިގެންތޯ ކްލޮޕާ ސުވާލުކުރުމުން ބުނީ މި ވަގުތު ސިކުނޑީގައި ހުރީ ލީޑްސް މެޗުގެ ކަންތައްތައް ކަމަށެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ވެސް ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އާއި ރޮބާޓޯ ފިރްމީނޯ ނުކުޅޭނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި އެ ދެ ކުޅުންތެރިން ލީގު ކަޕް ފައިނަލަށް ފިޓްވާނެތޯ އުފެދިފައިވާ ސުވާލަށް ޖަވާބުދޭން އަދި އަވަސް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

ލީޑްސް އިން 2001 ވަނަ އަހަރު ލިވަޕޫލް ދަނޑުގައި މޮޅުވި ފަހުން ދެން އެ ޓީމާ ދެކޮޅަށް ކުޅުނު 11 މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ލިވަޕޫލުން ވަނީ ހުރިހާ މުބާރާތެއްގައި އެ ޓީމު އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފަަސް މެޗު ހިމެނެ އެވެ.

ލިވަޕޫލާއި ލީޑްސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox