ބަޔާނުން ލީޑު ދެެމެހެއްޓިއިރު، ޑޯޓްމަންޑަށް ބޮޑު މޮޅެއް

Feb 21, 2022, 1:28 AM
ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (ފެބްރުއަރީ 21) - ޖަރުމަނު ލީގުގައި ރޭ ގްރޮއިޓާ ފުރްތު އަތުން 4-1 އިން މޮޅުވެ، ބަޔާން މިއުނިކުން ހަ ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު، ބޮރޫޝިއާ މުންޗެންގްލަޑްކެބް އަތުން ބޮރޫޝިއާ ޑޯޓްމަންޑް 6-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ބަޔާން އެއް ވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 23 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބެޔާ ލެވަކޫސަނަށް ވަނީ 23 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ރޭ ހާތާ ބާލިން 6-1 އިން ބަލިކުރި އާރްބީ ލައިޕްޒިގު ހަތަރު ވަނައިގައި އޮތީ 23 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

ބަޔާން ސިއްސުވާލުމަށް ފަހު ރޭގެ މެޗުގެ 42 ވަނަ މިނިޓްގައި ގްރޮއިޓާ އިން ލީޑުނެގި އެވެ. ލީގުގެ ފުލުގައި އޮތް ގްރޮއިޓާ އަށް މި ލަނޑު ޖަހައިދިނީ ހިލޭ ޖެހުމަކުން ބްރަނިމީރް ގްރޯޓާ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ބަޔާން ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

ބަޔާނުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިގެންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 30 ސިކުންތު ތެރޭގައި ބަޔާނަށް އެއްވަަރުކޮށްދިނީ ސާޖް ގްނަބްރީ ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ބަޔާން ލީޑުނެގީ ގްރޮއިޓާގެ ސެބަސްޓިއަން ގްރީސްބެކް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ބަޔާންގެ ކެޕްޓަން ތޯމަސް މުލާ ޖެހި ބާރު ބޯޅަ ގްރީސްބެކް ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. މެޗުގެ 81 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޮލުން ގޯލެއް ޖަހައި ލެވަންޑޯސްކީ ބަޔާންގެ ލީޑުފުޅާކޮށްދިނެވެ. މި މެޗުގެ ދެ ގޯލާ އެކު ލެވަންޑޯސްކީ ވަނީ މި ފަހަރު ލީގުގައި 28 ގޯލު ޖަހައިފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ބަޔާންގެ ހަތަރު ވަނަ ގޯލު ޖެހީ އެރިކް ޗުޕޯ މޯޓިން އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސާޖް ގްނަބްރީ އެވެ.

ރޭ މުންޗެންގްލަޑްބެކް ކައިރީގައި ޑޯޓްމަންޑުން ތަފާތު ދެއްކީ އެ ޓީމުގެ ކެޕްޓަން މާކޯ ރޮއިސް އެވެ. ރޮއިސް ވަނީ މި މެޗުގައި ދެ ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ. ކުރިން މުންޗެންގްލަޑްބެކަށް ކުޅުނު ރޮއިސް އޭނާގެ ކުރީގެ ކްލަބް ކޮޅަށް މިހާތަނަށް ވަނީ ޖުމްލަ އެއްކޮށް 11 ގޯލު ޖަަހައިފަ އެވެ.

ޑޯޓްމަންޑްގެ އަނެއް ގޯލުތައް ޖެހީ މެރިއަސް ވުލްފް، ޔޫސެފް މޫކޯކޯ، ޑޮންޔެލް މާލެން އަދި އެމްރޭ ޗާން އެވެ. އަނިޔާގެ ސަބަބުން ޑޯޓްމަންޑްގެ އެއް ވަނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހުރީ ކުޅުމާ ދުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox