ރަޝިއާ-ޔޫކްރެއިން މައްސަލަ: ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ދަނޑު ބަދަލުކުރަނީ

Feb 22, 2022, 7:21 PM
ރަޝިއާ-ޔޫކްރެއިން މައްސަލަ: ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ދަނޑު ބަދަލުކުރަނީ

ޒިއުރިކް (ފެބްރުއަރީ 23) - ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ހައްލެއް ނުލިބި ދިގުލައިދާތީ އަންނަ މެއި މަހު ރަޝިއާގެ ޕީޓާސްބާގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އެހެން ދަނޑަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔޫކްރެއިން ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން މިއަދުގެ ވަގުތެއްގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވަނީ އަމުރު ކުރައްވައިފަ އެވެ. އެހެންވެ، ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރު އޮތީ ހަނގުރާމައެއް ފަށައިފާނެ ކަމަށް ތައްޔާރީ ހާލަތުގަ އެވެ.

ޔުއެފާ އިން މިހާރު އަންނަނީ މި ދަނޑިވަޅުގައި ރަޝިއާ އާއި ޔޫކްރެއިންގައި ކުޅެން ހަމަޖެހިފައި އޮތް ހުރިހާ ފުޓްބޯޅަ މެޗުތަކެއް ފަސްކުރަމުންނެވެ. މި މަޝްވަރާތަކުގެ ތެރެއިން މިހާރު އަންނަނީ އަންނަ މެއި މަހު 28 ވަނަ ދުވަހު ރަޝިއާގެ ޕީޓާސްބާގުގައި ކުޅެން ޝެޑިއުލްކޮށްފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަސްކުރަން ވެސް ހުށަހަޅައިފަ އެވެ.

"ވަރަށް ގާތުން ބަލަމުން މި އަންނަނީ މިކަން ހިނގާގޮތް. މި ވަގުތަށް އަދި އޮތީ ޝެޑިއުލްގައި އޮތްގޮތަށް އެކަމަކު، ހާލަތު ގޯސްވަމުންދާނަމަ އަޅަންޖެހޭ ފިިިޔަވަޅެއް އަޅާނަން. ރައްކާތެރިކަން އެއީ އެންމެ މުހިންމު ކަންތައް،" ޔުއެފާގެ އޮފިޝަލަކު އިނގިރޭސި މީޑިއާ އަށް ބުނެފައިވެ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން އަންނަނީ ޔޫކްރެއިނާއި ރަޝިއާއާ ދެމެދު މި ހިނގަމުން އަންނަ ކަންތައްތައް ކުއްވެރިކޮށްފަ އެވެ. މިހާރު އޮތްގޮތުން އަންނަ މަހު ކުޅެން އޮތް ފީފާ ވޯލްޑް ކަޕް ޕްލޭއޮފް މެޗުތަކާއި ޔުއެފާގެ މުބާރާތްތަކުގައި ރަޝިއާ އާއި ޔޫކްރެއިންގެ ޓީމުތަކުން ކުޅެން ޖެހޭ މެޗުތައް ރާވާނެ ގޮތެއް ހޯދަން ޔުއެފާގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން އަންނަނީ ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox