ގާނޫނު އިސްލާހުކޮށްގެން ކޯޓު އުވާލުމަކީ ހުކުމާ ހިލާފުވުމެއް ނޫން: ހިސާން

ޖޭއެސްސީގެ ރައީސް ހިސާން: އޭނާ ވިދާޅުވީ ސުޕްރިމް ކޯޓުން މާނަ ކުރާ ގާނޫނެއް އިސްލާހު ކުރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް -- ފޮޓޯ: ފައިލް

ޖޭއެސްސީގެ ރައީސް ހިސާން: އޭނާ ވިދާޅުވީ ސުޕްރިމް ކޯޓުން މާނަ ކުރާ ގާނޫނެއް އިސްލާހު ކުރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް -- ފޮޓޯ: ފައިލް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް، ގާނުނު އިސްލާހުކޮށްގެން އެ ކޯޓު އުވާލުމަކީ އެ ހުކުމާއި ހިލާފުވުން ނޫން ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން "އަދަދު" އަށް ވިދާޅުވި ގޮތުގައި ޝަރުއީ ނިންމުމެއް ބަދަލުކުރަން ގާނޫނަށް އިސްލާހު ގެނެއުމަކީ ޝަރުއީ ކޯޓެއްގެ ނިންމުމަކަށް ގޮންޖެހުމެއް ނޫނެވެ. ނުވަތަ އެ ހުކުމެއްގެ ހުރުމަތް ކަނޑާލުމެއްވެސް ނޫނެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ޝަރުއީ މަރުހަލާގެ އެންމެ މަތީ ނިންމުންތައް ކަމުގައި ވީނަމަވެސް، އެ ނިންމުމަކަށް ވާސިލްވުމުގައި ރިޔާއަތްކޮށްފައިވާ ގަވާއިދުތަކަށް ބަދަލު ގެނައުމަކީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ކުރެވޭނެ ކަމެކެވެ. އެކަމަށް ގާނޫނީ ހުރަހެއްވެސް ނެތް ކަމަށް ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް އެއީ ސުޕްރިމް ކޯޓުގެ ނިންމުމަކުން ކަނޑައެޅޭ ޕޮލިސީއަކާ [އުސޫލަކާ] ޑީވިއޭޓް [ހިލާފު] ނުވެވޭނެ އެކޭ ނޫން، އެ ޕޮލިސީއަކަށް ބަދަލު ގެންނަން އެމީހުން [ސުޕްރީމް ކޯޓުން] ސެޓް ކުރި ޑައިރެކްޝަން ޗޭންޖް ކުރަން ބޭނުންވެއްޖިއްޔާ [އުސޫލު ބަދަލުކުރަން ބޭނުންނަމަ] ގާނޫނު ހަދައިގެން އެ [ބަދަލު] ކުރެވޭނެ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ސުޕްރިމް ކޯޓުން ވަކި ގޮތަކަށް ގާނޫނު އިސްލާހު ކުރި ނަމަވެސް އެ ގާނޫނަށް ވަކި އިޖުރާއަތްތަކުގެ މަތިން އިސްލާހު ގެނެވޭނެ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އަމަލުކުރަމުން އަންނަ ގޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަސްލު ވަރަށް ބޮޑު ކޮންފިއުޝަންއެއް [އޮޅުމެއް] އެއީ މީހުންގެ ތެރޭގައި އޮންނަ، ސުޕްރީމް ކޯޓުގެ ނިންމުމެއް އޮތީމަ ދެން ނިމުނީހޭ؟ އެކަމަކު އެއީ އަލްޓިމޭޓް ޑިސިޝަން (އެންމެ ފަހުގެ ނިންމުމެއް) ނޫން އެއީ އަސްލު، އެވެސް ކޮންމެސް ތަނަކުން ބަދަލު ކުރެވޭނެ އެއްޗެއް،" ހިސާން ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި ހިސާން ކިޔައިދޭން މަސައްކަތް ކުރީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށާއި، ގާނޫނުތައް ހެދުމުގެ ބާރަށް ލިބިފައިވާ ގާނޫނީ ބާރުވެރިކަމެވެ. އޭނާ ވިދާޅުވި ގޮތުން ޖުޑީޝިއަރީގެ ބޭނުމަކީ ހެދިފައިވާ ގާނޫނުތައް މާނަކުރުމާއި، ގާނޫނީ ތަރަހައިގެ ތެރެއިން އަދުލު އިންސާފު ގާއިމް ކުރުމެވެ. ގާނޫނު ހެދުމާއި، ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ގާނޫނީ ބާރުވެރިކަން ރައްޔިތުން މަޖިލީހަށް ލިބޭއިރު، ކޯޓަކުން ނިންމާ ނިންމުމެއް ބިނާ ކުރާ ގަވާއިދު، ގާނޫނީ މަބްދައުތަކާ ހިލާފު ނުވާގޮތަށް ބަދަލުކުރުމުގެ އިހްތިޔާރު އެ ބާރަށް ލިބިގެން ވެއެވެ.

ހުޅުމާލެ ކޯޓު އުފެއްދީ ރަނގަޅަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 5، 2012 ގަ އެވެ. އެ ނިންމުން އެންމެ މަތީ ކޯޓުން އަލުން މުރާޖައު ކުރުމަށް މިފަހުން ޖޭއެސްސީން އަލުން ހުށަހެޅި އެވެ. ނަމަވެސް މި ހިނގާ ފެބްރުއަރީ 8، ގައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.

މިއަދު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކޯޓު އުފެއްދީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކަަމަށެެވެ. އަދި ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެ ކޯޓު އުވާލައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox