ޔޫކްރެއިން މައްސަލަ: ރަޝިއާ ސިފައިން އިރުމަތީ ޔޫކްރެއިނަށް އަރަން އަމުރުކޮށްފި

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިން ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން އަމުރު ކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވާފަ އެވެ.

ޕުޓިން ސޮއިކުރެއްވި ދެ ގަރާރެއްގެ ދަށުން އިރުމަތީ ޔޫކްރެއިންގެ އެ ދެ ސަރަހަދުގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީން "ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް" ކުރުމަށް އެންގެވި އެވެ.

ޔޫކްރެއިންގެ ދާހިލީ ހަމަނުޖެހުމުގެ ތެރެއިން ރަޝިއާއަށް ތާއީދު ކުރާ ގްރޫޕުތަކުން ޑޮނެސްކް އާއި ލުހާންސްކްގެ ކޮންޓްރޯލް ހޯދީ 2014 ވަނަ އަހަރު އެވެ.

ހަމަ އެ އަހަރު ރަޝިއާއިން ވަނީ ކްރިމިއާ ހިފައިފަ އެވެ. އޭގެ ފަހުން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަދާ ހަމައަށް 14،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ރަޝިއާގެ ނިންމުމާ އެކު ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ އިތުރުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާވެސް ވަނީ ދީފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އަދި ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްޒް ފޯނު ކޯލްތަކަކަށް ފަހު ވިދާޅުވީ ރަޝިއާއަށް "ރައްދު ދޭނެ"

އެގޮތުން އެންމެ ފުރަތަމަ އިއުލާނު ކުރީ އެމެރިކާ އިންނެވެ. ވައިޓް ހައުސް އިން ބުނީ ޑޮނެސްކް އާއި ލުހާންސްކްގައި އެއްވެސް އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއް ކުރުން އެމެރިކާގެ ރައްޔިތުންނަށް މަނާ ވާނެ ކަމަށެވެ.

ފްރާންސްގެ ރައީސް އޮފީހުން ބުނީ ދަތިކުރުމުގެ ފިޔަވަޅު އަމާޒު ކުރާނެ ރަޝިއާގެ ކުންފުނިތަކާއި ފަރުދުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރަމުންދާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގައުމީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެމަނިކުފާނު ވަރަށް އަވަހަށް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ހޯމަ ދުވަހުގެ ރޭ ޕުޓިން ދެއްވި 65 މިނެޓުގެ ހިތާބެއްގައި ޔޫކްރެއިން ސިފަކުރެއްވީ ފެއިލްވެފައިވާ ދައުލަތެއް އަދި ހުޅަނގުގެ ގޮނޑިކޮއްކޮއެއްގެ ގޮތުގަ އެވެ.

"ވެރިރަށް ކިޔެވް ހިފައި، ގަދަކަމުން ބާރު ހޯދައިގެން ތިބި މީހުންނަށް އަޅުގަނޑުމެން މި ގޮވާލަނީ ވަގުތުން ވަގުތަށް އަސްކަރީ އޮޕަރޭޝަންތައް ނިމުމަކަށް ގެންނަން،" ޔޫކްރެއިން ސަރުކާރަށް އިޝާރާތް ކުރައްވަމުން ޕުޓިން ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ، ހިނގާ ކޮންމެ ލޭ އޮހޮރުވުމެއްގެ ޒިންމާ ފުރިހަމައަށް އުފުލަން ޖެހޭނީ ޔޫކްރެއިންގައި ބާރުތައް ހޯދައިގެން ތިބި ފަރާތްތަކުން."

އިރުމަތީ ޔޫކްރެއިންގެ ސަރަހައްދުތައް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަތުމާ އެކު ޔޫކްރެއިނަށް ސުލްހަ ގެނައުމަށް ރާވާފައި ހުރި ރޭވުމެއް ނިމުމަކަށް އައީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox