ޓްރެވަލް ތަކާފުލް އިން މިހާރު ކޮވިޑް ކަވަރު ކުރޭނެ

އެލައިޑް އިންސުއަރެންސް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް-- ފޮޓޯ/ އެލައިޑު

އެލައިޑް އިންސުއަރެންސް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް-- ފޮޓޯ/ އެލައިޑު

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ފޯރުކޮށްދެމުން އަންނަ ޓްރެވަލް ތަކާފުލްގެ ހިދުމަތަށް "ކޮވިޑް-19 ކަވާ" އިތުރުކޮށްފި އެވެ.

ދަތުރުވެރިންގެ އެކި ބޭނުންތަކަށް ފުދޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޓްރެވަލް ތަކާފުލްއަށް އިތުރުކޮށްފައިވާ ކޮވިޑް ކަވާގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމެއް ކަށަވަރުވެގެން ދާނެ ކަމަށް އެލައިޑުން ބުނެ އެެެވެ.

އަލަށް ހިމަނާފައިވާ ކޮވިޑް ކަވާ އިން ބަދަލު ލިބޭ މުހިންމު ހާލަތްތަކުގެ ތެރޭގައި، ދަތުރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޓް ވާން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަށް ދާ ހަރަދާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އިމާޖެންސީ ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ އެކަމަށް ދާ ހަރަދު ހިމެނެ އެވެ. އަދި މީގެ އިތުރުން ކޮވިޑަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތް ތަނެއްގައި ދަތުވެރިޔާ ހުންނަ ހާލަތެއްގައި، މެޑިކަލް އިވެކުއޭޝަންގެ ހިދުމަތަށް ވެސް ޓްރެވަލް ތަކާފުލްގެ ކޮވިޑް ކަވާ ތެރެއިން ބަދަލު ލިބޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

މިިހާރު ވެސް ދަތުރުވެރިންގެ މެދުގައި މަގުބޫލު "ޓްރެވަލް ތަކާފުލް" އަކީ ދަތުރުމަތީގައި ކުރިމަތިވާ ހުރަސްތަކަށް ލުއިކަން ހޯދައިދޭ ޕްލޭނެކެެވެ. އެގޮތުން ފައިސާ އާއި އަގުބޮޑު މުދާ އަދި ޕާސްޕޯޓް ފަަދަ މުހިންމު ލިޔެ ކިޔުންތަކަށް ލިބޭ ގެއްލުުމާއި ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާތަކަށް މިޕްލޭނުން ކަވަރޭޖް ޔަގީން ކޮށްދެ އެވެ.

އެލައިޑުން ބުނި ގޮތުގައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ސަބަބުން ދަތުރު ފަތުރުކުރުމުގައި ގިނަ ގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދުވަސް ވަރަށް ހާއްސަ މި ޕްލޭން ޑިޒައިން ކޮށަފައިވަނީ ދަތުވެރިންނަށް ފަސޭހަކަމާއި އެކު، ބޭނުން ވަގުތަކު ހޯއްދެވޭ އޮންލައިން ހިދުމަތެއްގެ ގޮތުގަ އެވެ.

މައިއެލައިޑް.އެމްވީ ޕޯޓަލް މެދުވެރިކޮށް ޓްރެވަލް ތަކާފުލްގެ ހިދުމަތް ވަގުތުން ހޯދެއެވެ. ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް 1600 އަށް ގުޅުއްވުމުން ކަސްޓަމާ ކެއާގެ އެހީތެރިކަން ލިބޭނެ ކަމަށް އެލައިޑުން ބުނެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox