އިރުމަތީ ޔޫކްރެއިންގެ ސުލްހައަށް މަސައްކަތް ކުރަން އެއްބަސްވެއްޖެ

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

އިރުމަތީ ޔޫކްރެއިނަށް ސުލްހަ ގެންނަން މަސައްކަތް ކުރާނެ ކަމަށް ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އެއްބަސްވެވަޑައިގެންފި އެވެ.

އާދީއްތަ ދުވަހު ދެ ލީޑަރުން ވަނީ 105 މިނެޓު ވަންދެން ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފަ އެވެ. ދެ ލީޑަރުން ވެސް އެއްބަސްވެވަޑައިގެންނެވީ ޔޫކްރެއިން މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ބޭނުންނާ ކަމަށެވެ.

ފްރާންސުން ބުނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޯން ޔްވެސް ލެ ޑްރިއަން އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ވެސް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.

ޕުޓިން އާއި މެކްރޯން ވެސް ވިދާޅުވީ އިރުމަތީ ޔޫކްރެއިނުގައި ފައުޖުތައް ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވެފައިވާ ހިސާބަށް ސުލްހަ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ޔޫކްރެއިނާއި ރަޝިއާ އަދި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯސީއެސްއީ) ގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

މެކްރޯންގެ އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަރުދަނާ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި ގިނަ މަޝްވަރާތައް ކުރިއަށް ދާނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު އިރުމަތީ ޔޫކްރެއިނަށް ސުލްހަ ގެންނަން އެކުލަވާލި މިންސްކް ޕްރޮޓޮކޯލް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ރަޝިއާ، ޔޫކްރެއިން، ފްރާންސް އަދި ޖަރުމަނުވިލާތުގެ މަޝްވަރާތައް ފަށަން ވެސް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި އެވެ.

އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް އަކީ ރަޝިއާއިން ތާއީދު ކުރާ ގްރޫޕުތަކުން އަމިއްލަ ޖުމްހޫރިއްޔަތުތަކެއް ހިންގާ ތަންތަނެވެ.

ހުކުރު ދުވަހު ޑޮނެސްކް އާއި ލުހާންސްކްގެ ވެރިން ވިދާޅުވީ ޔޫކްރެއިން ސިފައިން އެ ހިސާބުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާތީ ރައްޔިތުން އިވެކުއޭޓް ކުރަން ނިންމާފައިވާ ކަމަށެވެ.

އިރުމަތީ ޔޫކްރެއިންގައި ހަމަނުޖެހުން ބޮޑުވީ 2014 ވަނަ އަހަރު ރަޝިއާއަށް ތާއީދު ކުރާ ގްރޫޕްތަކުން ސަރުކާރާ ވަކިވެގަތުމުންނެވެ. އެ ފަހަރު ރަޝިއާއިން ވަނީ ޔޫކްރެއިންގެ ކްރިމިއާ ސަރަހައްދު ހިފާފަ އެވެ. އޭގެ ފަހުން ހަމަލާ ބަދަލުކުރުންތަކުގައި 14،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ޔޫކްރެއިން ސަރުކާރުން މީގެ ކުރިން ބުނީ އިރުމަތީ ހިސާބުތަކަށް ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ. ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލޭބާ ވިދާޅުވީ "ރަޝިއާއިން ފަތުރަނީ ދޮގު ހަބަރުތަކެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox