ޑޮނެސްކް އަދި ލުހާންސްކް: ޔޫކްރެއިނާ ވަކިވެގަތް ދެ ދައުލަތް

ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ރަޝިއާއިން ވަނީ ބަލައިގެންފައި.

ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ރަޝިއާއިން ވަނީ ބަލައިގެންފައި.

އިރުމަތީ ޔޫކްރެއިނުގައި ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ރަޝިއާއިން ނިންމީ ހޯމަ ދުވަހު އެވެ. މި ދެ ތަނަކީ 2014 ވަނަ އަހަރުގެ ހަމަނުޖެހުމުގައި ޔޫކްރެއިން ސަރުކާރާ ވަކިން، ދެ ޖުމްހޫރިއްޔަތު ހިންގަން ފެށި ދެ ތަނެވެ.

އެ ހަމަނުޖެހުމުގެ ސަބަބުން ޔޫކްރެއިން ސަރުކާރާއި ރަޝިއާއިން ތާއީދު ކުރާ ގްރޫޕްތަކާ ދެމެދު ހަމަލާ ބަދަލު ކުރުންތަކުގައި މިއަދާ ހަމައަށް 14،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މައިން ކުރާ ފަރުބަދަތައް ވަށާލާފައިވާ ޑޮނެސްކް އަކީ ޔޫކްރެއިންގެ ޑޮންބާސް ސަރަހައްދުގެ މައި ސިޓީ އެވެ. ކުރިން ސްޓެލީނޯގެ ނަން ދީފައިވާ އެ ސިޓީއަކީ މައިން ކުރުން މައި ސިނާއަތަކަށް ހަދާފައިވާ ސިނާއީ މަރުކަޒެކެވެ. އޭގެ އިތުރުން ޔޫކްރެއިންގައި އެންމެ ގިނައިން ސްޓީލް އުފައްދަނީ ވެސް އެ ތަނުންނެވެ. އެ ތަނުގައި ދެ މިލިއަން މީހުން ދިރިއުޅެ އެވެ.

ޑޮނެސްކްގެ ރައީސް ޕުޝިލިން.
ޑޮނެސްކްގެ ރައީސް ޕުޝިލިން.

ޑޮނެސްކްގެ ރައީސް ޕުޝިލިން.

ލުހާންސްކް ނުވަތަ ކުރީގެ ނަމުން ނަމަ ވޮރޮޝިލޮވްގްރެޑް އަކީ 1.5 މިލިއަން މީހުން ދިރިއުޅޭ ތަނެކެވެ.

އެ ދެ ތަނަކީ ބްލެކް ސީގެ އުތުރު އައްސޭރި ފަށާ ދިމާލުން ރަޝިއާގެ ބޯޑަރާ ގުޅޭ ހިސާބުގައި އޮންނަ ދެ ތަނެވެ. އެއީ ކޯލް ގިނަ އަދަދަކަށް ހުރި ދެ ތަނެވެ. ރަޝިއާ ބަހުން ވާހަކަ ދެއްކުން އެ ތަނުގައި އާއްމުވީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ރަޝިއާގެ ގިނަ މަސައްކަތްތެރިން އެ ތަނަށް ފޮނުވާފައި ވާތީ އެވެ.

އެ ދެ ތަނުގައި ހަމަނުޖެހުން ބޮޑުވީ 2014 ވަނަ އަހަރު ރަޝިއާއިން ކްރިމިއާ ހިފައި، ރަޝިއާ ސަރުކާރުގެ ތާއީދާ އެކު އުޅޭ ގްރޫޕްތަކުން ޔޫކްރެއިން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ.

އެ ދެ ތަން މިނިވަން ދައުލަތްތަކެއްގެ ގޮތުގައި އޭރު އިއުލާނު ކުރީ ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ބަލައެއްނުގަނެވެ.

ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި އެ ހަމަނުޖެހުން އުފެއްދުމުގެ ފަހަތުގައި ވަނީ ރަޝިއާ އެވެ. އަދި ވަކިވެގަތް ގްރޫޕަށް އަސްކަރީ އެހީ ދިނީ ވެސް ރަޝިއާއިންނެވެ.

ލުހާންސްކްގެ ވެރިޔަކަށް ހުންނަ ލިއޮނިޑް.
ލުހާންސްކްގެ ވެރިޔަކަށް ހުންނަ ލިއޮނިޑް.

ލުހާންސްކްގެ ވެރިޔަކަށް ހުންނަ ލިއޮނިޑް.

ހޯމަ ދުވަހު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ އެ ދެ ތަން މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށެވެ.

ޑޮންބާސް އަކީ ޔޫކްރެއިނާއި ރަޝިއާއާ ދެމެދުގައިވާ ސަގާފީ ވާދަވެރިކަމުގެ މައި ތަނެވެ. ރަޝިއާއިން ބުނާ ގޮތުގައި ޑޮންބާސް ނުވަތަ އިރުމަތީ ޔޫކްރެއިންގެ ބޮޑު ބަޔެއްގައި އުޅެނީ ރަޝިއާ ބަހުން ވާހަކަ ދައްކާ މީހުން ކަމަށާއި، ޔޫކްރެއިންގެ ގައުމިއްޔަތުން އެ ތަން ރައްކާތެރި ކުރަން ޖެހޭ ކަމަށެވެ.

އިރުމަތީ ޔޫކްރެއިންގެ މައްސަލަ ހައްލު ކުރަން 2015 ވަނަ އަހަރު މިސްކް އެގްރީމެންޓްތައް ހެދި އެވެ. ނަމަވެސް ޔޫކްރެއިނާއި ވަކިވެގަނެގެން އުޅޭ ގްރޫޕުން ވެސް ތުހުމަތު ކުރަނީ އެއާ ހިލާފުވި ކަމަށެވެ. އޭގެ ފަހުން ވެސް ސުލްހަ ގެންނަން ތަކުރާރުކޮށް ކުރި މަސައްކަތް ފެއިލްވީ، އެއްބަސްވުމާ ހިލާފުވާތީ އެވެ.

އެ ދެ ޖުމްހޫރިއްޔަތުން ވެސް ބޭނުން ވަނީ ފުރިހަމަ މިނިވަންކަމާ އެކު އުޅޭށެވެ. އަދި ކޮންމެ ތަނެއްގައި ވެސް ރައީސަކު ހުރެ އެވެ.

ޑޮނެސްކް ޕީޕަލްސް ރިޕަބްލިކްގެ ވެރިޔަކީ 2018 ވަނަ އަހަރު އިންތިހާބު ކުރި ޑެނިސް ޕުޝިލިން އެވެ. ލުހާންސްކްގެ ރައީސަކީ ލިއޮނިޑް ޕަޝެނިކް އެވެ. ނަމަވެސް ޔޫކްރެއިނުން އިންތިހާބު ވެސް އަދި ދެ ރައީސުން ވެސް ބަލައެއްނުގަނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox